މިދިޔަ ހަފްތާގެެ އާދީއްތަ ދުވަހު މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކުން ކޮވިޑް-19 ފެތުރި މިހާތަަނަށް އެ ޕާޓީގައި ބައިވެރިވި 78 މީހަކު މި ބައްޔަށް ފައްސިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވި އެ ޕާޓީގައި ތިބި މީހުންގެ ތެރެއިން 78 މީހުން ވަނީ މި ބައްޔަށް ފައްސިވެެފައެެވެ.

ޝީ ބިލްޑިންގ ގައި ބޭއްވި މި ޕާޓީގެ ތެރެއިން ފުރަތަމަ ބަޔަކު ފައްސިވެެފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެެ. އެ ދުވަހު މި ބައްޔަށް ފައްސިވީ 12 މީހުންނެވެެ. އޭގެ ފަހުން ފައްސިވި އިހާ (ކްލަސްޓާ) ހަލުވިކަމާއި އެކު ވަނީ ބޮޑުވާން ފަށާފައެވެ. މިދިޔަ މަހުގެ 26 ވަނަ ދުުވަހު އެ އިހަލުން އިތުރު 22 މީހުން ފައްސިވެފައިވާއިރު، 28 ވަނަ ދުވަހު ވަނީ އިިތުރު ތިން މީހުން ފައްސިވެފައެވެ. މިދިޔަ އަންގާރަ ދުވަހުވެސް އެ އއިހަލުން 13 މީހުން ފައްސިވިއެވެ. ބުދަ ދުވަހު އަށް މީހަކު ފައްސިވެެފައިވާއއިރު، އިއްޔެ އެކަނިވެސް ހަތަރުު މީހަކު ވަނީ ކައިވެނި ކްލަސްޓާ އިން ކޮވިޑް-19 އަށް ފައްސިވެފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއިހަލުން ފައްސިވި މީހުންގެ ތެރޭގައި އުމުރުން ވަރަށް ދޮށީ މީހުންނާއި އުމުރުން ވަރަށް ހަގު ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެތެރޭގައި ދެތިން އަހަރުގެ ކުދިން ވެސް ހިމެނެއެވެ. ފައްސިވި ކުދިންގެ އަދަދު 20 އަށް އަރާކަމަށް މައުލޫމާތު ލިބެއެވެ.

ކައިވެނި ޕާޓީގައި 120 މީހުން ބައިވެރިވި ކަމަށް ވެއެވެ. މިހާރު ފައްސިވެފައިވާ މީހުންގެ ތެރޭގައި ޕާޓީއަށް ދިޔަ މީހުންގެ އާއިލާ މެންބަރުން ވެސް ހިމެނެއެވެ.

އެ ޕާޓީގައި ބައިވެރި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން މި ބަލީގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް އެކަން އެންގުމަށް އެެޗްޕީއޭ އިން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޟމ

    މިޙާލަތުގައި ކައިވެނި ޕާރޓީ ކުރަން ހުއްދަ ދިން މީހުންވެސް މި ކަމުގެ ޒިންމާ ނަގަންޖެހޭނެ، ގޭސް ލީކުވެފަ ހުންނަ ތަނެއްގަ ބަލައިގެން އަލިފާން ގެންގުޅޭން ބުނެ ހުއްދަ ދިނުމާ މިކަމާ ކޮބާ ތަފާތަކީ

    9
    1
  2. ނޫސްކިޔާމީހާ

    މިވަރުންވެސް ވީ ރޯޔަލް

  3. ދސ

    ރޯޔަލް ޕާޓީ

  4. Anonymous

    އިހުމާލުވި7 ފަރާތްތައު