މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 47 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 25 މީހުން ފައްސިވީ މާލެ އިންނެވެ. މީގެ އިތުރުން ރާއްޖެ އިން ބޭރުން އައި 17 މީހަކު ވަނީ ފައްސިވެފައެވެ. އެމީހުން ތިބި ތަނެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. އެހެންކަމުން އެއީ ދިވެހިންކަމެއް ނުވަތަ ބިދޭސީންތަކެއް ވެސް ސާފެއް ނުވެއެވެ.

ރިސޯޓްތަކުން މިއަދު ތިން މީހުން އަދި މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުން ދެމީހުން މިއަދު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ ނުވަ މީހުންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މިހާރު މަދުވެފައި ވާތީ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 699 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު 13804 އަށް އަރާފައެވެ. އޭގެތެރެއިން 48 މީހުން ވަނީ މިހާތަނަށް ނިޔާވެފައެވެ. ކޮވިޑް-19 ޖެހިގެން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ ޑިސެމްބަރ 11 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެކްޓް

    މީތި ދަށަށް ދާ ކަމަކަށް ނުވާނެ ތިބުނާ ވިހައެއް ގަޔަށް ޖަހަން ލިބެނިކޮށް ނޫނީ. އެޖަހައިގެން މީހުންނަށް ވާކަންކަމުގެ ވާހަކަ އެ އިވެނީ ދުނިޔޭ އެކިކަންކޮޅުތަކުން. ދިވެހިރާއްޖެ މިއޮންނެވީ ހެލިސިނޭޝަން ގަނޑެއްގެ ތެރޭގަ. ބަލާބަލަ މިއޮއް މަޖުބޫރުކޮށްގެން އުޅޭ މާސްކެއް. ނޭވާއެއް ލުމުގެ މިނިވަންކަމެއްވެސް ނެތޭ. ކޯއްޗެއްތޯ މިއިން ހާސިލްވަނީ!!އެއްކަލަ ސިއްހަތުން ވިޔާފާރިކުރާ މީހުންގެ މާސްކު ޝިޕްމެންޓް ހުސްނުވަނީސް މިޔަކަށް ލައްލެއް ލިބޭނެތޯ! މި މީހުންނަށް މާސްކުން ލާރިކޮޅު ޖީބަށް ވަންނަހާ ހިނދަކު މިކުޅިގަނޑު ހުއްޓާނުލާނެ ގޮތްހުސްވީމަ ނޫނި.
    އެއް ކޮޅުން އަމިއްލަ ޥަޠަނުގަ އުޅެންޖެހިނީ ޖިޒީ ދައްކައިގެން. އަނެއްކޮޅުން އަމިއްލަ ހަށިގަނޑުގެ މިނިވަންކަމެއްނެތް. ގަޔަށް އަރައިގެން ބޭސްވެސް ކަރަށް އަޅަންވީ. ކަށިތައްވެސް ހަރަންވީ. މިމީހުންނާއި ހޮޅީންނާ ހުރީ ކޮންތަފާތެއް!

    6
    1