ސަރުކާރު ހިއްސާވާ ކުންފުނިތަކުން އޭރު ވެރިކަން ކުރާ ސިޔާސީ ޕާޓީއަކަށް ނުވަތަ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ފަންޑު ކުރުން ނުހުއްޓުވޭ ކަމަށް ވިދާޅުވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަންބޮޑުން ފާޅުކޮށްފިއެވެ.

އޭސީސީއިން ވަނީ ސިޔާސީ ޕާޓީތަކުގެ މާލީ ނަޒާހަތްތެރިކަން ހަރުދަނާ ކުރުމަށް ހުރި ހުރަސްތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން ދިރާސާކޮށް ރިޕޯޓެއް އެކުލަވާލައިފައެވެ. މި ރިޕޯޓްގައި އެ ކޮމިޝަނަށް ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުން ވެރިކަން ކުރާ ޕާޓީއަށް ނުވަތަ ޕާޓީތަކަށް ފަންޑު ކުރުން ނުހުއްޓުވުމުގެ މައްސަލަ ހިމެނެއެވެ.

އޭސީސީގެ އެ ރިޕޯޓްގައި ވަނީ، އެ ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުގައި ސަރުކާރު ހިއްސާ ކުންފުނިތަކުގެ ހިމެނޭ ފައިސާއިންނާއި އެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށް ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދީފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގައި އޭރު ވެރިކަން ކުރާ ޕާޓީއެއް ނުވަތަ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ނުފޫޒު އޮންނަ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުން އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނެވެ. މި ގޮތުން އެ ގާނޫނުގައި އެ ކުންފުނިތައް ހިންގާ ބޯޑަށް މީހުން އައްޔަން ކުރަން ހަރުދަނާ އުސޫލެއް ނެތް ކަމަށް ރިޕޯޓްގައިވެއެވެ.

މި މައްސަލަ ހައްލު ކުރުމަށް އޭސީސީއިން ހަތް ކަމެއް ހުށަހަޅާފައިވެއެވެ. އަދި ރިޕޯޓްގައި އެ ކަންތައްތައް ބަޔާން ކޮށްފައިވެއެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނު ނައްޞުން ބަޔާން ކުރުމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ފައިސާ ނެގޭނެ ގޮތްތަކާއި ޕާޓީތަކުގެ ދަރަންޏަށް ޒިންމާ ވާނެ ފަރާތްތައް ތަފްސީލްކޮށް ޕާޓީތަކުގެ ގާނޫނުގައި ބަޔާން ކުރުމަށެވެ. އަދި ޕާޓީގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގައި އެ ތަފްސީލްތައް ހިމަނަން ޖެހޭނެ ކަން ގާނޫނުގައި ބަޔާން ކުރުމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ވަނީ ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ލިބޭ ފައިސާގެ އަދަދާއި ޕާޓީގެ ނަމުގައި މިލްކު ކޮށްފައިވާ މުދަލާއި ތަކެތި ވިއްކާލައިގެން ލިބޭ ފައިސާއަކީ އެ ޕާޓީއަކުން އަދާކުރަން ޖެހޭ ދަރަނި އަދާ ކުރެވޭ އަދަދެއް ކަމުގައި ނުވާ ނަމަ ދަރަނި ދެއްކުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ވެސް ގާނޫނުގައި ކަނޑައެޅުމަށެވެ.

ހަތަރު ވަނަ ކަމެއްގެ ގޮތުގައި ވަނީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ދައުލަތުގެ ތަކެއްޗާއި ހިދުމަތްތައް ދިނުމުގެ އުސޫލުތައް ލިޔުމުން ކަނޑައަޅައި ލިޔުމުން އެ ކަންކަމަށް ހުއްދަ ހޯދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. މި ގޮތުން ދައުލަތުގެ އިދާރާއެއް ބޭނުން ކުރުމަށް ވެސް ލިޔުމުން ހުއްދަ ހޯދަން ޖެހޭ ގޮތަށެވެ.

ފަސް ވަނަ ކަމެއްގެ ގޮތުގައި ވަނީ ދައުލަތުގެ އިދާރާތަކުގެ މުދަލާއި ތަކެތި އެހެން ފަރާތްތަކަށް ދޫކޮށްފައިވާނަމަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 11.7، 11.8، އަދި 11.10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ތަކެތި ދޫކުރުމަށެވެ.

ހަވަނަ ކަމެއްގެ ގޮތުގައި ވަނީ ކުންފުނިތަކުގެ ބޯޑަށް ދައުލަތުން އައްޔަން ކުރަން ޖެހޭ ފަރާތްތަކަކީ ސިޔާސީ ފަރާތްތަކަށް ނުވާނެ ގޮތަށް ބޯޑު މެންބަރުންގެ ކިބައިގައި ހުންނަން ޖެހޭ އަސާސީ ސިފަތަކާއި އެ ފަރާތްތައް އައްޔަން ކުރުމުގައި އަމަލު ކުރަން ޖެހޭ ހަރުދަނާ އުސޫލުތައް އެކުލަވާލާ ތަންފީޒު ކުރުމަށެވެ.

ފަހު ކަމެއްގެ ގޮތުގައި ވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުން ހިންގާ ހަރަކާތްތަކުގައި ވަކި ސިޔާސީ ޕާޓީއެއް ޕްރޮމޯޓް ނުކުރެވޭ ގޮތަށް އުސޫލުތައް ބައްޓަން ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފަޓާސް

    ޢަވަސްކުރަންވީކަމެއް

    11
  2. ޢަހޫ

    ޓެކް ސްފައި ސާއިން ޕާޓީތަކައްލިބޭވަރުމަދުވީމަ ވާނީމިހެން.

