އއ. އުކުޅަހުން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންދާ ސީދާ ދިމާވެގެން އިތުރު ތިން މީހަކު ކަރަންޓީނުކޮށްފިއެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތް އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ، އިއްޔެެެ އެރަށުން ފައްސިވެފައިވާ ދެ ފަތުރުވެެރިންނާ ޑައިރެކްޓު ކޮންޓެެެކްޓު ވެފައިވާތީ ތިން މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށާއި، އެ ތިިން މީހުންނަކީވެސް ފަތުރުވެެރިން ކަމަށެެވެ. އަދި އެެއީ އެއް އާއިލާއަކުން އެރަށަށް އައިސް އުޅޭ ބްރިޓިޝް ފަތުރުވެރިންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައުކަތު އިތުރަށް ވިދާޅުވީ މި ފަތުރުވެރިން ކޮންޓެކްޓު ޓްރޭސިން ހަދާ މިންގަނޑުތަކުގެެ ތެރެއިން އުކުޅަހުގެ އިތުރު އެއްވެސް މީހަކާ ކޮންޓެކްޓު ނުވާކަމަށެެވެ.

މިހާރު އެެރަށުން ފައްސިވެފައި ވަނީ 40 އަހަރުން މަތީ ފިރިހެނަކާ ފަސް އަހަރުގެެ ކުޑަ ކުއްޖެެކެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ގެސްޓް ހައުސްތައް ހުޅުވައި، ހިދުމަތް ދެމުން އަންނައިރު، އެ ރަށްތަކުން ބައެއް ފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ 13,738 މީހުންނެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 558 މީހުންނަށެވެ. ރާއްޖެއިން ކޮވިޑް-19 ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 47 މީހުންނެވެ.

ކޮވިޑް-19 އާއިގުޅިގެން ފަތުރުވެރިކަމުގެ ހިދުމަތްތައް ދެމުން އަންނަ ރަށްރަށުގެެ ޓުއަރިސްޓު ފެސިލިޓީތައް ހުޅުވާލާފައި ވަނީ ރައްކާތެެރިކަމުގެ ފިޔަވަޅުތައް އަޅައި ތައްޔާރުވެގެންނެވެެ. ކޮވިޑް-19 އަކީ ފަސޭހައިން ފެތުރޭ ނުރައްއްކާތެެރި ވައިރަހަކަށް ވުމުން އެ ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ސަރުކާރުންނާއއި ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެެވެ.

ރާއްޖޭގައި މި ބަލި ފެތުރޭ މިންވަރު މިހާރު ވަނީ މަދުވެެފައެވެެ.