ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތާއީދު ކުރައްވައި، ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަނީ އުނި ކަންތަކަށް ވުރެ ރަނގަޅު ކަންތައް ގިނަ ކަމުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައިވަނީ، މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމަށް މި އަހަރު ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ އަލީ ޒައިދުއާއި ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާންއާ ދެމެދު ޓްވީޓާގައި ދެކެވުނު ވާހަކަތަކަށް ރައްދު ދެއްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

ޕީޕީއެމްގެ ބަޔާނަށް އިޝާރާތް ކުރައްވައި ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވ ޓްވީޓެއްގައި ވިދާޅުވީ އޭނާ މިއަހަރު އެންމެ އިސްކަމެއް ދެއްވާނީ މާތްވެގެންވާ އިސްލާމް ދީން ކުރިއެރުވުމަށް ކަމަށެވެ. އެއަށް ރައްދު ދެމުން ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަޒާން ކުރި ޓްވީޓެއްގައި ވަނީ ސުވާލެއް ކޮށްފައެވެ. އޭނާ ސުވާލުކޮށްފައިވަނީ ރައީސް އޮފީހުގައި "ރަސޫލާއަށް ފުރައްސާރަ ކުރި އެމްޑީއެން މީހުން ގޮވައިގެން" ރައީސް ސޯލިހް ވެރިކަން ކުރައްވާއިރު އަލީ ޒައިދު ސަނާ ކިޔުއްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

މި ޓްވީޓަށް ރައްދެއް ދެއްވީ ދީނީ އިލްމުވެރިޔާ ޑރ. އިޔާޒެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަނީ ސަރުކާރުގައި އުނި ކަންތައްތަކަށްވުރެ ރަނގަޅު ކަންތައް ގިނަ ވުމުން ކަމުގައެވެ.

 

ރައީސް ސޯލިހްގެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް އިޔާޒު ވިދާޅުވެފައިވާއިރު ރައީސް ސޯލިހްގެ އެންމެ އަރިސް ސިޔާސީ ލީޑަރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ އިޔާޒު ވަރަށް ގިނަ ޓްވީޓް ކުރައްވައެވެ. އެ ކަމާ ނުރުހުން ފާޅުކުރައްވައި ރައީސް ސޯލިހް ވެސް ނިސްބަތްވާ އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދުގެ އަރިސް މެންބަރުން އިޔާޒަށް ބަހުގެ ހަމަލާ ރައްދު ކުރައްވާފައިވެއެވެ.

ޓްވީޓާގައި ސިޔާސީ ރައްދު ދެއްވަމުން ގެންދަވަނިކޮށް ރައީސް ޔާމީނަށް އިޔާޒު ފާޑުވިދާޅުވުމާ އެކީ ޕީޕީއެމްގެ ސަޕޯޓަރުންނާއި އިސް ބޭފުޅުން ވެސް އިޔާޒަށް ބަހުގެ ހަމަލާތަކެއް ދެއްވާފައިވެއެވެ. މި ގޮތުން ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އިޔާޒަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައި މީހުންގެ ބޮލުގައި "ނުހައްގު ލަޤަބުތައް" ނުދިނުމަށް ނަސޭހަތްތެރިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

 1. މާމީ

  މިސަރުކާރުން އިޔާޒު ތިބުނާ ރަގަޅު ކަމަކީ ކީރިތި ގުރުއާނާ ރަސޫލާ އައް ފުރައްސާރަ ކުރާމީހުނައް މަތީވަޒީފާދީ ބޮޑެތި މުސާރަތައް ދިނުންތޯ؟؟؟؟؟؟

  108
  2
  • Anonymous

   ﷲ އަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރުން އެއީ ކުޑަކަމެއް ގޮތުގައި ދެކުނީތީ އިޔާޒު ޔައީދުގެ ނުނާފިގުކަން ހާމަވީ. ﷲ ށާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރާ ބަޔަކު މުރިތައްދު ވެއްޖެ.