    8
    1
  3. ޑޮން ޑޮން ކަތީބު

    0000000%000000000 tolerance

    10
    1
  4. އަޑަފި

    ސަރުކާރު ކުންފުނިތަކުން އެކްވިސްޓުންނަށް ހިތައްއެރި ގޮތަކަށް ވަޒީފާދެވޭ ގޮތައް އޮންނަ އޮތުން ނިމުމަކަށް ގެނެސްގެން ނޫންގޮތަކަށް މި ކަންކަމެއް ނުހުއްޓުވޭނެއެވެ.
    އެއްވެސްކަހަލަ ތައުލީމެއް ތަޖުރިބާއެއްނެތް އެކަމަކު މަގުމަތީގައި މުޒާހަރާ ކުރާ އަދި ސޯސަލް މީޑިއާގައި މީހުންގެ މަސްކާއުޅޭ އެކްޓިވިސްޓުން ހިތްހަމަ ޖައްސައިދިނުމަށް ބޮޑެތި މުސާރަދޭ މަގާމުތައް ދޭ ތަނަކަށް މިވަނީ ސަރުކާރު ކުންފުނި ތަކެވެ.

    25
    1
  5. ބޭޗާރާ

    ހުއްޓަންޖެހޭ ކަންތައް އަދި ހުއްޓިފައެއް ނެތް. އެއީ ކުންފުނިތަކުން އިޖްތިމާޢީ ޚިދުމަތޭ ކިޔައިގެން ދޭ ފައިސާ ހުއްޓުވުން. އޭރެއްގައި ސަރުކާރުގައި ތިބޭ ބަޔަކު ބޭނުންވާ ގޮތަކަށް މިފައިސާ ބޭނުން ބަޔަކަށް ދެނީ. އަދި އިސްތިހާރު ކުރުމުގެ ނަމުގައިވެސް މިހެން ފައިސާ ނަގާ. މި ދެ ކަންތައް ނުހުއްޓުވޭނަމަ ތިޔަ ކަމުގެ ބޭނުމެއް ނެތް. އިސްތިހާރު ކުރުމަށާއި އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއަށް ދޭ ފައިސާ ދޭންވާނީ ދެފުށް ފެންނަ ގޮތަށް އާންމުކޮށް އިއުލާނުކޮށްގެން މިނިވަންކަމާއެކު ބެލިގެން އޮޑިޓް ކުރެވޭގޮތަށް ނަޒާހަތްތެރިކަމާއެކު. ދިނުމަކީ މައްސަލައެއް ނޫން. އެކަމަކު މިހާރު މި ދޭގޮތަށް ޕާޓީ ކުދިންނަށް ބަހާލެވޭގޮތަށް އޮތްހައި ދުވަހަކު ހައްލެއް ނެތް.

    12
  6. ރައްޔިތުން

    ތިކަން އޮންނާނީ ތިގޮތަށް

  7. ބަރުގޮނު

    އަބަދުވެސް އޭރަކު އޮންނަ ސަރުކާރުގެ މައި ޕާޓީއަށާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ސަރުކާރުގެ ކުންފުނިތަކުން ޚަރަދު ކުރުމަކީ އެންމެން ދަންނަ "ބޮޑު ސިއްރެއް." އެވާހަކަ އަޑުގަދަކޮށް ގޮވުމަކީ އެއިރެއްގެ އިދިކޮޅު ޕާޓީތައް ތަޅުވާ ބޮލިރަވައެއް. ސަރުކާރު ހިންގަން ލިބުނީމާ ޖެހެނީ ހަމަ އެއްތާކު. މިކަން ހުއްޓުވަން އުޅުމެކޭ ބުޅަލު ކަރުގައި ރަގަބީލު އެޅުވުމާ ހަމަ އެއްގޮތް. އެކަން ކުރެވިއްޖެ ނަމަ ކިތަންމެހާވެސް ރަގަޅު. މިކަން ކުރާނީ ކޮން ބައެއްބާ.؟

    11
  8. ޔާގުންޑޭ

    އަޅުގަނޑު ބިރު ދެއްކިން ސިވިލް ސާވިސް އަދި ކުންފުނި ތަކުގެ މުއައްޒިފުންނަށް

    1
    9
  9. ޕާޓީދެކޮޅު

    ބަލަ ކާކު ބުނެގެންތޯ ތިޔަ ސިޔާސީ ޕާޓީ ތަކެއް އުފައްދައިގެން ރައްޔިތުމީހާ ދާއޮހޮރުވާލައިގެން ހޯދާ މަދު ފައިސާކޮޅުން ޖީއެސްޓީގެނަމުގައި ޖިޒީނަގައިގެން ތިޔަ ހިންގަނީ ރައްޔިތުން ގުނބޯ ހައްދަން ކޮންކަމެއްތޯ ތިޔައިގެން ޕާޓީޔަލަކުން ރައްޔިތަކައް ކޮއްދިނީ މިވީހާތާކައް ކަދުރ މިވެނި އެއްޗއެކޭ ކިޔާ ހަޅޭލަވާ އެޗްޑީސީ ފައިސާއިންނޭ މީހަކު ކެންޕޭނައް ޙަރަދުކުރީ ކިޔައިގެން ރައްޔިތުން ގުނބޯ ހައްދައިގެން ވެރިކަމައް އައިސް އެއްކަލަ އެޗްޑީސީ އުވާނުލާ ރައްޔިތުމީހާ އަޅުވެތިކުރަން ހިންގާ ރިޔެލްސުޓޭޓް ބިޒިނޒސް މެކް ހައްޖެހީ ދޮން ކޮން ބަހަނާޔެއްތޯ