ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު އަނެއްކާވެސް ކައިވެނި ބައްލަވައިގެންފިއެވެ.
ޝާހިދު ކުރިން ކައިވެނި ބައްލަވައިގަނެފައި ވަނީ ކުރީގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އެވެ. އެ ކައިވެނި ރޫޅިފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ޝާހިދާއި، އިރުތިޝާމް ކައިވެނި ބައްލަވައިގެންފައި ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.
އެ ކައިވެނި ރޫޅުނީ 2018 ވަނަ އަހަރު ކަމަށް މައުލޫމާތު ލިބެއެވެ. އެ ކައިވެނި ރޫޅުނުތާ މާގިނަ ދުވަހެއް ނުވަނީސް ޝާހިދު އަނެއްކާވެސް މި ވަނީ ކައިވެނިކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުން ޝާހިދު އަލުން ކައިވެންޏެއް ކުރައްވާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ކައިވެނިކޮށްފައި ވަނީ އައިޝަތު މުޒްނާ ނަމަކަށް ކިޔާ އަންހެން ކަނބަލަކާއެވެ. އެ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ހޮޓެލް ޖެންގައެވެ.
މިއީ ޝާހިދުގެ ހަތަރު ވަަނަ ކައިވެންޏެވެ.
ދެޢަރޫޝުނަށް މަރުޙަބާއޭ، ފާަގަތިކަމާ ތަހުނިޔާއޭ!
ހިއްކާލިތަންކޮޅު ތިދައްކާލީ.
މިވަރު ކާމިޔާބު މެންބަރެއް މަމެން ހަޔާތުގައިވެސް ނުދެކެން.
ނޫނޭ އެހުރީނު މެމްބަރ ހައިތަމް އާއި ގާސިމް. ވަކިމީހަކަށް ދޫކުރާނެ ބައެއްނޫން މީކީ
ވަޓް ޔޫ މީން "އަނެއްކާވެސް"؟
ގިނަ ކައިވެނި ކުރުން މުހިއްމެއް ނޫން
ކައިވެނި އެއް ގައި ހަރުލާ ތޯ ބަލަންވީ ކޮއިފުޅު މެނޭ
ޥަރުކުރި ދޮށީ ފުޅާތަ؟ ވަރިކުރި މިނިސްޓަރ ފުޅާތަ؟ ކޮންމެސް ލަވްކަމެއް ހުރީތީވެ ތިޔަ ހައްލަވާގަތީދޯ. ޢޮޅުންފިލާގޮތަަށް ނުލިޔްނީ ކީއްވެތަ.
ކައިވެންޏާ ދޯޅު މެމްބަރެއް އިގޭ މީ
މިފަހަރު ކިހާދުހެއްބާވާނީ މިއުޅެނީ އަދަދެއް ހަމަކުރަންތަ
ނާނާ ޤާސިމް ވަރައްކާމިޔާބު
ޅާރި އޮތީމަ މައިތިރިނުވަނީ ފުކެއް ބޮޑުވަރު
ކޮބާ މައްސަލައަކީ. ކާވެނިންބޭރުގަ ޒިޏޭ ކުރުމައްވުރެ ރަނގަޅު ކަިވެނިކުރުން. ތަނަވަސްކަނ ހުރިއްޔާ ހުސްކޮށް ހުރުމުގެ ބޭނުމޭއްނެއި
ބާވީމަ އެއްލާލާ ގޮތައް ކައިވެނި ކުރުން ރަނގަޅެއް ނޫން.
އަދި ވާނުވާއެއް ނޭންގޭތަ ގާސިމުގެ ރެކޯޑް މުގުރާލުން އެއީ މަގުސަދު ކަމުގައި ވެދާނެ
ރާއްޖޭގަ މިއުޅޭ ސިޔާސީ ޖަންގަލީންނާއި އިނުމަކީ ހަޔާތާއި އާޚިރަތް ބަރުބާދުކޮއްލުން.. ހެޔޮލަފާ ބުއްދި ހަމަޖެހޭ އަދި ޒިންމާދާރު ތެދުވެރި އަޅުވެރި ފިރިން ހޯދަން އަންހެން ދަރީންނައް ނަސޭހަތް ދޭންޖެހޭ.
ޔާﷲ! މީނާއަށް ކާވެނި އިތުރުކޮށް ދެއްވާނދޭވެ.
އުފާވެރި ހަޔާތަކަށް އެދެން! ދެކަބަލުންގެ ކައިވެނީގައި ބަރަކާތް ލައްވައި ހެޔުލަފާ ދަރިފަސް ކޮޅެއް ދެކަބަލުންނަށް ދެއްވައި، ދެކަބަލުން ނާއި އަޅަމެން އެންމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކޮށްދެއްވާށި ޔާ ﷲ!
ނޫނޭ އެހުރީނު މެމްބަރ ހައިތަމް އާއި ގާސިމް. ވަކިމީހަކަށް ދޫކުރާނެ ބައެއްނޫން މީކީ
މީނާ މީ ފިސާރި ހިފި ނުހުރެވިގެން އުޅޭ މީހެންހެން ހީވަނީ! މި ފަހަރު ކިހާ ވަރަކުން ދާނެބާ؟ މި މީސްމީހުން މާލެގެ ގެދޮރު ހުރި ރަނގަޅު މީސްމީހުންގެ ދަރިންނާ އިންނަން ރާވައިގެން އެކަން ވޭތޯ އަބަދުވެސް އުޅޭނީ! އަހަރެން ހަމަ ހައިރާންވި އިރުތިޝާމް މެން ކަހަލަ ކުއްޖަކު މިކަހަލަ ދެ އުޅިއެއް ނުވާ އުޑެއްބުޑެއް ނުދަންނަ މީހަކާ އިނީތިވެސް އޭރު!
ރާއްޖޭގައި ކައިވެންޏަކީ ކުޅޭ ކުޅިވަރެކެވެ. މުޅި ދުނިޔޭގައިވެސް ވަރީގެ ރޭޓު އެންމެ ގިނައީ މިޤައުމުގައެވެ.