ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ، އަޅުގަނޑުމެން ކުރި ހުރިހާ އުންމީދުތަކެއް ޙަޤީޤަތަކަށް ނުވި އަހަރެއް ކަމަށްވިޔަސް، ރާއްޖޭގެ ޙާލަތާ މެދު ވިސްނައި، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ މިއަދު ފެށުނު މީލާދީ އާހަރާއި ގުޅިގެން ފޮނުއްވެވި ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެން ތަޖުރިބާކުރަމުން މިދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޤައުމު ފުރަބަންދުކުރަން ޖެހުމުން، އެންމެ ބޮޑަށް އިޙްސާސްކުރެވުނީ، ރާއްޖޭގެ އިޤްތިޞާދުގެ ނާޒުކު ކަމެވެ. ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމަނުކުރެވި ހުރުމުން، ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކާއި، ރައްޔިތުންގެ ޙައްޤުތައް ގެއްލިގެން ދިޔަ މިންވަރު ވަޒަންކުރެވުނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފެށުނު 2021 ވަނަ އަހަރާ އަޅުގަނޑުމެން މިކުރިމަތިލަނީ، ޤައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި ޢަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައެވެ. "ވަކިން ޚާއްޞަކޮށް، އަސާސީ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވިކުރުމުގެ ޢަޒުމާ އެކުގައެވެ. އިޤްތިޞާދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތު މިހާރަށް ވުރެ ފުޅާކޮށް، އިޤްތިޞާދު ސިންދަފާތު ކުރުމަކީ، މި އަހަރުގެ އެންމެ ބޮޑު އަމާޒެވެ. ތަރައްޤީގެ މަޝްރޫޢުތައް ތިމާވެށްޓާ އެއްކީލިކުރުމަކީވެސް، މިއަހަރުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ ކަމެކެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަވަމުން ދާއިރު، އޭގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ، ޤައުމުގައި ހުރި ބޮޑެތި އިޖުތިމާޢީ މައްސަލަތައްވެސް ޙައްލު ކުރެވިގެންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކާއި ތަފާތު ގަނާތައް ހުއްޓުވުމަށް، ޢަމަލީ ގޮތުން މަސައްކަތްކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ، މިއަހަރުގެ ޢަޒުމްކަމުގައި ކަނޑައަޅަން ރައީސް އެދިވަޑައިގެންނެވިއެވެ.

"މުޖްތަމަޢުގެ އުފާވެރިކަމާއި ހަމަޖެހުން ޤާއިމުކުރެވޭނީ، ކުޑަކުދިންނާއި އަންހެނުންނަކީ، އަޅުގަނޑުމެން އެންމެންގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ހަދައިގެންކަން ޔަޤީނެވެ." ރައީސް ވިދާޅުވިއެވެ.

މުޖުތަމަޢުގައި ފެތުރިފައި ހުރި އެތައް ބަލިތަކެއްގެ ނުބައި އަސަރު، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، އެތައް ގުނައެއް މިވަނީ އިތުރުވެފައިކަން ވެސް ރައީސް މިއަދު ފާހަގަ ކުރެއްވެވިއެވެ. "ވަޒީފާ ނެތް ޒުވާނުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ނަފްސާނީ ބަލީގެ މައްސަލަތަކުގެ ސަބަބުން، ވަކިވަކި ފަރުދުންނާއި ޢާއިލާތައް އުފުލަންޖެހޭ ތަކުލީފުތައްވެސް މިވަނީ، އެތައް ގުނައެއް ބޮޑުވެފައެވެ. މިކަންކަން ޙައްލުކުރުމަށް، ސަރުކާރުން ކުރަމުން މިއަންނަ މަސައްކަތުގެ ނަތީޖާ ޙާޞިލު ކުރުމަށްޓަކައި، ޢާއިލާގެ ތެރޭގަޔާއި ފަރުދީ ފެންވަރުގައިވެސް، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ޞާލިހް ވިދާޅުވިއެވެ.

ކޮވިޑްގެ ވެކްސިނާއެކު، މިބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދު އައުވަމުން އަންނައިރު، ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި، ޤައުމީ އާމްދަނީ އިތުރުކުރުމަށްޓަކައި، މުޅި ޤައުމު އެކުގައި އެއް ޢަޒުމެއްގައި ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެ، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި ބައިވެރިވެދިނުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އިލްތިމާސެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނަައީމް

    ކިބުލެއްގެކިބައިން ދިވެހިން ސަލާމަތްނުވެގެން އުޅޭތާ 2އަހަރުވީ ކިބޫއަރާ ފައިބާއިރު ހާ ފަސްބާޑިއެއްޖަހާފަ ހުންނާނޭ ދެންއަނެއްކާ ދިވެހިންނިކުމެ އތަން ރަނގަޅުކުރުންނޫންގޮތެއްނެތް ބިރުވެރިކަމާއި ހިތާމައާއި ދަތިކަމުން ދިވެހިން ދެކެފައިނުވާ އަހަރަކައް ކުރިމަތިލާއިރު ކިބޫބޭލުމާއި މެދު ވިސްނާށެވެ

    42
    1
    • ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

      ކުރާނެ ވައްކަންތަކާ ރައްޔިތުންނަށް ޖައްސާނެ ބަލާވެރިކަން ނިންމީތޯ

      22
      1
  2. ޑެއިލް

    2 އަހަރުން މިސްރާބު އޮޅުން ފިލީ. ވެރިކަމަށް އައީ ދޮގާއި މަކަރުން. ޢަދި 5 އަހަރު ބޭނުންވާނެ ޕްލޭންކުރަން.