   50
   2
  • ޙައްގުބަސް

   މުނާފިގުންހެ އަލާމާތްތައް އަޅުގަނޑުމެންނަށް މިފެންނަނީ!! ދުނިޔެ ގިޔާމަތްވާން ކައިރިވީމަ މިފަދަ ޢިލްމުވެރިން ގިނަވާނެކަމަށް ބުނާތީ އަޑުއިވޭ!!

   16
 2. އަލީ

  ލޮލުގަ މައްސަލަ ތިބޭ މީހުނަކައް މިސަރުކާރުން ކުރާ އެއްވެސް ގޯސްކަމެއް ނުފެންނާނެ...

  94
  1
 3. ފަގުޑި

  ވަގުންގެ ސަރުކާރު ހުސް އުނިކަން ތަ އްހުރީ

  72
  1
 4. ރައްރިތުމީހާ

  ކޮބާތޯ ތިވިދާޅުވާ ރަނގަޅު ގިނަ ކަންތައްތަކަކީ؟
  ރަސޫލާއައް ފުރައްސާރަކޮއް ބަޔާން ނެރުން އެއީ ކުޑަކަމެއްތޯ؟

  94
  2
 5. ޙ

  ލެކްޗަރާކަމުން ވަކިކޮށްފާނެތީ ބިރުގަތީ . ކޮންކަމެއް ރަނގަޅީ ބުރުއަޅަނީ ފަހަތައް

  75
  1
 6. ޝަިޚާން

  އިޔާޒައް އުނިކަންކަން ގިނައިން ފެނުނީ ކުރީ ސަރުކާރުގަތޯ މިސަރުކާރުގަތޯ..؟ ކޮން ބުއްދިޔަކުންތޯ އިޔާޒުމެން ވިސްނަނީ. ލެއްވިހާ ދީންތަކައް މިތާގައި ފުރުސަތު ހުޅުވުމުގެ ރޭވުމާއި އެޖެންޑާ ގެންގުޅެނީ މިސަރުކާރުގަތޯ ނުވަތަ ކުރީ ސަރުކާރުގަތޯ.؟ ގައުމުގައި ތަރައްގީގެ މަޝްރޫތައް ކާމިޔާބުކަމާއި އެކު ބާރުދުވެލީގައި ގެނެސްދިނީ މިސަރުކާރުގަތޯ ކުރީ ސަރުކާރުގަތޯ.؟ އެމްއެމްޕީއާރުސީގެ ޖަރީމާގެ ބާނީ އަދީބު އާއި އެކަމުގެ ބައިވެރީން ޖަލައްލީ މިސަރުކާރުގަތޯ ކުރީސަރުކާރުގަތޯ.؟ ބުއްދި އެބަހުރިތޯ..؟

  65
 7. ފިޔަވަޅި

  ކުރިން މަ ބަލަން މި ޝޭހުގެ ދަރުސް ތައްވެ ސް .އެކަމް މިހާރު މިއުޅޭ ގޮތް ރަނގަޅުހެން ހީނުވާތީ މިހާރު ނުބަލަން

  57
 8. ކިނބޫ

  ކަލޯގަޔާ ކޮންކަމެއް އެއީ!؟

  52
 9. ބާލިދީ

  އާދެ! ފުދޭވަރއްގެގިނަ ފައިސާ އެއީ ރަނގަޅުކަންކަން. އަދި ގިނަ ދީންތަކަށް ހުއްދަދޭން މަސައްކަތްކުރުން އެއީ ޖެހިގެން އޮތްކަންތަށް.ތިހިރީ ފައިސާއަށް ބޫތުހިފާފަ

  49
 10. ދެން

  ދެން އެހާ އަވަހަށް ފަޅި ބަދަލުކުރަން ނުކެރިގެން ތި އުޅެނީ. ތީ ބޮޑު ފިތުނަ ގުރޫޕެއް. ގައުމު މި އަނދަވަޅަށް ވައްޓާލީ ކަލޭމެން ލާދީނީ ބައިގަނޑަށް ބައިއަތު ހިފައިގެން. ލިބޭ ބަޔަކަށް ލިބުނަސް ގައުމުގެ ގިނަ ރައްޔިތުން އުޅެނީ ވަރަށް ނިކަމެތި ހާލުގައި.

