ދާދި ފަހުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަށް ވަނީ ސިޔާސީ ޓްވީޓުތައް ކުރައްވާ ކަމަށްބުނެ ލިޔުމުން ނަސޭހަތް ދީފައެވެ. މިއާއިއެކު އެ ޔުނިވާސިޓީގެ ވައިސް ޗާންސަލާ، މުހަައްމަދު ޝަރީފުވެސް މިފަދަ ޓްވީޓުތައް ކުރައްވަމުން ގެންދަވާ ކަމުގެ މައްސަލަތައް މިހާރު ވަނީ ފެންމަތިވާން ފަށާފައެވެ.

ޑރ. އިޔާޒަކީ ގައުމީ ޔުނިވާސިޓީގައި ސީނިއާރ ލެކްޗަރަރ / އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމުގައިވާއިރު، އެ ޔުނިވާސިޓީ އިން ދާދި ފަހުން ވަނީ އިޔާޒްގެ ޓްވިޓާ އެކައުންޓުގެ ހޭންޑްލްގައި ގައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ބަޔާންކޮށްފައި ވާއިރު އެބޭފުޅާ ކުރައްވާ ޓްވީޓުތައް ބެލެވޭނީ އެ ޔުނިވާސިޓީގެ ފަރާތުން ކުރާ ޓްވީޓުތަކެއް ކަމަށް ބުނެފައެވެ.

”ސިޔާސީ ކަންތަކުގައި ކޮލެޖު ވަކި ފަރާތަކަށް ޖެހިގެން ނުވާނެއެވެ. އަނގަބަހުން ނުވަތަ ލިޔުމުން ސިޔާސީ ކެނޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީ އަކަށް ތާއިދުކޮށް ނުވަތަ އެފަދަ ފަރާތަކާ އިދިކޮޅަށް ކޮލެޖުގެ މުވައްޒަފަކު ކޮލެޖުގެ ހައިސިއްޔަތުން އެއްވެސް އެއްޗެއް ބުނެގެން ނުވާނެއެވެ. މުވައްޒަފަކު މިފަދަ ވާހަކަ އެއް ދައްކާއިރު އެވާހަކަ ދައްކަނީ، ކޮލެޖުގެ ހައިސިއްޔަތުން ވަކި ފަރާތަކަށް ތާއިދުކޮށް ނުވަތަ އިދިކޮޅަށް ކަމަށް ހީވެދާނެ ކޮންމެ ހާލަތެއްގައި އެވާހަކަ ދައްކަނީ އަމިއްލަ ހައިސިއްޔަތުންކަން ބުނަން ވާނެއެވެ. ކޮލެޖުގެ ވަޒީފާގެ ނަން ބޭނުންކުރަން ވާނީ ހަމައެކަނި ކާކުކަން ހާމަކުރުމަށެވެ.“ ޑރ. އިޔާޒަށް ފޮނުވި ނަސޭހަތުގެ ލިޔުމުގަައި ވެއެވެ.

އެ ލިޔުމުގައި އިތުރަށް ބުނެފައި ވަނީ މަތީގައިވާ ގޮތާއި ޙިލާފަށް ކުރައްވާ ކޮންމެ ސިޔާސީ ޓްވީޓެއް، ރީޓްވީޓެއް އަދި ކޮމެންޓެއްގައި ފާޅު ކުރަނީ އަމިއްލަ ފިކުރުކަން ބަޔާން ނުކުރާނަމަ އެ ކޮލެޖުގެ ސިޔާސަތުތަކާއި ޙިލާފުވީކަމަށް ބެލެވޭނެ ކަމަށެވެ.

މިގޮތަށް އަމަލު ނުކުރުމަށް އެދި ޑރ. އިޔާޒަށް އެ ކޮލެޖުގެ ޑެޕިއުޓީ ވައިސް ޗާންސެލާ ލިޔުމުން ނަސޭހަތް ދިން ނަމަވެސް، މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އެ ކޮލެޖުގެ މިހާރުގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފުވެސް ސަރުކާރަށް ތާއިދު ކުރަައްވާކަން ހާމަވާ އެތައް ޓްވީޓުތަކެއް ވަނީ ރީޓުވީޓު ކޮށްފައެވެ. އަދި އެބޭފުޅާގެ ޓްވިޓާ ހޭންޑަލްގައިވެސް ޔުނިވާސިޓީގައި ޔުނިވާސިޓީގައި މަސައްކަތް ކުރާކަމަށް ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.