    44
  3. ކައުންސެލަރު

    ދެން އަނެއްކާވެސް ރޯންފަށާނީކީ ނޫން އެހެންކިޔާފަ

    43
    2
  4. އައްޑޫ މީހާ

    މިސްރާބު އެގޭނެ ކުޑަކޮށް ރޯލާފަ ކޮންމެވެސް ގޮތަކަށް އެކަން އިޝްތިހާރު ކޮށްލާފަ ބަޖެޓްގަހުރި ފައިސާކޮޅު އެއްކޮށް ދަވާލީމަ އެއޮތީ މިސްރާބު ރީއްޗަށް އެނގިފައި

    24
  5. ވިސްނާލުމަށް އެދެމޭ

    2021ނިމުނީމަވެސް ފަށާނީ އާފެށުމަކުން..މިސްރާބު ވަރަށްސާފުވެއްޖެ ރައްޔިތުންނަ...ކުކުޅުރި ހަ ރޮށި ތައްޔާރުކޮށްފަ ރޯންއިނީމަ ތަރައްގީފުރި ހަމަވާނެ..އިސްތިއުފާދޭން އެދެން އަ ހަރެމެން ރައްޔިތުންނާ ގައުމު ފަނާވެއްޖެ..ދެން މިސްރާބު ހިންނަވަރާދިމާލަށް އަބުރާލާ..އިސްތިއުފާ..އިސްތިއުފާ...އިސްތިއުފާ..

    23
  6. މާނީ

    އެމްޑިޕީގެ ބަލާވެރިކަމުން އަޅަމެން މިންޖުކުރައްވާތޯ ދުއާކުރަން

    26
  7. ޖަޒީރާވަންތަ ރޯޔަލް ބަކަރި

    ރޮއެހޭރިފަ ރައްޔިތުންނަށް ޖެއްސުންކުރުން ނޫންކަމެއް ކަލެއަކަަށް ނުވާނެ.. އެމްޑީޕީގެ ވަބާއިން ގައުމު ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރުކުރަން

    24
  8. އަހުމަދު

    މިސްރާބު ހުރީ ތިރިޔަށް. ބާރަށް ކުރިޔަށް

    19
  9. ލާދީނީ އަންނި

    އުއްމީދަކީވެސް މިސްރާބަކީވެސް ދިވެހި ދައުލަތް ބަނޑުދަށުލުން އަދި އޭގެ ފަހުގާ ގައުމު އިނޑިޔާގެ އަޅުވެތިކަމައް ގެންދިއުން.

    27
  10. ފަހުމީ ދީދީ.

    މީހަކު އަޅެއަންތަރީހުން ބައްތިރީސް ނުވާނެތަ؟ މިމީހުން ވެރިކަމަށް އައީ ގައުމާއި ރަށްޔިރުންގެ ފުރިހަމަ އިހްސާސްތަށް އުނގެނި ވަޑައިގެން އެ ގިރައިގެން ބޮއެގެން ނޫންތަ؟ އެހެންވީމާ އަދި ދަސްކުރާ މަރުހަލާގައި ދޮއްތޮތިޔަ އުޅުއްވަނީ؟ ރަށްޔިތުންގެ މަޖިހުގައި އުމުރު ބޮޑުބައެއް ހޭދަކުރިއިރު މަނިކްފާނަށް ހަމަ އެއްކަމެއް ފަހުމްނުވާކަން އަހަރެމެންނަށް ސާފްވަނީ.

    23
  11. ވިސްނާ

    ނިމިދިޔައަހަރަކީ ފާހަގަކޮށްލެވޭއަހަރެއް ދީނަށްފުރައްސާރަކުރާމީހުންހިމާޔަތްކޮށްއެމީހުންނަށްބޮޑެތިމަޤާމުތައްދިނުމާރޭޕްކުރާމީހުން ހިމާޔަށްކުރުންހުރިހާކަމެއްޒީރޯޓޮލަރެންސްގެދަށުން

    24
  12. ހުސެން

    ކިތަންމެ މިސްރާބު ޖެހިޔަސް 2023 ގައި އެމްޑީޕީ އަށް ދިވެހިން ބޯކޮށް ނޫނެކޭ ބުނާނެ.އެމްޑީޕީ ގެ ހުޅުނބުދަނީ އިން ޟާ ﷲ

    12
    1
  13. Mahujanu

    އެ ހެންވީމަ 2 އަ ހަރު ދުއްވާލީ ތަނެއްދޮރެއް ނޭނގި ދެއްތޯ؟ ދެން ރައްޔިތުންނަށް ވާނެގޮތް ވިސްނާލާ.

    13
  14. ޣ

    މިވަރުމީހަކު ވެރިކަމެއް އެރުވުނީތީ ދިވެހި ރަތްޔަތުން މިހާރު ހިތާމަކުރަންޖެހޭނެ

    6
    1
  15. ކަންމަތީ ސޭޓު

    އިހްލާސްތރިކަމެއް ހުރިއްޔާ މިގައުމު ކޮޅަށްޖަހާލަލުމަކީ ވަރަށް ފަސޭހަކަމެއް ކުޑަކުޑަ އެންމެކަމެއް މިގައުމަށް އެތެރެވާ ހުރިހާޑޮލަރެއް ދައުލަތުގެ މާލީ އިދާރާއަށް ވައްދާ އޭގެ ކޮންޓްރޯލް ހޯދިއަސް ވަރަށްބޮޑު ކުރިއެރުމެއް އިގްދިސޯދަށް އަންނާނެ ކަށަވަރު ޑޮލަރެއްގެ އަގު 10ރ އަށް ތިރިވާނެކަން އެކަމު މެންދުރުގެ އިރުފަދައިން އެނގޭ އެކަންވެސް ނުކުރާނެކަން