ށ. ނަރުދޫ އަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އުދަ އެރުމުގެ ސަބަބުން ނަރުދޫ ބަނދަރާ ކައިރީގައި ހުންނަ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެރަށުގެ ކައުންސިލަރު މުހައްމަދު ނިޒާރު "ވަގުތު" އަށް ވިދާޅުވީ، އުދަ އަރަން ފަށާފައި ވަނީ ރޭ ދަންވަރު ދޭއް ޖަހާކަން ހާއިރު ކަމަށާއި، އުދައިގެ ސަބަބުން އަށް ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ އަށް ގޭގެ ތެރެއިން ދެ ގެެއަކަށް ވަނީ ބޮޑެެތި ގެއްލުންތަކެއް ލިބި، މީހުން ބަދަލުކުރަން ޖެހިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިިއީ އެރަށުގެެ މާޒީގައިވެެސް ރާޅު އަރައި ރަށަށް މިހާ ބޮޑެެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައިވެސް މިވަރަށް އެރަށަށް ރާޅު އަރައި ގެއްލުން ލިބިފައިި ނުވާކަމަށް ނިޒާރު ވަނީ ވިދާޅުވެފައެެވެ.

އުދަ އެރުމުގެ ސަބަބުން ނަރުުދޫއަށް ގެއްލުން ލިބިފައި - ފޮޓީ: ފޭސްބުކް

އުދަ އަރައިގެން އެންމެ ބޮޑެތި ގެއްލުން ލިބިފައިވާ ދެެގޭގެ ބަދިގެއަށް އަދި ގެ އެތެރެއަށް ވަނީ މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނިޒާރު ވަނީ އެ ދެ ގޭގައި އަދިވެސް ކައްކާ ކެވޭ ވަރު ނުވާކަމަށް ވިދާޅުވެެފައެވެ.

"އަށް ގެއަކަށް ހަމަ ލޮނު ވަދެފަ ވަނީ. އެކަމަކު ބައެއް ގޭގޭގަ މީހުން މަދުވީމަ އެމީހުން ބުނީ އެެހެެން ތަނަކަށް މިވަގުތު ބަދަަލުވާކަށް ބޭނުމެއް ނޫނޭ. އިތުރަށް ގޯސްވާނަމަ ބަދަލުވާން އެމީހުން ބޭނުން ވަނީ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ކައުންސިލް އިދާރާގައި ހުރި ޕަމްޕެއް ނެރެ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ. އެކަން ކުރަމުން އަންނަނީ ރައްޔިތުންނާއއި ކައުންސިލުން ގުޅިގެން ކަމަށާއި، އިތުުރު އިދާރާއަކުން އެހީތެރިކަން އަދި ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ރޭ އުދައަރަން ފެށުމާއި އެކު ކައުންސިލުން ވާނީ އަތޮޅު ކައުންސިލަށާއި، އެއަތޮޅު ފުނަދޫގައި ތިބޭ ފުލުހުުންނަށް އެެކަން ހުށަހަޅާފައި ކަމަށް ނިޒާރު ވިދާޅުުވިއެވެ.

އުދަ އެރުމުގެ ސަބަބުން ނަރުުދޫއަށް ގެއްލުން ލިބިފައި - ފޮޓީ: ފޭސްބުކް

"އަޅުގަނޑުމެން އަތުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތަ މިހާރުވެސް ކުރިއަށް މި ގެންދަނީ." އޭނާ ވިިދާޅުވިިއެވެ.

އެރަށުުގެ ކައުންސިލާއި، އާންމު ރައްޔިތުން ނިކުމެެ ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު ވަނީ މީހުން ނުވަދެވި ހުރި ގެތައް ސާފުކުރެވިފައެވެ. މި ވަގުތު އުދަ އެރުމުގެެ ސަބަބުުން އިތުުރަކަށް ގެތަކަށް ލޮނު ވަންނަމުން ނާންނަކަމަށް އޭނާ ވިދާޅުވިއެވެ.

ލޮނު ވަނަ ނުދިނުމަށް އެެވަގުުތުން ފެށިގެން ނަރުދޫ ރައްޔިތުން އަންނަނީ ގޭގޭ ދޮރުތަކުގައި ވެލި ގޯނި ޖައްސަމުންނެވެ.

އުދަ އެރުމުގެ ސަބަބުން ނަރުުދޫއަށް ގެއްލުން ލިބިފައި - ފޮޓީ: ފޭސްބުކް

މިކަމުގެ ސަބަބުން އަށް ގެއަކަށް ގެއްލުން ލިިބިފައިވީ ނަމަވެސް އެއައަށްވުރެ ދުރަށް ރާޅު އަރާފައިވާ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެެވެ.

ކޮންމެ އިރުވާ މޫސުމަކާއެކު އެރަށަށް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރު އަންނަނީ ކުރަމުންނެވެ. ބަނދަރު ފަރާތުން އުދަ އަރަމުން އަންނަ އިރު މިކަން ދިމާވަމުން އަންނަނީ ބަނދަރުގެ ތޮށިގަނޑު ތިރިވުމުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށް ނިޒާރު ވަނި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފު

    ފޮޓީ އަކީ ކޯޗެއްތަ؟

    5
    1
  2. ކޮރަލް

    އަށް ގެއަކަށް ހަމަ ލޮނު ވަދެފަ ވަނީ. އެކަމަކު ބައެއް ގޭގޭގަ މީހުން މަދުވީމަ އެމީހުން ބުނީ އެެހެެން ތަނަކަށް މިވަގުތު ބަދަަލުވާކަށް ބޭނުމެއް ނޫނޭ. އިތުރަށް ގޯސްވާނަމަ ބަދަލުވާން އެމީހުން ބޭނުން ވަނީ" ނިޒާރު ވިދާޅުވިއެވެ. މާލީ ހާލަތު ދަށް މީހުންނަށް ކޮންމެ ވެސް ކަހަލަ މާލީ އެހީ ތެރި ކަމެއް ފޯރު ކޮށް ދޭން ވީ އެވެ.

    8
    2
  3. މާމިގިލީ މީހާ

    ސަރުކާރުން ބޮޑުހިލަ ޖަހާންޖެހޭ... ބުރުމާ ބާގީ މާމިގިލީ ފަޅުމައްޗައް އެޅީ ބޮޑުހިލައިގެ އޮއްފެކެޓް. މަހެއްނުވަނީސް ބޮޑުހިލަތައް ފަޅައި ބޮޑުވެފަ އެހެރީ. ބުރުމާ ބާގީ އަތު ހުންނާނެ ބޮޑުހިލައިގެ އޮއްފެކެޓް.

  4. އޮޅުވާލި ވޯޓު

    އަދިވެސް އެމްޑީޕީއައް ސަޕޯޓުކުރަމުންދުވާތި ތިކަހަލަ ކިތަމްމެ ހާދިސާކާދިމާވާނެ

    2
    1