ޓެކްސްއަކީ ޒަކާތް ނެގުމަށްފަހު އޭގެން ނުވެއްޖެ ނަމަ ނެގުން ހުއްދަވާ އެއްޗެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު ވިދާޅުވެއްޖެއެވެ.

ޓެކްސް ނެގުމަކީ ހަރާމް ކަމެއްކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިހް އިލްޔާސް ޖަމާލް ވިދާޅުވެފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމާއިއެކު އެކަމަށް ފާޑުވިދާޅުވަމުން ޒައީދު ވަނީ މިއަދު އިތުރު ޓްވީޓެއް ކުރައްވާފައެވެ.

އެޓްވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ ޓެކްސްގެ ނިޒާމް ހަރުދަނާ ކުރެވިގެން ނޫނީ ގައުމުގެ ރައުސުލްމާލުގައި ބަރަކާތް ނުލައްވާނެ ކަމަށެވެ.

ޒައީދު ވިދާޅުވި ގޮތުގައި ޓެކްސް ނެގުން ހުއްދަ ވާނީ ޒަކާތް ނެގުމަށްފަހު އެއިން ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސިއްޖެ ކަމަށް ވާނަމައެވެ. އަދި އިސްލާމްދީނުގައި ޒަކާތުގެ ނިޒާމް ބައްޓަންވެފައި ވަނީ އެފަދައިން ކަމަށާއި މީހުން އަތުން ނެނގޭ ޓެކްްސް ވީހާވެސް މަދުކުރުމަށް އޭނާ ވިދާޅުވިއެވެ.

"ޓެކްސްއަކީ ޒަކާތް ނަގައި އޭގެން ނުވެއްޖެ ނަމަ ނެގުން ހުއްދަ އެއްޗެއް! މީހުން އަތުން ނެނގޭ ޓެކްސްތައް ވީހާވެސް މަދުކުރެވެން ޖެހޭ! އިސްލާމްދީނުގައި ޒަކާތުގެ ނިޒާމް ބައްޓަން ވެފައިވަނީ އެންމެ ފުރިހަމަ ގޮތުގައި! އެ ނިޒާމް ރަނގަޅަށް އިމްޕްލެމެންޓް ކުރެވިގެން ނޫންނީ އިގްތިސޯދުގައި ބަރަކާތެއް ނުލައްވާނެ" ޒައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޓެކްސް ނެގުމަކީ ޙަރާމް ކަމެއްކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިހް އިލްޔާސް ޖަމާލް ވިދާޅުވެފައިވާ ވީޑިއޯއެއް އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވަނީ އާންމުކޮށްފައެވެ.

މެންބަރު ވައްޑެ އިލްޔާސް ޖަމާލްގެ ވީޑިއޯ އާއްމުކޮށް ވިދާޅުވީ މިއީ ވެސް ދައުލަތަށް ނަގާ ޓެކްސްއިން މުސާރަ ނަންގަވާ ބޭފުޅެއް ކަމަށެވެ.

މި ވާހަކައާއި ގުޅިިގެން ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ޖަވާބުދާރީ ވުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތިރިބެ

    މިހާރު ޒަކާްިނުނަގާތަ

  2. ޢަފްލާ

    މިހަރު ޓެކްސް ނުނެގިޔަސް ސަރުކާރު ހިންގާނެ މިހާރު ނަގާނި ޙަލާލު ޓެކްސް ފުރަތަމަ ޓެކްހެއް ނަގަންފެށީވެސް ޢެމްޑީޕީ ވެރިކަމަށް އައިސް

