އަންނަ ހޯމަ ދުވަހުން ފެށިގެން ޕީސީއާރް ނައްސި ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ރައްޖޭގެ ސްކޫލް، ކޮލެޖް އަދި ޔުނިވާސިޓީތަކަށް ކިޔަވަންދާ ދަރިވަރުން ރާއްޖެ އައުމަށްފަހު، 10 ދުވަހަށް ގޭގައި ކަރަންޓީނުވާން ޖެހޭ ގޮތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އުސޫލު ބަދަލު ކޮށްފިއެވެ.
މީގެ ކުރިން ޑިސެންބަރު 16 ވަނަ ދުވަހު ވަނީ ރައްޖެ އިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި، މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެ)އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.
މިއަދު އެޗްޕީއޭ އިން ނެރުނު އުސޫލުގައި ވަނީ، ރާއްޖެއިން ބޭރުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ކިޔަވަންދާ ދަރިވަރުން، ރާއްޖޭން ބޭރުން އައުމަށްފަހު 10 ދުވަހުގެ މުއްދަތަކަށް ގޭގައި ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.
އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލާނީ 10 ދުވަހަށްފަހު ހަދާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނައްސިވުމުން ކަމަށް އެޗްޕީއޭއިން ވިދާޅުވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13,738 މީހުންނެވެ.
ތިހުރިހާ ސަކަރާތެއް ތިޖެހީ އަންނިގެ ފެމެލީ ގެންނަންވެގެން، އެކަން ނިމުނީމަ ކުރިން އޮތްގޮތައް ބަދަލުވީ!
ނުކިޔާ ހުރެބަަލަ.
ކޮންމެފަހަރަކުވެސް ރާއްޖެއަށް މި ކޮވިޑްއިތުރުވެގެންމިދަނީ މި ސަރުކާރުގެ ބޮޑުންގެ ފަރުވާ ކުޑަކަމުން މީ ޤައުމުގެ ހަލާކު