އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއް ކަމަށް އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިސްލާމްދީނުގެ ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރު ގެނެސްދިނުމަށް "ވަގުތު" އިން ކުރިއަށް ގެންދިޔަ ތަޙްޤީޤުގެ ރިޕޯޓް އާއްމު ކުރުމާއިއެކު ހަރުކަށި ފިކުރާއި ގުޅޭ ވާހަކަތައް ދެކެވުން އިތުރުވެފައި ވަނިކޮށް ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ ޙައްދު ފަހަނައެޅުން ހުއްޓުވޭނީ ހަރުދަނާ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ޢަޤީދާ އުނގަންނައިދީގެން ކަމަށެވެ.

މިކަންކުރުމަށްޓަކައި ދައުލަތުގެ ދީނީ ޝިޢާރު ފާޅުކުރުމުގެ ނިޒާމު ހަރުދަނާކޮށް ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ އިސްލާމީ އިސްތިރާތީޖީ ޕްލޭނެއް އޮތުން މުހިންމު ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ކަމާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި އެ ޖަމާއަތުގެ ފިކުރީ ގޮފީގެ ވެރިޔާގެ މަގާމު ވެސް ދެއަހަރު ދުވަސް ވަންދެން ފުރުއްވާފައިވާ ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވިއެވެ. ދައުލަތުގެ ފަތުވާ ދިނުމުގެ ރަސްމީ ނިޒާމު ހަރުދަނާކުރުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ. "އަދުގެ ޖީލަށް ބޭނުންވާ ދީނީ މަޢުލޫމާތު ސޯޝަލްމީޑިއާގައި ފަސޭހަގޮތެއްގައި ރަސްމީ އިދާރާތަކުން ލިބޭނޭ މަގުތައް ފަހި ކޮށްދީ ފަސޭހަކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއް ކަމަށާއި މިހެންކަމުން ދީނަށް ފުރައްސާރަކުރުން ހުއްޓުވައި އިސްލާމްދީނަށް ތައުހީނުކުރުން ހުއްޓުވަން ޤާނުނީ ފިޔަވަޅު އެޅުމާއެކު ނަސޭޙަތްތެރިވެވޭނެ ނިޒާމެއް ޤާއިމްކުރެވެންޖެހޭ ކަމަށެވެ.

"ފިކުރީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޢިލްމީ ގޮތުން މަސައްކަތްކުރަންޖެހޭ. އެ މަސައްކަތް ވަރުގަދަ ކޮށްފި ނަމަ ފިކުރީ ގޮތުން އިސްލާމްދީނާ ގުޅުވައިގެން އުފެދޭ މައްސަލަތަކަށް ޙައްލު ގެނެވޭނެ." ޑރ،ޝަހީމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ދީނީ ހަރުކަށި ފިކުރު ގެންގުޅޭ މީހުން ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް، އަދި ވަކިތަނަކަށް އެއްވެ، އެމީހުން ތަފާތު ކަންކަމާއި މަޝްވަރާކޮށް އިތުރު މީހުން ހަރުކަށި ދީނީ ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކޮށްފައިވާކަން "ވަގުތު" އިން ކުރިއަށް ގެންދިޔަ "ވަގުތު 26" ތަޙްޤީޤު ޓީމަށް ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޓައްޕު

    ރާއްޖޭގެ އެއްބަޔަކީ އިސްލާމްދީން ނޭގޭ މީހުން އެމީހުންބެހެނީ ދެބަޔަކަށް އެއްބަޔަކު ތަބާވަނީ އޭތިސްޓުންނަށް އަނެއްބަޔަކު ތަބާވަނީ ތައަސަބުން ފުރިފަ ތިބޭ ހައްދުފަހަނަ އެޅި ވިސްނުންގެންގުޅޭ މުއްލާ އިންނަށް އެދެބައިމީހުންވެސް ކަޑައޭ ސަބަބަކީ ނޭގުން ދަ ރިލިޖަން އޮފް ޓްރުތް ނުވަތަ ހައްގު ދީން އޮޅުންފިލުވައި ދިނުމަކީ ކުރަން ޖެހޭކަމެއް އިންސާނުން ބޮޑަށް ގަބޫލު ކުރާނީ ލޮޖިކު ބުއްދީގެ ހަމައިން ހަރުކަށި އަދި މަޑު ކަށި ފިކުރު ރާއްޖޭގައި ވަކި ހިއްޕާފައިވަނީ ތެދު ފޯރު ކޮށްދިނުމުގައި ބަޔަކު ބޮޑުތަނުން އިހުމާލު ވުމުގެ ސަބަބުން ޖީލުތަކެއްވަނީ ހަލާކުވެގެން ގޮސްފަ