  50
 11. ހަމަނަހަމަ

  ކޮބާތޯ މިސަރުކާރުގެ ތިޔަވިދާޅުވާގިނަކަންތައްރަނގަޅު ތަފްސީލްދެއްވާ
  1ވަގުންލައްވާ ހެކިބަސްނެގުން
  2 ރަސޫލާ(ސ،ޢ،ވ،)އައް ފުރައްސާރަކޮއް އެމްޑީއެންއިން ރިޕޯޓުނެރުން
  3ފާޅުގައިސްލާމްދީނައްފުރައްސާރަކުރާމީހުންހިމާޔަތްކުރުން
  މިތޯ ތިބުނާ ރަނގަޅުކަންތަކަކީ ކޮންއެއްޗެއްތޯ ކިޔެވިފަހުރީ

  46
 12. މަސްއޫދު

  މިގައުވެފައިހުރި ޖާހިލުކަލޭގެއަށް މިސަރުކާރުގެ ރަގަޅުކޮންކަމެއް ފެނުނީބާ މީހަމަ ދީންވިއްކައިގެން ކާ ޝޭޚެއް މިކަހަލ ޝޭކުންއުޅޭ މިސާލަކަށް އިލިޔާސު! ކޮބާތޯ ތިބުނާ ރަގަޅު ކަންތައްތައްތަކީ ކޮބާ! ނިކަންއަޅެ ގަޓްހުރިއް ލިސްޓެއް ނޫހުގައި ޖަހާލަބަލަ! ޝޭޚަކަށްވެގެންހުރެ ތިހާ ބޮޑެތި ދޮގުހަދާކަށް ނުވާނެ!

  33
 13. މުޙްއްމަދު

  الله يهديك

  14
 14. އަހްމަދު

  ރަނގަޅު ކަންތައް ގިނަކަމުން رسول صلﷲ عليه وسلم އަށް ފުރައްސާރަކޮށް މަލާމާތް ކުރަމުންގެންދާއިރު އަގައިން ނުބުނެ ހުރުމަކީ ދީނީ ޢިލްމު އުގެނިގެން ހުރިމީހަކުކޮށްގެން ވާނެކަމެއްތޯ؟

  41
 15. ރައްޔިތުން

  ކަލޭމެން ތިޖައް ސާ ވައްތަރު ތަކުން އަމިއްލަ ވަގުތު ގެއްލުން ނޫން ކަމެއް ނުވޭ. މި ދިވެހިންނަށް ނޭގޭ އެއްކަމެއްވެ ސް ވަކިން އެގޭ ބައެއް ނޫން ތިޔަ ޝޭޚުންނަކީ.

  32
 16. އަބްދޫ

  އިޔާޒް ގެ ވިސްނުން ރަނގަލެއްނޫން ނުވަތަ ރަނގަލަށް އެގި ހުރެ ހަގިގަތަސް އިންކާރު ކުރަނީ. އެމްޑީޕީއަކުން މިހާތަނަށް ގައުމަށް ފައިދާހުރި ރަނގަޅު އެއްވެސް ކަމެއް ކޮށްފައެއްނެތް.

