ސުޕާރި ޕެކެޓް ޕެކިންގ ބަދަލުކޮށްގެން ރާއްޖޭގައި ބޭނުން ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މަނާ ކުރާ 12 ބާވަތެއްގެ ލިސްޓް އާއްމުކޮށްފައިވަނިކޮށެވެ.

އެ ލިސްޓުގައި ސުޕާރި ހިމެނެއެވެ.

ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްލާސްޓިކް މަދު ކުރުމަށް ގެނެވުނު ގާނޫނީ ބަދަލު ތަންފީޒު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ސުޕާރި މަނަލެއް ނޫން، އެހެނަސް އޭގެ ޕެކިންގ ބަދަލު ކުރީމަ ބޭނުން ކުރެވޭނެ". ނަޝީދުގެ ޓްވީޓްގައި ވެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވިއިރު، ސުޕާރި ޕެކެޓް މަނާ ކުރި މައްސަލާގައި އެތައް ބަޔަކު މީސް މީޑިއާގައި އެކިގޮތްގޮތަށް ވާހަކަދައްކާފައި ވެއެވެ. އެއްބަޔަކަށް މިކަން ވެގެން ދިޔައީ ރަނގަޅު ނިންމުމަކަށެވެ. މިކަމަށް ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ރައީސްގެ ގަރާރާއި އެކު ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި ވަނީ، އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކުގެ 12 ބާވަތެކެވެ.

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކަކީ ތިމާވެއްޓަށް އެ އެއްޗެއްގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ އެކައްޗެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޕެކިން

    ނަޝީދު ޕެކިން ފުރަތަމަ ބަދަލުކުރަންވީ

    42
    4
    • ލައްޗޭ

      ޢޭރުންވެސް ބޭނުންނުކުރެވޭނެ އެއއޢްޗެެޢް އެޢީ

      13
      1
  2. މާމީ

    މީނައާ ނުބެހޭ އެއްވެސް ކަމެއް ނެތީތަ؟ ވަގުތު ނޫހައް ކިހާވަރެއް ދީގެންތޯ އަބަދުވެ މީނަގެ ވާހަކަ ތިލިޔަނީ؟

    19
    4
  3. އެޖެންޑާ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުގުއި ތިކި

    ބޯން އެބަޖެހޭ ދޮންމީހުން އުޅޭހެން އުޅުނި އްޔާ ފަރަންޖީ އަކަށް ވެވިދާނެ!

    18
    4
  4. ކޮރަލް

    ހައްދު ފަހަނަ އެޅުމަކީ މިއީ އެވެ.

    14
    5
  5. ޟމ

    މި ޤައުމުގަ ތިބެ ފާޅުގަ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއިމެދު އެއްވެސް ފިޔަވަޅެއް ނޭޅެނީ އެމީހުން ވެސް ޕެކިން ބަދަލުކޮށްގެން ތިބީމަ ދޯ

    15
    2
  6. Anonymous

    އއަންނަ އަހަރު ކޯޕަންހޭގަން އަށް ގޮސް ފޮނިކަނޑާނެ ކަމެއްކުރެވޭތޯ އެތެޅެނީ

    17
    4
  7. ޅިނކް

    ÷ޕަޕަޑަމްގެ ޕެކިންވެސް ބަދަލުކޮށްގެން ބޭނުންކުރެވޭނެ

    14
    2
  8. ލަންމި

    ކުއްލިއަކަށް ހުރިހާ ޕްލާސްޓިކް ބާވަތެއް މަނާކުރީމަ ވިޔަފާރިތަކަށް ވާނެ ގެއްލުމަކަށް ވެސް ވިސްނާބައްލަވާ
    ފުރަތަމަ ޕްލާސްޓިކް ކޮތަޅު ރާއްޖޭގަ އުފެއްދުން ހުއްޓާލަބަލަ

    2
    1
  9. ހުސޭނުބޭ

    ފޮށި ހުރިގޮތަށް ގަނެނެންޖެހޭނެ!

  10. އައިމަން

    ކަނޑައެޅިގެން ޞިއްޚަތަށް ގެއްލުންހުރި އެއްޗެތި މަނާނުކުރަނީ ކީއްވެގެންތަ؟ މިބުނީ ދުންފަތާ ގުޅުންހުރި ތަކެތި ވާހަކަ.

  11. އަބްދޫ

    ބަލަގަ ނަސިދު ރާއްޖެގަ އުޅޭ ފަސްލައްކަމީހުނަށް ކާންދެކަށް ސްޕާރީގެ ކަވަރު ބަދަލެއްނުކުރާނެ.

    4
    2
  12. އެމަންޖެ

    ކޮންޑަމް އެއީ ޕުލާސްޓިކެއް ނޫންތޯ އެ އެތެރެކުރުން މަނާ ކޮއްފިއްޔާ ޒިނޭ ކުރުން ތަންކޮޅެއް މަދު ވެދާނެ ނަޝީދޫ.