ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި "މިހަމަޖައްސަނީ" އަށް އިތުބާރުކޮށްގެން ދެއަހަރު ދުވަސް ވީއިރުވެސް ހަމަޖައްސަން ވައުދުވެ ވަޑައިގެންނެވި ކަންކަން ހަމަޖައްސަވައި ދެއްވާފައި ނުވާތީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ރައީސް ޞާލިހަށް މިއަދު އާއަހަރުގެ ހާއްސަ "ތަހުނިޔާއެއް" ވިދާޅުވެ މެސެޖެއް ކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "މިހަމަޖައްސަނީ" ކަމަށް ރައީސް ޞާލިހް ޒާހިދަށް ޔަގީންކަން ދެއްވާފައި ވަނީ ރިންގު ރޯޑު ހެދުމަށް ޒާހިދުގެ ނިއުޕޯޓު ކުންފުނިން ހިންގި ޗާޓައިމް ރެސްޓޯރެންޓު ތަޅާލުމާއި ގުޅިގެން އެތަނަށް ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހަމަޖެހޭނެކަމުގެ ޔަގީންކަމެވެ.

އެތަނަށް ބަދަލުގެ ގޮތުގައި 32 މިލިއަން ރުފިޔާ ހޯދުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޒާހިދު ސަރުކާރަށް ހުށަހެޅިއެވެ. ނަމަވެސް ފަހުން މަޝްވަރާކޮށްގެން ނިންމާފައި އޮތީ 14 މިލިއަން ރުފިޔާގެ ބަދަލެއް ދޭށެވެ. އެފައިސާ ދިނުމަށް ރައީސް ޞާލިހްގެ ސަރުކާރުން އޮތީ އެއްބަސްވެފައެވެ.

ޒާހިދު މިއަދު "ވަޓްސްއެޕް" އިން ރައީސް ޞާލިހަށް ފޮނުވި މެސެޖް ޓްވިޓާގައި ވަނީ އާއްމު ކުރައްވާފައެވެ. މެސެޖްގައި ވިދާޅުވެފައި ވަނީ "ރައީސް، އަޅުގަނޑު ދެ އަހަރު ވަރަށް ކެތްތެރި ކަމާއެކު މަޑުކޮށްފިން" ކަމަށެވެ. އާއިލާ މީހުންގެ ބަސް އަހައިގެން ވެސް ހުރެފިން ކަމަށް ޒާހިދުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

"ރައީސް، އިންސާނެއް ވެއްޖިއްޔާ ބުނާ ބަހުގައި ކޮންމެސް ކަހަލަ އިތުބާރެއް އޮންނަންވާނެ. ޖާހިލިއްޔަ ޒަމާނުގައިވެސް އެކަން އޮތީ އެހެން ކަމަށް ކީރިތި ރަސޫލާގެ ސިޔަރަތުން ސާބިތުވޭ. މިހެން މިކަން އޮތް އިރު މިއަދު އަބޫޖަހުލަށް ވުރެންވެސް ކުރީގައި ރައީސްގެ މަކަރުވެރި ކަމާއި އިތުރުފުޅު ހެއްދެވުމާއި ތަނެއް ދޮރެއް ނޭނގޭކަން ތިޔަހުރީ." ޒާހިދުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

ކޯޓުތަކަށް އަތް ބާނައިގެން އޭނާގެ ހައްޤު ތަކަށް އަރައި ގަނެވިދާނެ ކަމަށާއި އެކަމަކު އެއީ ވަރަށް ދަށު ދަރަޖައިގެ މުނާފިގުން ކުރާ ކަހަލަ ކަމެއްކަމަށް ޒާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ވެރިކަން 2023 ގައި ރައްޔިތުން ބަދަލު ކުރާ މަންޒަރު ފެންނާނެ ކަމަށެވެ.

"އެދުވަހަކުން އަޅުގަނޑު ނޭދެން ޕޭން އޯޝަން އިންޓަނޭޝަނަލް އާއި ޝައިން ޓްރީ ހޯލްޑިންގްސް އާ މެދު ނުހައްގުން އެއްވެސް ކަމެއް ވާކަށް. މާތްﷲ އިރާދަފުޅުން 2021 ވަނަ އަހަރަކީ ރައީސް ކަރުނަ އަޅާ ރޯން އިންނާނެ އަހަރަކަށް ވެގެން ނުދިއުމަކީ އަޅުގަނޑުގެ ދުޢާ. އާ އަހަރުގެ ހެޔޮ އެދުމާ ތަހުނިއްޔާ އަރިސް ކުރަން." ޒާހިދު ވިދާޅުވިއެވެ.

ޕޭން އޯޝަން އިންޓަނޭޝަނަލް އާއި ޝައިން ޓްރީ ހޯލްޑިންގްސް އަކީ ރައީސް ޞާލިހްގެ އާއިލާ މެންބަރުންގެ ހިއްސާ އޮންނަ ދެކުންފުނި ކަމަށް ވެއެވެ.

