އއ. އުކުޅަހުން އިތުރު ދެ ފަތުރުވެރިވެރިއަކު ކޮވިޑް-19 އަށް ފައްްސިވެއްޖެ އެވެ.

އެރަށުން އިތުރު ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން، އެރަށު ކައުންސިލުން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

މީގެ ކުރިންވެސް އެރަށުން އިތުރު ފަތުރުވެރިންތަކެއް ކޮވިޑް-19އަށް ފައްސިވެފައި ވެއެވެ.

އެރަށު ކައުންސިލުން މިއަދު ބުނީ، އެރަށުން އިތުުރު ދެ ފަތުރުވެރިއަކު ފައްސިވެފައިވާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.އެހެން ނަމަވެސް އެ ދެ މީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް ނޭނގޭ ކަމަށް ކައުންސިލުން ބުންޏެެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ގެސްޓް ހައުސްތައް ހުޅުވައި، ހިދުމަތް ދެމުން އަންނައިރު، އެ ރަށްތަކުން ބައެއް ފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ 13,738 މީހުންނެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 558 މީހުންނަށެވެ. ރާއްޖެއިން ކޮވިޑް-19 ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 47 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚމ

    ފަތުރުވެރިންނަށް ކޮރޯނާ ޖެހޭތަ؟ ޑޮލަރު އަތުގަ ހުންނަ މީހުންނަށް ޖެހޭ ބައްޔެއް ނޫން ތީ، ތީ ނިކަމެތިންނަށް ޖެހޭ ބައްޔެއް ކަމަށްވާތީ ތަފާތު ކުރަނީ

    8
    1
  2. ވަގުހިފާ

    ޔާމީނުސަމަތްކުރުމަށް މާބުރަމަސަތްކަތެއްކުރާނެކަމެށްނެތް ކުރިކޮއްމެވައް
    ކަމަކަށްއެގުނަން ބުރިކޮއްލާ ދެންސަލާމަތްވީ