  34
 17. މިއަދު

  މިސަރުކާރުން ކުރާ ރަގަޅު ކަންތައް ގިނަކަށް ތިފެނުނީ ހަމައެކަނި އިޔާޒް އަށް
  އިޔާޒު ތިވިދާޅުވާ ރަނގަޅުކަންތައްތަކަކީ
  1. ޢިސްލާމް ދީނަށް ފުރައްސާރަ ކުރުންތޯ އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  2. ސަރުކާރުގެ މުދަލުން ވައްކަން ކުރުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  3. އަދުލު އިންސާފަށް ނުފޫޒުފޯރުވުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  4. ރަޢިއްޔަތުން ބިކަކޮށް ހަނާކުރުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  5. ވެރިންގެ އިސްސަފުން ބަދުއަޚްލާގީ ޢަމަލު ގިނަކުރުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  6. ތަންދޮރު ނުދަންނަ މީހުނަށް ވަޒީފާތައް ދިނުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  7. ނިކަމެތި މަސްވެރިން ހާލުގަޖެއްސުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  މިފަދަ އެތައް ކަމެއްދެއްތޯ
  ސަލްމާނު މިސްކިތް ނުހުޅުވުން ފްލެޓްތައް ފޭރިގަތުން އަދިވެސް ދެއްތޯ

  42
 18. Anonymous

  ޑރ. ޢިޔާޟު ވަރުގެ ޢިލްމްވެރިޔަކަށް ނިކަމެތި ރައްޔިތުން ނުވިޔަސް ، ރައްޔިތު މީހާއަށް އެނގޭ ދީނަށް އަމާނާތްތެރި ނުވާމީހަކު ދެން އެހެން ކަންކަމަށް އޮންނާނީ ކޮންއަމާނާތްތެރި ކަމެއްކަން. ދިން މުގުރައިފި މީހާ އެކުރަނީ ކިހާ ވަރެއްގެ ކަމެއްކަން ޝެއިޚް މެންނަށް ބޮޑުތަނުން އެނގޭނެ. އެކަމަކުވެސް ހެޔޮތާ. ހުރެލާ ލާދީނީ ބަޔަކަށް ވާގިވެރިވާން. ރައީސް ޔާމީންގެ ވައްކަމުން ވެސް އޭގެ ފައިދާ ވެސް ނެގީ ތިޔަބައެކޭ ކިޔާއަޑު އިވޭ. 25ބުރީގެ ބިރުވެރި ހޮހޮޅައިގައި ހުންނާނެ ލޮލުގެ ޑިޕާޓްމަންޓް. ޚިދްމަތް ލިބޭނެ. ބައްލަވާ ލެއްވިއްޔާ ފެނިވަޑައިގަންނަވާނެ ސޯލިޙުންގެ ވެރިކަމުގައި އިސްލާމްދީނަށް ގޮންޖަހައި ރިޕޯޓް ނެރެ ފިޔަވަޅު އަދިވެސް ނޭޅޭކަން. އެކަމަކުވެސް ނަމާއި އެއް ގޮތަށޭ ވިދާޅުވޭ.

  35
 19. ޒަމީރު

  ކޯއްޗެއް، ހަމަ ހަވާ ނަފްސަށް.
  ރައީސް ޔާމީން އިރުގަ ދީނަކަ ނުބެހޭ، އިސްލާމް ދީން ދިފާއުގަ ވާހަކަ ދައްކާ މުސްލިމު ގައުމުތަކާ ގުޅުން ބަދަހިކޮށް އިގްތިސަދު ކުރިއަރުވައި ގައުމުގެ އިސްތިގްލާލުކަން ދެމެހެއްޓި.
  މިކަންތައް އެކަނި ފުދޭ
  ޚިޔާނަތާ ލާރި ކެއުމާ މި ކަންކަމުން ސިޔާސީ ތިއެްނެމެވެސް ސަލާމަތް ނުވާނެ.