    10
  2. ބޮނަކުއާ

    ޙެހެ. އަސްލުވާހަކައެއްތަ

    2
    3
  3. ޖުހާ

    މިއީ އިއްޔެއަކު މިއަދަކު ރާއްޖޭގައި އޮތް ފިކުރެއް ނޫނެވެ. 2016 ވަނަ އަހަރު މާލެއިން ސީރިޔާއަށް ފުރި ޒުވާން ދެމަފިރިންނަށް ވީ ނުވިއެއް އެކަކުވެސް ނުބެލީ ކީއްވެ ހެއްޔެވެ؟ ޝަހީމުމެން ޖަވާބުދާރީވަން ޖެހެއެވެ. ވަގުތު ނޫހުން ރިޕޯޓެއް ނެރުނީމަ އެކަނިތަ ހަނދާންވަނީ ޒިންމާތަކުގެ މަތިން. އަޖައިބެއް . މިހާރުވެސް ޝޭހެއްގަ މަޤާމުގަ ހުރެ ޝަހީމް ކީއްވެ ދީނީ ކަންކަމަށް ބޮޑަށް ބާރުއަޅަން ނުފަށަނީ. ޕީޕީއެމްގެ ގޮނޑި ގެއްލިދާނެތީ ކަންނޭނގެ. މިހާރު ޝޭޙުންވެސް ތިބެނީ ސިޔާސީ ވެފަ މަޤާމަށް ދަހިވެތިވެފަ ކީކޭ ބުނާނީ

    5
    10
  4. DHONA

    ފިތުނައެއް އުފައްދާލީދޯ....

    2
    5
  5. ހޫ

    އިސްލާމްދީން ބާރު އަޅަނީ ހަރުކަށި ނުވުމަށް. މިއިން ކޮންމެ ސެއިހަކުވެސް ވާހަކަ ދައްކާނީ މިބައިގަނޑަށް ހިތްވަރު ލިބޭ ގޮތައް މިބައިގަނޑު ބޭނުން ވަނީ މިތަން ސީރިޔާ އަފްގާނު ކަހަލަ ތަނަކަށް ހަދަން އަމާންކަމާ އެއބައިވަންތަކަން ގާއިމުކުރާކަށް ނޫން.

    4
    1
  6. ޚިޔާލު 3

    ތި ދެފިކުރުވެސް ކުފުރުވަނީ ދީނީ ޢިލްމުވެރިން ދީން ސިޔާސީ ހަތިޔާރަކަށް ބޭނުންކުރާތީ އެވެ. ދީނުގަ އި އަނިޔާވެރިވުމެ އް އަނިޔާ ދިނުމެ އްވެސް ނުވެ އެވެ. މަސްލަޙަތާ ބު އްދީގެ ހަމަތާ އި ގުރު އާނާ އސުންނަތަށް ބަލަ އި އުރެދުންތަކުން ރަ އްކާތެރިވެ އތިބެންވާނެ އެވެ. ޢިލްމުވެރިން ދީނީ މަސްލަހަތު ހިމާޔަތްކުރުމަށް ހެ އުހިތުން މަސަ އްކަތް ކުރަންވާނެ އެވެ.

  7. ކުޅުދުއްމޭން

    ހަދަންވީ ގޮތަކީ އަހަރެމެންވެސް މި ހަރުކަށި މީހުންނާ ގުޅުން ކަނޑާލަންވީ މި މީހުން ނޫން މީހުންގެ ގޭގޭންނާ ފިހާރަތަކުން ވައްކަން ކުރުން މި މީހުންނަށް ހުއްދަ ދެން ކިޔެއް ކުރަން އެމީހުން ފިހާރައިން ބާޒާރުކުރަންވީ. އަދި ނުވިތާކަށް ކުށެއް ނެތް ކުޑަކުދިންނާ އަންހެނުން މަރާ ރޭޕުކުރުންވެސް މި މީހުންނަށް ނުވޭ މައްސަލައަކަށް މިވަރު ބަޔަކާ ގުޅުން ބަދަހި ނުވެގެން ސަލާމަށް ޖަވާބުނުދީގެން ބަޔަކު އެބަ އުޅޭހެން މި މީހުނަށް ހީވަނީ ، މި މީހުންނާ ގުޅުން ކަނޑާލަންވީ އަހަރެމެން އެންމެން. މުޑުދާރު ޖާހިލު ބަޔެއް އެއީ.

  8. ސަލީމް

    ތިވާހަކަ ދައްކަން އެއްމެ ރަގަޅީ ޝަހީމު. އަފުރާޝީމް ހަރުކަށި ފިކުރަށް ސަޕޯޓު ނުކުރީމާ އޭނަ ވަނީ މުރުތައްދު ވެފެޔޭ ބުނީ ޝަހީމް. މިހާރު ވާނެ އެއްޗެއް ވީމާ ކޮން ވާހަކަ އެއް. ޝަހީމުގެ ގިނަ ރައްޓެހިންނަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފަ ތިބި ބަޔެއް. ޝަހީމު ޕާކިސްތާނުގައި އުޅުނީ ވެސް އެކަހަލަ މީހުންނާ އެކީ.

  9. ލައިބުރަރީ

    ކިތައްމެހާވެސްބޮޑުތެދެއް. އެފަދަމީހުންގެ އައިޑީ ކާޑުގައިޤައުމުއޮންނަތަނުގައި ދިވެހި އޮތުން އެފަދަ މީހުންނަށް ފަޚްރަކަށްނުވާނެ.