22:02

ރާއްޖެ އިން އިތުރު 30 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:31

ތައިލޭންޑްގެ ވެރިރަށް ބެންކޮކުގައި 25 ވައްތަރެއްގެ ވިޔަފާރި މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށް ޕަބްލިކް ރެލޭޝަންސް ޑިޕާޓްމެންޓުން ބުނެފި.

19:31

12:45

އއ. އުކުޅަހުން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންދާ ސީދާ ދިމާވެގެން އިތުރު ތިން މީހަކު ކަރަންޓީނުކޮށްފި

12:36

މުއްދަތު ހަމަވެފައިވާ އައިޑީކާޑުގައި ދެން ދަތުރެއް ނުކުރެވޭނެ!

12:23

ކޮވިޑް-19 ވެކްސިން ދީފައި ވަނިކޮށް އިސްރާއީލްގެ 240 މީހުން ފައްސިވެއްޖެ.

12:08

ކޮވިޑް-19: ޗައިނާ އިން 4.5 މިލިއަން މީހުންނަށް ވެކްސިން ދީފި.

09:03

ކޮވިޑް-19 އަށް ފައްސިވެފައި ކޯމާގައި އޮތް މާބަނޑު އަންހެނަކު ހޭއެރިއިރު އޭނާއަށް ދަރިއަކު ލިބިފައިވާކަން އެނގިއްޖެ.


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މާލެ އިން އެންމެ އަކުރެއްގެ އަދަދަކަށް ދަށަށް ދިއުމަށް ފަހު މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީއަކުން އުފެދުނު އިހާ (ކްލަސްޓާ) އިން ފައްސި އިތުރު އަނެއްކާވެސް މިވަނީ ހާލަތު ބަދަލު ވެފައެވެ. މިހާރު މިވަނީ އަނެއްކާވެސް ކޮވިޑް-19 ހުއްޓުވަން އާހިތްވަރަކާއިއެކު މަސައްކަތް ފަށަން ޖެހިފައެވެ.

ރާއްޖެ އިން އިތުރު 47 މީހުން މިއަދު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 25 މީހުން ފައްސިވީ މާލެ އިންނެވެ. މީގެ އިތުރުން ރާއްޖެ އިން ބޭރުން އައި 17 މީހަކު ވަނީ ފައްސިވެފައެވެ. އެމީހުން ތިބި ތަނެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. އެހެންކަމުން އެއީ ދިވެހިންކަމެއް ނުވަތަ ބިދޭސީންކަމެއް ވެސް ސާފެއް ނުވެއެވެ. ރިސޯޓްތަކުން މިއަދު ތިން މީހުން އަދި މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުން ދެމީހުން މިއަދު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ ނުވަ މީހުންނެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މިހާރު މަދުވެފައި ވާތީ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 699 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު 13804 އަށް އަރާފައެވެ. އޭގެތެރެއިން 48 މީހުން ވަނީ މިހާތަނަށް ނިޔާވެފައެވެ. ކޮވިޑް-19 ޖެހިގެން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ ޑިސެމްބަރ 11 ވަނަ ދުވަހު އެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު