ޤައުމު އާރާސްތު ކުރެވޭނީ "ޑީލް ނުހަދާ" ހަމަހަމަ ކަމާއެކު އިންސާފް ގާއިމްކޮށްގެން ކަަމަށް ކުރީގެެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ އާ އަހަރާ ގުޅިގެން ރައީސުލްޖުުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިިހް ދެއްވި ހިތޯބުގައި އާ އަހަރުގެ އަޒުމަކީ ގައުމު އާރާސްތުކުރުން ކަމަށް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހަމައެކަނި އިދިކޮޅަށް އަމާޒުކޮށްގެން ޝަރީއަތް ހިިންގަމުން އަންނަ ކަމަށެވެ. އަދި އެއީ "މުޑުދާރު އަމަލެއް"ގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.
Massalathah hallu kurumuge namugai, badhalu hifumaai hamaekani idhikolhu faraaiythakah amaazukoggen shareeaiy hingumakee sarukaarun raavaigen hingaa mududhaaru amaleh. Qaumu aaraasthu kureveynee deal nuhadhai, hamahama kamaaeku insaafu qaaimukoggen. https://t.co/0l74n2bSar
— Adam Shareef Umar (@Adamshareefz) January 1, 2021
އާދަމް ޝަރީފް މިހެން ވިދާޅުވެެފައިވާ އިރު މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ މެދު ސަރުކާރުން އަމަލުކުރަމުން އަންނަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ އިދިކޮޅުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އިދިކޮޅުން އަންނަނީ މިއަހަރު ވެސް އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނާނީ ޔާމީނު މިނިވަން ކުރުމަށް ކަމަށް ހާމަކޮށްފައެެވެ.
ރައީސް އިއްޔެ ދެެއްވި ހިތާބުގައި ހިތާބުގައި ވިދާޅުވެފައި ވަނީ ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ، ކުރި ހުރިހާ އުންމީދުތަކެއް ހަގީގަތަކަށް ނުވި އަހަރެއް ކަމަށްވިޔަސް، ރާއްޖޭގެ ޙާލަތާ މެދު ވިސްނައި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އަހަރެއް ކަމަށާއި، މިއަހަރުގެެ އަޒުމަކީ ގައުމު އާރާސްތު ކުރެއްވުން ކަމަށެވެ.
ޢެންމެ ގިނަޑީލްހަދާ ޖަރީމާތަށް ހިންގީ ރ ޔާމީން ސަރުކާރުގައި!
ނެގި ފައިސާ ފޮރުވާފަހުރިތަން ދެއްކުމައް ޑީލެކޭ ނުބުނެވޭނެ
ޙަމަހަމަ ކުރަންވެގެންތޯ ދަތްދޮޅި ދުއްވާލަންބުނީ.