ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅުން ދޭހަވި ކަމަކީ އެމަނިކުފާނުގެ ފުރަތަމަ ދެ އަހަރު ގައުމު ފަނާ ކުރުވުނު ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގަތް ކަމަށާއި އޭގެ ފަހަށް ދެން ގައުމު އާރާސްތުކުރަން ވިސްނިވަޑައިގަތީތީވެ އުފާ ކުރައްވާ ކަމަށް، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވަނީ އާ އަހަރާ ސަރުކާރުން ކުރިމަތިލާނީ ގައުމު އަލުން އާރާސްތުކުރުމުގެ މަތިވެރި އަޒުމާއި އިތުރު ހިތްވަރަކާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކައަކާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއު ކުރައްވާފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.
"ވެރިކަމުގެ ފުރަތަމަ ދެ އަހަރު ކުރެއްވިހާވެސް ކަމަކީ ގައުމު ފަސާދަކޮށް ފަނާކުރުންކަން އަމިއްލަފުޅަށް ވިސްނިވަޑަައިގެން އާ އަހަރަކަށް ގައުމު ބިނާކޮށް އާރާސްތު ކުރެއްވުމުގެ ވަރުގަދަ އަޒުމް ކަނޑައެޅުއްވީތީ އުފާކުރަން" ޝިޔާމް ކުރެއްވީ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Verikamuge furathama 2 aharu kurevvihaaves kamakee qaumu fasaadhakoh fanaakurunkan amillafulhah visnivadaigen aa aharah qaumu binaakoh aarasthu kurevvumuge varugadha azum kanda elhuvveethee ufaakuran.
Aa aharuge azumakee gaumu alun aaraasthu kurun: Raees https://t.co/MuCgZDogR6
— Ahmed Shiyam (@Shiyamaldives) January 1, 2021
ދެހާސްއެކާވީސް ވަނަ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ސާލިހް ވަނީ ފާއިތުވި އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމާއެކު ގައުމު ފުރަބަންދުކުރަން ޖެހި، އިގްތިސާދީ ގޮތުން ނާޒުކު ދަނޑިވަޅަކާއި ކުރިމަތިކުރުވި އަހަރެއް ކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ނިމި ދިޔަ އަހަރަކީ އަސާސީ ހިދުމަތްތައް ފުރިހަމަ ނުކުރެވި، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހި، އެތައް ހައްގުތަކެއް ގެއްލުނު އަހަރެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ހުރިހާ ކަމަކާއި އެކު ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި އަމާޒު ހިފަންވީ މިސްރާބު ސާފުވެގެން ދިޔަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު މިއަހަރު ފަށައިފައި ވަނީ އަސާސީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް އެތައް ގުނައެއް ހަލުވިކުރުމުގެ އަޒުމާ އެކުއެވެ. އެގޮތުން އިގުތިސާދީ ގޮތުން ޓޫރިޒަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، އިގުތިސާދު ސިންދަފާތު ކުރުމުގެ އަމާޒު ހިފާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރަނގަޅު ވާހަކައެއް! ފުރަތަމަ ވަޑައިގަތީ މެނިފެސްޓޯއާއެ އެކުތާ! ވީމާ ދާންވާދިމާ އެނގިފަތާ އޮތީ މާކުރިން!
ޔާމީން ވެރިކަމުން ފައިބަން ޖެހުނީ ސަބަބު ތަކާއި ހުރެގެން ކަން ދިވެހި ރައްޔަތުންނަށް އިގޭނެ.މިމީހުން ހަޅޭލަވަނީ ބޮނޑި ވަރު ނުލިބޭތީ.ބޮޑު ވަގުންތައް މަޑުން ތިބޭ
ކަލޯ ދޭހަވުމަކީ ހިނިތުންވުން
ސިޔަަާމޯ މޮޔަވެެޮ