  27
 20. ޖޮބޭ

  އިޔާޒް އޭނާާ އެދަނީ އުޚުރަވީ ހަޔާތާ ދުރައް.ތިމާޔަށް ލިބިފައިވާ ތައުލީމުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ނަ ސޭހަތްތެރިވަން

  22
 21. ޅޮލް

  މީނަޔާ ދިމާލައްއެއްޗެތިކީވަރަކައް ގޯލްޖަހާނެ

  14
 22. ރައްޔިތުމީހާ

  މި ނޫސްވެރިން 2014 އިން 2018އަށް އުނުނީ ކޮންޤައުމެއްގަބާ؟
  ކޮންމެ ނޫހެއްވެސް ހިންގާނީ ކޮންމެވެސް ބަޔަކު ޚަރަދުތަކެއްކޮށްގެންކަން އެންމެންވެސް ޤބޫލްކުރޭ، އެކަމަކު ތިމާހެއްދެވި ގަދަކީރިތިވަންތަ ﷲގެ ޙަޟްރަތުގައި ހުއްޓިހުރެ މިކަމެއްކުރީ ޏޫޥާތަ މިޔަނިގޮތަކަށް ލިޔުނީ ނޫނީ ޚަބަރުފެތުރީ ނޫންނަމަ ތެދު ވަންހަނާކުރީ އެމީހުންބުނެގެން އެމީހުން ރުއްސާ މާއްދީ މަންފާއެއް ހޯދަށޭބުނެގެން ސަލަމަތްވެ ރައްކާތެރިކަން ހޯދިދާނެކަމަށް ޤަބޫލްކުރާނަމަ ތިމާ އަމިއްލަ ނަފްސުން ދުރުނުކުރާނެކަން ޔަޤީނެވެ. އެދުވަހުން އެއްވެސް މީހަކު އަނެކާކުރިކަމެއްގެ ޒިންމާ އުފުލަންނުޖެހި ތިމާކުރިކަމުގެ ޒިންމާނަގަންޖެހޭނެކަން ހަނދާންކުރާށެވެ! ދުލަކީ އޭގެ ސަބަބުން މީހާ ހަލާކުގެތެރެއަށް ވައްޓާލާ މުޖުތަމަޢުތައް ފަސާދަކޮށް ، މީހުންގެ އަބުރާއި ޢިއްޒަތް ގެއްލުވާލާ އެއްބައިވަންތަކަން ގެއްލުވާލާ ފިހަގަދަ ހަތިޔާރެއްކަން ޤަބޫލްކުރާށެވެ! ލިޔާލިޔުމަކިވެސް އެއަށްޒިންމާވާންޖެހޭ ދުވަހެއްއޮތްކަން ޤަބޫލްކޮށްގެން ތެދުބަހުން ތެދުވެރިކަމާއެކު ޙަޤީޤަތް ހާމަކުރުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރާ ޤައުމީ މަސައްކަތަކަށް ހަދާށެވެ! ޤައުމު އިޞްލާޙުވާނީ ޤައުމުގެ ކޮންމެ ދަރިއަކުވެސް ބަހަށްވުރެ ޢަމަލް އިސްކޮށްގެން މަސައްކަތްކުރަންފަށާދުވަހަކުންނެވެ.

  10
 23. ކޮރޯނާ

  މާތްކަލާކޯ.. މި ގޮލާ ހަމަ ބުއްދި ފިލީ ކޮންއިރަކުބާ

  16
 24. އަޙްމަދް

  އިޔާޒަކީ ދީނީ ޢިލްމުވެރިއެއްތޯއެވެ؟
  ނުވަތަ
  މަޝްހޫރުކަން ހޯދަން އުޅޭ
  ސިޔާސީ އެކްޓިވިސްޓެއްތޯ އެވެ؟

  23
 25. އ . ޖ . އ

  އަޒާނަކީ ނޫސްވެރިޔެއްތަ؟؟
  މަށަށް ފެންނަ އިރަކު ވިއްޔާ އޮންނަނި ސައިކަލު މައްޗައް 4 އުދަރެސް ރަންވެގެން ކެނޑި ހުސްވެފަ

