އދ. ކުނބުރުދޫ ތުނޑި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ޑިސެމްބަރު މަުގެ 31 ވަނަ ދުވަހު ކުނބުރުދޫގައި ތުނޑި ސާފުކުރުމުގެެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެރަށު "ފެހިވިނަ ސްޕޯޓްސް ކްލަބް"ގެ އިސް ނެގުމާއި އެކުއެވެެ.

އެ ކްލަބުގެ ސެކްރެޓަރީ، މުހައްމަދު ޝާޙީން "ވަގުތު" އަށް މައުލޫމާތު ދެެމުން ބުނީ، މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ކުނބުރުދޫ ތުނޑިއަކީ ކުނި ގިނަ ތަނަކަށް ވެފައި އެތަނުގައި ޕްލާސްޓިކު ކުނި ގިނަ ކަމުން ތުނޑި ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި މިއީ އެ ކްލަބުން މިހާރު ނިންމާފައިިވާގޮތަ ކޮންމެ އަހަރަކު ރަށް ސާފުކުރުމުުގެ މަސައްކަތް ކުރުމަށް ފެށި ކަމެއް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޮންމެެ އަހަރަކުވެސް މި ދުވަސްކޮޅާއި ދިމާކޮށް އެެރަށު ތުނޑިއަށް ކުނި ޖަމާވެއެވެެ. އެ ކްލަބުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން އެއް ގަޑިއިރާ 30 މިނެެޓުހާއިރުު ތެރޭގައި މުޅި ތުނޑި ސާފުކޮށް ނިމިފައިވާކަމަށް ޝާހީން ބުންޏެވެ.

"ރައްޔިތުންގެެ ވަރަށް ބޮޑު އެއްބާރުލުމެއް މި މަސައްކަތަށް ވަނީ ލިބިފައި. ގިނަ ބަަޔަކު އެެދުވަހު އަޅުގަނޑުމެން އެދުމުން ނިކުމެެ ހަރަކާާތުގައި ބައިވެރިވި" ޝާހީން ބުންޏެވެ.

ކުނބުރުދޫ ސާފްކުރުމުގެ ހަރަކާތުގެ ތެެރެއިން- ފޮޓޯ: ފެހިވިނަ ސްޕޯޓްސް ކްލަބް

މި ހަރަކާތުގައި ކުނބުރުދޫގެ އެކި އިދާރާތަކާއި ރައްޔިތުން ހިމެނޭ ގޮތަށް 80 އެއްހާ މީހުން ވަނީ ބައިިވެރިިވެފައެވެ. ޝާހީން ބުނީ ކުރިއަށް އޮތް ތަނުގައއި މިފަދަ ގިނަ ހަރަކަތްތަކެެއް ކުރިއަށް ގެންދިއުމަށް އެ ކްލަބުން ނިންމާފައިވާކަމަށެެވެ. މިއީީ ކްލަބަކުން ކުނބުރުދޫގައި މިފަދަ ހަރަކާތެއް ކުރިއަށްް ގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެެވެެއެވެ.

ކުނބުރުދޫ ސާފްކުރުމުގެ ހަރަކާތުގެ ތެެރެއިން- ފޮޓޯ: ފެހިވިނަ ސްޕޯޓްސް ކްލަބް

70 އަށްވުރެ ގިނަ މެެންބަރުންނާއި އެކު "ފެހިވިނަ ސްޕޯޓްސް ކްލަބް" އުފެދިގެން އައިސްފައި ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެެ ޖަމިއްޔާއިން މިދިޔަ އަހަރު ތެރޭގައި ވަނީ އާންމުނަށް ހުޅުވާލައިގެން ވޫލުން ވިއުމުގެ ކޯހެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ޝާހީން ބުނީ ކުރިއަށް ވެސް މިފަދަ މުހިންމު ހަރަކާތްތަކެއް ރޭވިފައި ހުރި ކަމަށެވެެ. އަދި ރައްޔިތުންނަާއި އިދާރާތަކުން ދެމުން އަންނަ އެއްބާރުލުމަށް އޭނާ ޝުކުރު އަދާ ކުރިއެވެ.