  3. ޓެކްސް އާދެކޮޅު

    އަސްލު މިހާރު ނަގަނީ ރައްޔިތުން އަޅުވެތިކޮއްގެން ޖީއެސްޓީގެ ނަމުގައި ޖިޒީ ވެރިން އަރާމައި އުފަލުގަ ބޮޑެތިމުސާރަޔާ އިނާޔަތާނަގައިގެން ދިރިއުޅެން ނަންވާނީ ފިރުއައުނު އެކަމަކު އޭނާގެ އަޅުވެތިކުރުމުގެ ސަގާފަތް ދިރުވޭތޯ މިބަލަނީ ކޮބާތޯ އެއަރޕޯޓް އަށާއި އެމްޕީއެލްއަށާއި ޓުވަރިޒަމަށާއި ސުޓެލްކޯ ފެންކުންފުނި ދިރާގް އެޗްޑީސީ މިހެންގޮސް ނަންހުސްކޮއް ހިންގާ ތަންތަނުން ލިބޭރުފިޔާކޮޅު މުޅިންވެސް ރައްޔިތުމީހާ ކުރާމަސައްކަތުން ހޯދާ ފައިސާކޮޅު ބާތިލްގޮތުގައި އަތުލާ ބޭނުންކުރާ މަންޒަރު މިފެންނަނީ

    16
  4. ރައްޔިތުން

    އިސްލާމް ދީން ރަނގަޅަށް އޮޅުން ފިލާ މީހުން ކަމުގަ ހެދިގެން އުޅޭ މުނާފިގުން ގިނަ އީ

    1
    3
  5. ހައިރާންހީވޭ

    ޒަކާތަކީ ދައުލަތުގެ ހަރަދު ބަލަހައްޓަން ނަގާ އެއްޗެއްތަ؟ އެއީ އޭގެ ބެހެނިވެރިންގެ ހައްގެއް. ޓެކްސް އެއީ ޖިޒީ. އެއީ އަހުލުކިތާބީން މުސްލިމު ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްަދައުލަތަށް ދައްކަން ޖެހޭ އެއްޗެއް. ސަހަރޯ ހީވޭ. މިއީ ކޯއްޗެއް ކިޔަވައިގެން ހުރި މީހެއްބާއޭ ހިތައް އަރާ.

    4
    1
  6. އަބްދޫ

    މާތްﷲ މުސްލިމުންނަށް ޒަކާތް ފަރުޒު ކުރައްވާފް އެޒަކާތް ނަގައިގެން އެޒަކާތް ބަހަންވީގޮތްވެސް ވަނީ އަންގަވާފަ. ޒަކާތާއި ޓެކްސްއައި އެއްވެސް ގުޅުމެއްނެތް. ޒަކާތް ބަހާނެ ބައިތައް ކީރިތި ގުރއާނުގަ އަންގަވާފަ އެބައޮތް. ޓެކްސް ފައިސާ ނަގައިގެން ކުރަނީ އެބައިތަކާ ގުޅުންހުރި ކަންކަމެއްނޫން. ޒަކާތް ބަހަން މާތްﷲ ކަނޑައަޅުއްވާފައިވަ ބައިތަކަށް ނުބަހާ ދުނިޔޭގެ ތަރައްގީއާއި ޒީނަތަށް ނުބެހެޭނެ. އަލަށް ދުނިޔެއިން ފާޅުވާ ކަންކަމާ އި އެކަންކަމުގަ ދަންނަބޭކަލުންގެ އިޖްމާއާއި ގިޔާސް އިން ގޮތް ނިންމުމަށް އިސްލާމްދީނުގަ ވަނީ ކަނޑައަޅުއްވާފަ. އެންމެ މީހެއްގެ ފަތުވާ މިފަދަ މައްސަލަތަކަކު ނުދެވޭނެ. މިގައުމުގާ އިސްލަމިކް މިނިސްތްރިއެއް އެބަހުރި ދަންނަބޭކަލުންގެ ކޮމިޓީއެއް އެބައޮތް. ވީމާ ފޮޓޯޖަހައިގެން ވާކަކަ ދެއްކުންރަނގަޅެއްނޫން.

    1
    1
  7. މއކ

    މިގައުމުގަ ޒަކާތް ދައއކަނީ އަދިނުދައްކަނީ ކޮންބައެއްތޯ ނުބަލާ. އެއީ ހަގުރާމަ ކޮއްގެންވެސް ނަގަން ޖެހޭ އެއްޗެ. ޓެކްސް ނުދަކާފިޔާ އެކައުންޓް ފްރީޒް