ޒާހިދަށް ސަރުކާރުން ދޭން ޖެހޭ ބަދަލު ނުދީ ލަސްކުރަމުން ދިޔަ ނަމަވެސް ރައީސް ޞާލިހްގެ ސަރުކާރުން ވަނީ އެމްޑީޕީ އާއި ގާތް ގުޅުމެއް އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ވެރިކަމުގެ ފުރަތަމަ އަހަރު ވެސް އެތައް މިލިއަން ރުފިޔާއެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރަސް

  ވަގުތު ރައީސް ގެ ފަހަތުން އަޅައިގަނެގެން މި އުޅެނީ އައްޑޫ ހަރުކަށި ފިކުރުގެ ޖަމާޢަތުގެ މީހެއް ކަމަށްތަ. ުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

  6
  33
  • ޒައިކް

   އެހެން.. މިބައިމީހުންނަކަށް ނުފެންނާނެ އެމްޓީސީސީން އެކަނި، ރެކޯޑް އަދަދަކަށް ޕޮރޮޖެކްޓް ނިންމައިފި އޭގެ %94 ޕަސެންޓަކީ މިސަރުކާރުގަ ފެށި ޕުރޮޖެކްޓްތައް.. ނުރުހުމުގެ ލޮލަށް ފެންނާނީ ހަމަ ހުސް އައިބު

   3
   14
 2. ނިހާން

  ތިބުނާ ޗާ ޓައިމް އަކީ 10 ފޫޓު10 ފޫޓު ތަން ކޮޅެއް އެތަނަށް ބަދަލުގެ ގޮތުގަ 32މިލިއަން ދޭން ވަގު ޔާމީން ނިންމީ ވަގު ޒިޔާދަށް ލާރިގަނޑެއް ދޭ. ބޮޑު ވަގު ޔާމިން

  10
  39
  • މުހައްމަދު

   ވަގު ނިހާނު.

   5
   1
  • ކޮވިޑް

   ނިހާން އާ އަހަރުގެ ތަހުނިޔާ. ބަލަ ތީ ތާ މައްސަލައަކީ ބޮޑު ތަނަށް ބޮޑުގޮތް ކުޑަތަނަށް ކުޑަ ގޮތް، ނިކަމެތިންނަށް ދެރަގޮތް ބޮޑުން ނަށް މޮޅު ގޮތް، ނިހާން ތަން ބޮޑުވެގެންނޫން ގިނަ ފައިސާ ލިބެނީ ކިތައްމެ ކުޑަތަނަކުން ވެސް ބޮޑުފައިދާ އެއް ވެދާނެ ދޯ؟

   3
   2
 3. ޢަހާ

  ބަލަ ކަލޭ އެތަންހޯދީ ކޮންގޮތަކަށްއެތަން. ހޯދި ގޮތަކަށް އެތަން ދާނެ. ކަލެއަށް ބަދަލު ދޭކަށްނުޖެހޭ.

  8
  25
 4. ލަދު

  ޒާހިދު ގެ ތިޔަ ތަންތަނަށް ދައުލަތުން އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެ. ތިޔަހުރިހާ ތަނަކޔން ދޮވަނީ ކޮރަޕްޝަނުންހޯދާފައިވާތީ ކުނިވަސް. މާލޭ އެންމެ ހިތްގައިމު ހިސާބުން ބޮޑު ބިމެއް ޒާހިދަށް ލިބުނީ ކިހިނެއްކަން ދިވެހިންނަށް އިނގޭ. ދެން ކޮން ބަދަލެއް.

  6
  3
 5. ސަމަރޭ

  ރަށުގަ އުޅުނު އިރު ގޭގޭ ބަދިގެ ފުރާޅުމަތީ ނިދަން އަރާފަ ތިބޭ ކުކުޅު ވަގަށް ނަގައިގެން ކައިގެން ބޮޑުވި މީހަކަށް ކަންކަމުގަ ވިސްނޭގޮތް ތިބޭފުޅުން ފުރަތަމަ ވިސްނަވާ

  4
  5
 6. ޢަފްލާ

  އިބޫސޯލިހް ވެރިކަމަށް އައީ ރ ޔާމީނަށް ވަގަށް ގޮވަމުން ވެރިކަންލިބުނީމަ ކުރަނީ ހުސްވައްކަން ނޭނގޭކަމަށް ހެދިގެން ހުރެ މިގައުމު ދަވާލާ ބަގުރޫޓް ކުރަނީ މޮޔައެއްގެ އަތަށް ކަނޑި ދީފަ ބެހެއްޓީމަ ވާނެ ގޮތް މިފެންނަނީ

  5
  3
 7. ކަބުރުބޭ

  ޒާހިދު ކަލޭ ދޭބަލަ ޔާމީނު ކައިރިޔަށް ބަދަލު ހޯދަން.