މި ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެ މީލާދީ ގޮތުން އާ އަހަރެއް ވެސް ފެށިފައިވާއިރު، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މި ސަރުކާރުގެ ބޭފުޅުންގެ މައްޗަށް ތަހުގީގެއް ހިންގައި ދައުވާ ނުކުރާތީވެ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި މި ސަރުކާރަށް ނިސްބަތްވާ އެތައް ބަޔަކު ހިމެނޭއިރު އެއްވެސް މީހަކަށޤ ދައުވާ ކުރަން ނުފޮނުވަނީ ހަމަހަމަކަން ސަރުކާރުގައި ނެތުމުން ކަމަށެވެ. "ޕްލީ ބާގައިން" ގެ ފަހަތުގައި ވަނީ ހިޔާނާތުގައި ހިމެނޭ ވަކި ނަންތަކެއް ފޮރުވުމުގެ "ޑީލް" އެއް ކަމަށެވެ. ވަކި ބަޔަކަށް ނުހައްގުން އަނިޔާ ދޭން ހެކި ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށް ހުކުމް ކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އެ ހިޔާނާތުގެ މޭސްތިރިން ކަމުގައި ބެލެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އަދީބާއި ޒިޔަތަށް އިތުރު ދައުވާއެއް އުފުލާފައި ނުވާއިރު ޔާމީނަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ދަނީ ހިނގަމުންނެވެ. ޔާމީނަށް ކުރި އެއް ދައުވާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު އަދީބަށް 20 އަހަރުގެ ޖަލު ހުކުމަކާއި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެކަމަކު އަދީބާއި ޒިޔަތް އަދި ހުންނެވީ ގޭބަންދުގައެވެ. ޔާމީން ހުންނެވީ މާފުށީ ޖަލުގައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ އަބްދުﷲ އާޒިމަށް ވެސް ދައުވާކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 500 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ކަމާ ބެހޭ ތަހުގީގީ އަދި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ވިދާޅުވެފައިވެއެވެ. އެކަމަކު އެ ނަންތައް ހާމަކުރާނީ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިގެން ދައުވާ ކުރުމުގެ މަރުހަލާއަށް ދިއުން ކަމަށް އެ އިދާރާތަކުން ވިދާޅުވެއެވެ.

މި ސަރުކާރު އައި ފަހުން އެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރެފްރީ

    މަޖިލިސްތެރެ އިންނާ އިބޭރުން ބާރަށް
    ހަޅެ އްލަވަން އެތިބީ ލާރިކޮޅާވިމީހުން. ދަ އުވާ ކުރަންޏާކުރަންވީ.. ނުކުރަންޏާނުކުރަންވީ!

  2. ޢަލީ

    މި ސަރުކާރަށް ނިސްބަތްވާ ނުވަތަ ހޭކިއުޅޭ މީހަކަށްވެސް ދަޢުވާއެއްނުކުރާނެ، އަދި ނުކުރެވޭގޮތަށް ހަދައި ނިމިއްޖެ. އެމީހުންނަށް އެސްއޯއެފުން ޖަމާކުރި ޑޮލަރަކީ އެމީހުން ރުފިޔާދީފަ ގަތް ޑޮލަރުކަމަށްވެ ނިމިއްޖެ. އެއީ ހެޔޮނިޔަތުގައިކުރި ވިޔަފާރިއެއް. އޭގެ ބަދަލެއްގެގޮތުން ޢައްލާމާ އޮއިއްޓެއަށް ޢިތްޒަތްލިބިއްޖެ. އަނެއްކާ އެ ދެމީހުންވެސް ހެކިންގެ ލިސްޓަށް އިތުރުވެއްޖެ. މިހާރު 4 ހެކިން ލިބިއްޖެ.

  3. ޢަފްލާ

    ފުރަތަމަ ޕީޖީ ޝަމީމުގެ މައްސަލަ ބަލަންވީ ދެން އެހެންމީހުންގެ މައްސަލަ ބެލޭނީ މިޝަމިމް ކެއި އދީބް އަތުންވެސް

  4. ކުމާރު

    ތިޔަލިސްޓުގައި ހިމަނާފައިވާ ކޮންމެ ނަމަކީ ވެސް ތިބުނާފައިސާ ކައިފައިތިބި މީހުން އެކަމަކު އެހުރިހަމީހުންގެ ތެރެއިން ވަކިބައެއް ގޭގައި ވަކިބައެއް ޖަލުގައި ދެންތިބި މުލުވަގުންކޮބާ

  5. ގލޅ

    މޑޕ ހަރުގޭގައ އި ކުށްވެރިންނެ އް ނުތިބޭނެ އެވެ އެމީހުން
    ކުރާކަންކަން ކުރަނީ ސަރުދާރުމީހާގެ ހޫންބަސް ލިބިގެންނެވެ
    އެހެންވީ އ އެމީހުންގެ ވަ އްކަން ހިޔޮކަމަކަށް ބަދަލުވީ އެވެ.