މިފެށުނު 2021ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކުރުމުގެ މަސައްކަތަށާއި, އަދި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނީ އާއަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ނިމިގެންދިޔަ އަހަރަކީ ވަރަށް އަނިޔާވެރިކަމާއެކު މިސަރުކާރުން ސިޔާސީ ހުކުމެއްކޮށް ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް އެވކޯލިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރިއަހަރެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މިކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތައް އުފެދި، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިފެށުނު 2021ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެކެވެ". އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަމޭދާން

    3 މަސްދުވަހުގެތެރޭގާ ނުކުއްދަވާނަމޭ ބުނެފާ ކިހިނެއްވީ؟

    9
    5
  2. ފުނަމާ

    ތިހިރީ މިނިވަންކުރެވިފައި އޭނާ މީހުނަށް ދިން އަނިޔާގެ ރަހަ އޭނައަށް ލިބެންޖެހޭނެ.

    13
    17
    • Anonymous

      ކާކަށްތަ އަނިޔާވީ؟ އެ ސާފު ކުރަން ވެއްޖެނު މިހާރު. މީހަކު ެަޖައިބެއއ ނުވާނެއަޅެ

      7
      8
    • ކޮވިޑް

      ފުނަމާ ހެޔޮދުޢާ ސަލާމް. ބަލަ މި ޤައުމުގާ އަނިޔާ ކުރީ ޔާމީން އެކަނިތޯ؟ އެމް.ޑީ.ޕީ މީހުން ގޮވި 30 އަހަރުގެ އަނިޔާ ގެ ވާހަކަ، އެހުރީ އަރާމުގަ ގޭގަ ސަނާ ކިޔާލަ ކިޔާލާ،2208 އިން 2013 ހަމަށް އަނިޔާ އަނިޔާ ގޮވި އެމް.ޑީ.ޕީ މީހުން އެ އެންމެން ގޭގަ އަރާމުކުރަނީ، މީއޭ މައްސަކަ އަކީ، އެހެން ވީމަ ކިހިނެއް ތިވާހަކަ ބައިގަނެވޭނީ ފުނަމާ؟

      3
      5
  3. ގޫ ޕާޓީ

    މި އަހަރު ގެ އަމާޒަކީ ވެސް އެންމެ ގައިދީ އެއް މިނިވަން ކުރުން

    14
    12
  4. މަނީމަނީ

    ދެން ކުރިޔަށް ހުރި ހުކުންތަކައް ކިހިނެތްހަދަނީ

    12
    4
  5. ފޭދޫ އައްލާ

    އަހަރުމެންގެ އަމާޒަކީ ރ ޔާމިނު ޖަލުން މިނިވަން ކުރުން

    11
    10
  6. ކެލާ އާރިފް

    ވައްކަންކުރަން ވަގުން ސަލާމަތްކުރަންވާނެތާ

    10
    9
    • Anonymous

      ކުޑަކުދިންނާ ބެހޭ މީހުން އޮޓޯއިން މިނިވަންވާ ގޮތަށް އޮތީ. ދެން ތިބި މީހުން މިނިވަން ކުރަން މަސައްކަތް ކުރަން ޖެހޭނީ

      2
      2
      • ކެލާ އާރިފް

        ދައުލަތުގެ ތިޖޫރި ފެންފޮދަކާނުލާ ދިރުވާލަން އަނެއްކާވެސް ފުރުސަތުދޭންވީތޯ؟
        އަމިއްލަ އެކައުންޓައް މިލިޔަނުން ޑޮލަރު ވަދެގެންދާއިރުވެސް އަނގައިންނުބުނެ ހުރީ ކީއްވެތޯ؟ ވައްކަންފަޅާއަރުވާލި ޤާސިމް ޖަލައްލީ ދެއްތޯ.
        ވެރިކަންނިމުމުން އަމިއްލަގެ 17ބުރިން 25ބުރިއައް އަރަމުންއެދަނީ، ކޮންތާކުންހޯދި ފައިސާއެއްތޯ؟
        ވެރިކަމުގަހުރިއިރު ބައިވަރު ވިޔަފާރިވެރިން އެހީތައްދެމުންދިޔަޔޯ، މިހާރު އެއެހީތައް ނުލިބޭތޯ؟

        2
        1
  7. ބޮކި

    2 އަހަރުވެގެން ދިޔައިރު ޔާމީން މިނިވަން ކުރެވުނު ތަ ؟؟؟؟؟؟

    9
    4
  8. 13ވގ

    އަދިނުވޭތަ ދެން އެހެން ކަމެއް ކުރާނެ ވަގުތެއް ނެތޭނު

    5
    3
  9. 13ވގ

    އަދިނުވޭތަ ދެން އެހެން ކަމެއް ކުރާނެ ވަގުތެއް ނެތޭނު އަދި ކުރިޔައް އޮތީ ހުކުން

    5
    3