ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ސިވިލް ސާވިސް އން ހާއްސަ ވަޒީފާތަކެއް ހަމަޖައްސައި އެފަދަ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެެވެ.

އެ ކޮމިޝަނުން މިއަދު އާންމުކުރި އިސްލާހުގައި ވިދާޅުވެެފައި ވަނީ އެ ކޮމިޝަނުން ބައެއް ވަޒީފާތައް ހަމައެކަނި ހާއްސައެެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެެެ. މިކަމުގެ މަގްސަދަކީ ހާއްސަ އެެހީއަށް ބޭނުންވާ ފަރާތްތަކަށް ހުރި ވަޒީފާގެ ދަތިތައް ހައްލުކޮށްދީ، އެމީހުންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށްވެސް އެ އިސްލާހުގައި ވަނީ ވިދާޅުވެެފައެެވެ.

އަދި ވަޒީފާގެ މާހައުލަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ބައިވެެރި ވެވޭނެ މާހައުލަކަށް ހެދުމަކީވެސް މިކަމުގެ މަގްސަދެއް ކަމަށް އެެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މީގެެ އިތުރުން ދެން ލުއިތަކެއް ދިނުމަށް ހަމަޖެހިފައި ވަނީ ދާއިމީ ބައްޔަކަށް ބެސްކުރަމުން އަންނަ ފަރާތްތަކަށް ނުވަތަ އުފެދުމުގައ ހުންނަ އުނިކަމެއްގެ ސަބަބުން ބޭސްކުރަމުން އަންނަ ފަރާތްތަކަށެެވެ.

ޓާމިނަލް އިލްނަސް އާއި ކްރޮނިކް ކޮންޑީޝަނެއް ހުންނަ މީހުން އަދި ބޯންމެރޯ ހަދާ މީހުންނަށް މި އިސްލާހުގެ ދަށުން ވަޒީފާގެ ލުއިކަން ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފަރާތްތަކަށް ކޮންމެެ އަހަރަކު ސަލާމުގެ ސެެޓްފިކެޓާއި އެކު 30 ދުވަހުގެ މުއްދަތެއްގެެ ޗުއްޓީއެއް ދިނުމަށް ވަނީ ހަމަޖެހިފައެެވެ.

އަދި ބޯންމެރޯ ހަދާ މުވައްޒަފުންނަށް އޮޕަރޭޝަނަށް ފަހު ރިކަވަރީ ވަންދެއް ގޭގައި ތިބެ މަސައްކަތް ކުރުމުގެެ ފުރުސަތުވެސް މި އިސްލާހުގެ ތެރެެއިން ލިބިގެންދާނެ އެެވެެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި އިސްލާހުގެ ދަށުން "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ"އެއް ދިނުމަށް ވަނީ ނިންމާފައެވެ.

ސަލާމުގެ ޗުއްޓީގެ އިތުރުން، މުސާރަ ލިބޭ ގޮތަށް އަހަރަކު، 60 ދުވަހަށް ލިބޭ ޗުއްޓީއެއްކަން ފާހަގަކޮށްލެވެއެެެވެ. މިއީ މިފަދަ ޗުއްޓީއެއްދޭ ފުރަތަމަ ފަހަރެވެެ. ސެޓްފިކެޓް ހުށަހެޅުމުން އެ ޗުއްޓީ 60 ދުވަހަށްވުރެ އިތުރުކުރެވޭނެ ކަމަށް އެެ އިސްލާހުގައި ވަނީ ވިދާޅުވެފައެެވެ.

މި އިސްލާހުތަކަށް އަމަލު ކުރަން ފަށަނީ މާދަމާއިން ފެށިގެންނެވެ.