ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 144 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ސާވިސް ރޯޑް އިމާރާތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް ކޮންޓްރެކްޓުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް އަޅާ އިރު، އެ އަތޮޅު ގދ. ކާޑެއްދޫ އާއި ގއ. ކޫއްޑޫ އަދި މާވާރުލުގައި ވެސް އެއާޕޯޓެއް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދު

    މީހަމަ މީހަރު ބޭނުން ކަމެއްތޯ! ނޫނީ ޕްރޮޖެކްޓެއް ހިންގާ ނަމުގައި ކަމެއްކޮށް ލާރިކޮޅެއް ދަމައިގަންނަނީތޯ!!!!

    3
    1
    • ޙައްގުބަސް

      މިއީ ގދ.އަތޮޅަށް ނިސްބަތްވާ މިނިސްޓަރުންތަކެއް މިސަރުކާރުގެތެރޭ ތިބެގެން ހިންގާ ޖަރީމާއެއް!! ފިނޭސް މިނިސްޓަރު އަމީރު އަދި ހައުސިން މިނިސްޓަރު އަސްލަމް! މިމީހުންނަށް ާގިވެރިވަނީ ގދ އަތޮޅަށް ނިސްބަތްވާ މަޖްލިސްގެ މެމްބަރުން!! މިދިޔަ ސަރުކާރުގައި ކުރިން ފިނޭން މިނިސްޓަރަކަށް ފަހުން ނައިބު ރައީސަކަށް ގދ ތިނަދޫއަށް ނިސްބަތްވާ ޖިހާދު ހުންނަވައިގެން ތިނަދޫއަށް އެކަނި އެސަރުކާރުގެ ފަސް އަހަރުތެރޭ އެއް ބިލިޔަން ރުފިޔާއަށްވުރެ ގިނައިން ފައިސާ ޚަރަދުކޮށްގެން އެރަށް ތަރައްގީކޮށްފައިވޭ!! އައްޑޫ މީހުން ގަން އެއަރޕޯޓޭ، ތަރައްގީއޭ، މަގުތައް ނެހެދެޔޭ، ރިސޯޓޭ، ނަރުދަމާއޭ، ބޯފެނޭ، އުމްރާނީ ތަރައްގީއޭ ކިޔަކިޔާ ތިބެނީ!! ދެން ކޮންމެ ސަރުކާރަކުންވެސް އައްޑޫ ރައްޔިތުން ކައިރިއަށްގޮސް އެމީހުން ގުނބޯ ހައްދައިގެން ވޯޓު ހޯދަނީ މިކަން ކަން ކޮށްދޭނަމޭ ކިޔާފަ!! ހަމަ އެއްކަމެއް ކޮށެއް ނުދޭ ސަރުކާރުތަކުން!! މިސަރުކާރު ހޮވަން އައްޑޫ ރައްޔިތުން ވީގުރުބާނީ އެއޮތީ ފެންނަން!! މަޖްލިސްގެ އައްޑޫ ނިސްބަތްވާ ހުރިހާ މެމްބަރުން އެތިބީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ހޮވާދީފަ!! ވާކަމެއް ހަރާން!! އެމީހުން އައްޑޫގެ ތަރައްގީއަށް އަނގަ ހުޚޅުވާތަން ނުފެނޭ!! ތިބެގެން ކިޔަނީ ކުރީ ސަރުކާރޭ!! ދެން އަންބޮނޑި ބޮޑުކުރާތަން ފެންނަނީ!! މިހިރީ ދެރަވަރު ކަންތައް! ކައުންސިލުންވެސް ހަމަކުރާކަމެއް ނެތް!! ޖުމްލަކޮށް ބުނާނަމަ ހުރިހާ ސަރުކާރުތަކުންވެސް ބޮޑުތަނުން ވަނީ އައްޑޫ ރައްޔިތުންނަށް އިހުމާލުވެ ދޮގުތަކެއް ހަދާފަ!! މިއީ އައްޑޫގެ އެންމެހާ ރައްޔިތުން ވިސްނަންޖެހޭ ކަމެއް!! މިރާއްޖޭގައި މިހާރު ނޮއޮންނާނެ އައްޑޫއަށްވުރެން ވީރނާކަން ބޮޑު އުމްރާނީ ތަރައްގީއެއް ނުފެންނަ އަތޮޅެއް!! މައުމޫނުގެ ވެރިކަމުގައި އައްޑުއަތޮޅު ގަން ހަލާކުކޮށްލީ!! އައްޑޫ ގަމުން އިނގިރޭސިން ފައިބައިގެން ދިޔައިރު ގާތްގަޑަކަށް 2 ބިލިޔަން ޕައުންޑުގެ އިންވެސްޓްމަންޓެއް އެތާ އޮތީ!! މައުމޫނު ކުރިކަމަކީ އެތާ ހުރި ތެޔޮ ތާނގީތަކާ ޓަވަރު ތަކާ އިންޖީނުތަކާ ގެތަކާ ތަންތަން ރޫޅާލައިގެން މާލެ ގެނައީ!! މިއީ ހަމަ ހިންގާފައިވާ ޖަރީމާއެއް!! މިއީ ބަލާ ތަޙްގީގުކުރަންވެސްޖެހޭ ކަމެއް!!

      8
      2
    • ޒައިކް

      ހަޖަމު ނުވީ ދޯ؟؟ މިސަރުކާރުން މި ވެރިކަމުގަ ފަށާ 2 ވަނަ އެއަރޕޯޓް، އަދި އިތުރު 3 އެއަރޕޯޓެއްގެ މަސައްކަތް ފަށާ ނިންނާނެ ކުރިޔަށް އޮތް 20 މަސްދުވަސް ތެރޭގަ.. ޔާމީނަށް ފުރަތަމަ ދެ އަހަރު ކުރެވުނީ ކޮންކަމެއް؟؟ 5 އަހަރުން މާލޭގަ މެގަ ޕުރޮޖެކްޓްތަކެއް ނުފަށައެކޭ ނޫން ބުރިޖު އެނި ނިންމުނީ ދެން ހުރި ހުރިހާކަމެއް އާ ސަރުކާރުގެ ބޮލަށް ޖަހާފަ ކުރެޑިޓު ކާލީ.. 5 އަހަރު ނިމުނީމަ އަޅާ ކިޔަން ތިބޭ، ބުރިޖަކަށް 2 ބުރިޖު ދައްކަދޭނަން..