މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރުގައި ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސްގައި ހިމެނޭ މާފަންނު ކަނބައައިސާރަނި ހިނގުމުގެ މަސައްކަތް ނިންމާލައި، މަގު ހުޅުވާލާއިފިއެވެ.
މާލެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އެ މަޝްރޫއަކީ 462 މިލިޔަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.
މާލެ ސިޓީ ސްޓްރީޓްސްކްރޭޕިންގ ޕްރޮޖްކެޓްގެ ނަމުގައި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ފެށި މި މަޝްރޫއުގެ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ، ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
މިެ މަގު ހުޅުވާފައި ވަނީ މާލެ ސިޓީގެ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ ފަރާތުން ބޭއްވި ހާއްސަ ހިނގާލުމަކުންނެވެ.
ސިޓީ ކައުންސިލުން ބުނީ، މި މަޝްރޫއުގެ ސަބަބުން މާލޭގައި މިހާރު ތޮށްޖެހިފައިވާ މަގުތަކުގެ ތަރުތީބު ގެއްލިފައިވާ، އަދި ކާރުބާރުގެ ސަބަބުން ޕާކް ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ތި ދާ ސްޕީޑުން މަސައްކަތް ދަންޏާ 100 އަހަރުންވެސް ތި މައްސަކަތެއް ނުނިމޭނެ! ކަންޒުހަނބު ސަރުކާރު!
ސަރުކާރު މިއޮންނެވީ ފަރަށް އުރިވަޑައިގެންފަކަން އެނގިފުޅު ނުލައްވަނީ ތޯއްޗެ!!
ކަލޭމެންނަށް ވިސްނޭތީ މަ ހައިރާންވަން. ބަލަގަ ހުރިހާ މަގެއް އެއްފަހާރާ ބަންދު ކޮށްގެން މަސައްކަތް ކުރަން އުޅުނަސް ޝަކުވާ ކުރާނީ ހަމަ ކަލޭމެން. ރަނގަޅު ނޯންނާނެ އެއްގޮތްވެސް.
ސުކުރިއްޔާ ރައީސް ...ޔާމީން❤️😘
ޔާމީން އާލާ ހަލާބަލަ
ކަންޒު ކަހަނބު ސަރުކާރުން ސްޕީޑު ހުންނާނީ ކަހަނބޫ ސްޕީޑުގަ ޝައްކެއްކުރާނެ ކަމެއްނެއް..
ތި މަގު ކާލަބަލަ.. ވަބާއަކަށް ވެއްޖެ މިހާރު
ރައީސް ޔާމީނުގެ ބުރަ މަސައްކަތް..
ތާރު އެޅިނަމަ ޒަމާނީ ވީސް!
ސަރުކާރު މިއޮންނެވީ ފަރަށް އުރިވަޑައިގެންފަކަން އެނގިފުޅު ނުލައްވަނީ ތޯއްޗެ!!
ވެލިގަނޑު އެއްވަރުކޮއްލާފަ އަލުން ގާ އަތުރާލީމާ އެ ޒަމާނީ ފެންވަރަށް އަލުން ހެދުނީ؟؟
ހިމެނޭ މާފަންނު ކަނބައައިސާރަނި ހިނގުމުގެ މަސައްކަތް // ހީވަނީ މަގުގެ އެއްކޮޅުން އަނެއް ކޮޅައް ނިންމާލާފަ އެވާހަކަ ބުނާހެން.. އެކަމަކު އެމަގުގެ %80 ވެސް އަދި ނުނިމޭ.. އިޔެ ވެހުނު ވިއްސާރައިގައިވެސް އައިޖީއެމްއެޗް ކައިރީގަ ލާންޗް ދުއްވާލެވޭވަރަށް ދިޔަ ބޮޑުވެފައި އޮތީ..
މިހާރު މުޅި މާލެ އެއްކޮށް ތާރު އަޅަންވެއްޖެ 🙄 ޔާމިނުއަށް އެކަނި ތަރައްޤީގެ މާނަ އެނގެނީ