ނިރުބަވެރިކަމުގެ ތުހުމަތުގައި ރާއްޖޭން އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައި ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ރާޖް ޕްރަޝާންތް ނަމަކަށް ކިޔާ 28 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ.

ކޯޓުން ކުރި އަމުރުގައި ވަނީ ތުހުމަތަށް ހައްޔަރުކުރެވުނު ފަރާތް ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ. އަދި އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ފުރައިގެން ގޮސްދާނެކަމަށް ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑެރަވެއްޖެ

  ތިޔަ މަސަ އްކަތް ކުރަނީ އެންބަސީ އަށް އެންގިގެން ތިޔަ އިގެ ގިނަބަޔަކު ރާ އްޖޭގަ އި އެބަތިބި

  16
 2. Anonymous

  އިންޑިޔާއިން ދެކޮޅުވެސް ކުޅޭނެ

  18
 3. ރޯމިއޯ

  އިންޑިޔާ މީހެއްވީމަ ކޯޓުންވެސް އެންމެ 5 ދުވަސް ބަންދަށް ޖަހަން މިކެރުނީ. އެކަމަކު ދިވެއްސަކު ގެންދާއިރަށް ކިތައްމެ ކުޑަ ކުށެއްގެ ތުހުމަތަށް ވެސް 15 ޖަހާ އެބަ.

  11
 4. މާމީ

  އިންޑިއާ މީހުނައް ބޮންގޮއްވުމުގެ ހުއްދަ މިސަރުކާރުން ދީފައޮތީ ކަން ނޭގެ ނޫންތޯ؟