ވައިސް ޗާންސެލާ މުހައްމަދު ޝަރީފް އަކީ މީގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފަސްޓްރަކްޗާގެ ޕާމެނަންޓް ސެކެޓްރީގެ އިތުރުން ހައުސިންގ އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ މިނިސްޓާރ އޮފް ސްޓޭޓުގެ މަގާމުވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެބޭފުޅާ ކޮށްފައިވާ ގިނަ ރީޓުވީޓު ތަކަކީ ސަރުކާރާއި އެއްކޮޅަށް ކޮށްފައިވާ ރީޓްވީޓުތަކެއްކަން ފެންނަން އެބަހުއްޓެވެ. އަދި އެފަދަ ޓްވީޓުތަކުގައި އެއީ އެބޭފުޅާގެ އަމިއްލަ ވިސްނުން ކަމާއި ޔުނިވާސިޓީގެ ވިސްނުން ނޫންކަންވެސް ހާމަ ކޮށްފައެއް ނުވެއެވެ.

އިޔާޒް ކުރައްވަމުން ގެންދަވާ ޓްވީޓުތަކާއި ގުޅިގެން ޔުނިވާސިޓީގެ އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބެމުން ދާކަމަށް ބުނެ ލިޔުމުން ނަސޭހަތް ދިނުމުން، އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީފާގެ ބިރު ދައްކައިގެން ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި ރިޒްގު ދެއްވަނީ މާތްﷲ ކަމަށެވެ.

މިކަމާއި ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އެންމެނަށްވެސް ހަމަހަމަ އުސޫލަކުން ކަންތައް ކުރުމަށް ގޮވާލަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުޙައްމަދު ޒާހިރު

    ތީ ދެން އަދާލަތާއި ސަރުކާރާ ތޮޅޭ ތޮޅުމެއްތޯއެވެ. ނޫނީ ސަރުކާރުން އަދާލަތުގެ ޢިލްމުވެރިޔާ ބޭރުކޮށްލަން އެޅޭފިޔަވަޅެއްތޯއެވެ ދިވެހި ރާއްޖޭގައި އިސްލާމް ދީނާ ފުށުއަރާކަންތައް ނުކުރީމާވެސް އޯކޭ ނޫންތޯއެވެ. މާ ހަޅޭތަކެއް ނުލަވާ ހަމަ ރޭގަނޑު ޕާޓީކޮރާގުރުޕް ބާރު އޮތީމާ ޕާޓީކުރަނީ ނޫންތޯއެވެ، ވީއިރު މިވަރަށް މީޑިއާ ނުކަކުވާ ދެފަރާތުންވެސް މައިތިވަމާތޯއެވެ.

    16
  2. ސަރީފު

    ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރަކީ މަގުމަތީގައި ހުންނަ ސައިކަލްތަކުން ތެޔޮ ވަގަށްނަގާ މީހަކަށްވީމާ ގައުމީ ޔުނިވަރސިޓީ ބަދުނާމުނުވޭތޯއެވެ؟ ޕޮލިހުގައި މިހާރުވެސް އެމައްސަލަ އޮންނާނެއެވެ.

    26
    1
  3. މާމީ

    މިހާރު ރާކަނި މަސް ކެވިއްޖެތަ؟

  4. ދިވެއްސެއް ވީމަ ބުނަމޭ

    އިލްމުވެރިން ސިޔާސީ ވީމަ ބޮޑުތަނުން ކަޑަ ތިބޭފުޅާގެ އިޚްލާސް ތެރިކަމާއިމެދު ސުވާލުއުފެދޭ ހެޔޮނުވާނެ ވެރިޔާ ރުއްސަން ޝަޚްސިއްޔަތު ގުރްބާންކުރަން އިލްމުވެރިންނަށް ވެތިބެގެން ބުރޯ ތީތި ކަޑަ އިގޭ

  5. ބޭޗާރާ

    ޕެޓްރޯލް ވަގަކު ސިޔާސީ ޓްވީޓް ކުރާނެ. އެކަމާމެދު މަނިއްޕުޅު އެއްޗެއް ވިދާޅުވިޔަސް ނުވިޔަސް އެކަން އޮންނާނީ އެހެން.

    • ސަމީރު

      ޑރ ފެންވަރު ނެތް މީހެއް އިޔާޒު ތީ. ޢަވަހަށް ކަނޑާލާ. މާތް ﷲ ފިތުނަ އުފައްދާ މީހުންނަށް ހިޔޮގޮތެއް ނުދައްކަވާނެ.

  6. ނުވިސްނުނު

    ވައިސް ޗާންސްލަރގެ އެކައުޓަށް ޑރ. އިޔާޒުގެ އެކައުންޓް ވީ ގޮތެއް ނޭނގުނު. ތި މިންގަނޑުން މިނާނަމަ ޓުއަރިޒަމް މިނިސްޓްރީގެ އެކައުންޓަކީ ޑރ. މައުސޫމްގެ އެކައުންޓްތާ ދޯ.