ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިންޑިއާ ސަރުކާރުން ބީސީޖީ ވެކްސިންގެ 2400 ވައިލް ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްއަށް ދިމާވެފައިވާ ބީ.ސީ.ޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށްޓަކައި ދޭ މި ވެކްސިންތައް މިއަދުގެ ވަގުތެއްގައި ރާއްޖެއަށް ފޯރާނެއެވެ.

ބީ.ސީ.ޖީ ވެކްސިންއަކީ ޓީބީ ބަލިން ދިފާއުވުމަށްޓަކައި ތުއްތުކުދިންނަށް ދެވޭ ވެކްސިނެކެވެ.

ފޮރިން މިނިސްޓްރީ އާއި، ދިއްލީ ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އަދި މުމްބާއިގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް އާއި ގުޅިގެން ވެކްސިންގެ މި ޝިޕްމެންޓް ހޯދާ ރާއްޖެއަށް ޑިސްޕެޗް ކުރުން ކޯޑިނޭޓް ކޮށްފައިވަނީ އިންޑިއާގެ ހެލްތު މިނިސްޓްރީ އަދި އެކްސްޓާނަލް މިނިސްޓްރީ ފަރާތުންނެވެ.

ސިއްހީ ދާއިރާގެ އެއްބާރުލުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ދުވަސްވީ ގާތް ގުޅުމުގެ މުހިންމު އެއް ތަނބެވެ. އެގޮތުން އިންޑިއާ އިން ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް މީސްލްސް – ރުބެއްލާ ވެކްސިންގެ 30،000 ޑޯޒް ރާއްޖެއަށް ފޯރުކޮށްދީފައެވެ. އަދި ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދެގައުމުގެ މެދުގައިވާ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަވެ، އެތައް ގޮތަކުން ވަނީ ރާއްޖެއަށް އެހީ ފޯރުކޮށްދެވިފައެވެ.

އެގޮތުން މާރިޗު 2020 ގައި އިންޑިއާއިން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުމަށް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހާއްސަ ޓީމެއް ރާއްޖެއަށް ފޮނުވާފައެވެ. އަދި އޭޕްރިލް 2020 ގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއް ގެނެސްދެވި، 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ 4 ޝަހަރަކުން ވަނީ އިންޑިއަން އެއާ ފޯސް މެދުވެރިކޮށް ގެނެސްދެވިފައެވެ. އަދި އޮގަސްޓް 2020 އިން ފެށީގެން އިންޑިއާއިން ވަނީ ދިވެހިންނަށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދީފައެވެ. މީގެ އިތުރުން ދިވެހި ސިއްހީދާއިރާގައި މަސައްކަތް ކުރާ އޮފިޝަލުންނަށް އެކި އޮންލައިން ތަމްރީން ޕްރޮގްރާމްތައް ވަނީ ހިންގިފައެވެ.

ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން، އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ދީލަތި އަދި އަވަސް އެހީ ފޯރުކޮށްދީފައެވެ. އަދި ބޮޑު ވަޒީރު ނަރޭންދްރަ މޯދީ އާއި ރައިށް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑާޝިޕްގެ ދަށުން، އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ އިހްތިރާމާއި، އިތުބާރުން ފުރިފައިވާ ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ޤާނޫނު ބަހަނާއަކަށް ހަދައިގެން މައިންބަފައިންގެ ނުރުހުމުގައި. ތުއްތު ތުއްތު މައުސޫމު ކުދިންގެ ގަޔަށް ގަދަކަމުން އަތްލާ ވެކްސިން ދިނުމަކީ ބޭސްވެެރިކަމުގެނަމުގައި ދެވޭ ލާއިންސާނި ނާތަހުޒީބީ ޢަމަލެކެވެ.
    ތުއްތު ކުދީންނަށް ވެކްސިން ދިނުމާއި ނުދިނުމުގެ އިޚްތިޔާރަކީ އެއީ އެކުދިންގެ މައިން ބަފައިންނަށް ލިބިގެންވާ ޙައްޤެކެވެ.