  1
  8
 26. މާކަނާ

  ތިޔަ ބުނާ އަޒާން ކޮން ގޮތަކުން ހެޔޮ ވާނީ؟؟ މީހުންނާ ދިމާލަށް ނުކިޔާކަށް ހަޑި އެއްޗެއް ނެތް.. ނުވިތާކަށް ދީނީ އިލްމުވެރިންނަށް ވެސް..
  އެސޮރުގެ ބަފާ ވަކި ނުވުމަކީ އެހެން މީހުން ކުރި ކަމެއްތަ؟؟

  2
  7
 27. ކަލިބެެޭބެ

  ނަޝީދައް ކުޑައި މީސްބަހެއް ބުނެގެން ލިޔުމުން ނަސޭހަތް ދިނީމަ ވިހިގުނަ ކުރިއައް ޖައްސާނަމޭ ބުނެފަ މިހާރު މަގާމު ގެއްލިދާނެ ކަމުގެ ބިރުހީވެ ސަރުކާރަށް ސަނާކިޔަނީ ކަމެއް ކުރިމަތި ވުމުން ދީންއެއް ފަރާތް ކޮށްފަ އަމިއްލަ އެދުން ކުރިޔައް ނެރެނީ އުތަ؟

  16
 28. ޙހ

  ޢިސްލާމްދީނާ ދެކޮޅުވީމަ

 29. ޙަބީބު

  އަޅެ ކަލެ ބުނެބަލަ ރަގަޅު އެއްކަމެއްވެސް! އަހުރެމެން ކިޔާދޭނަށް އުނި 1000 ކަންތައް. ތިޔައީ ހަމަ ޔުނިވަރސިޓީގެ ވަޒީފާ ގެއްލިދާނެތީ ބުނި އެއްޗެއް! ކަލެޔަށްވެސް ހަމަ ރަގަޅަށް އެގޭނެ މިސަރުކާރުން ރަގަޅުކަމެއް ނުކުރާކަމާ ރެކޯޑުޢަދަދަދަކަށް ދައުލަތް ލޫޓުވައިފިކަން!

 30. އިއަފު

  ޖަނަވާރުކަމުން ހަމަ .. ކަލޯ އަށް ހީވަނީ ކަލޯ ނެރެލާ ޓްވީޓަކުން ރާއްޖެ އަށް ހަަޖެހުން ލިބިގެންދާނެކަމަށްތަ .. އިސްލާމް ދީނާ ދެކޮޅަށް އެހާ ވަރަށް އެއްޗެތި ގޮވި އިރުވެސް ކަލޯ ތިބުނަނީ ހަމަ ދެންވެސް ބައި އަޅާށޭތަ ..

 31. އިއަފު

  ދީނަށް ފުރައްސާރަ ކުރީމަ ދެން 100 ޕަސެންޓް އުނިވީ .. ކަލޯ ކޮންއެޗެއްތަ ކިޔަވާގެން ތިހުރީ ..

 32. ބުއްދިވެރިޔާ

  މިގައުވެފައިހުރި ޖާހިލުކަލޭގެއަށް މިސަރުކާރުގެ ރަގަޅުކޮންކަމެއް ފެނުނީބާ މީހަމަ ދީންވިއްކައިގެން ކާ ޝޭޚެއް މިކަހަލ ޝޭކުންއުޅޭ މިސާލަކަށް އިލިޔާސު! ކޮބާތޯ ތިބުނާ ރަގަޅު ކަންތައްތައްތަކީ ކޮބާ! ނިކަންއަޅެ ގަޓްހުރިއް ލިސްޓެއް ނޫހުގައި ޖަހާލަބަލަ! ޝޭޚަކަށްވެގެންހުރެ ތިހާ ބޮޑެތި ދޮގުހަދާކަށް ނުވާނެ!

 33. މާކަނާ

  މިސަރުކާރުން ކުރާ ރަގަޅު ކަންތައް ގިނަކަށް ތިފެނުނީ ހަމައެކަނި އިޔާޒް އަށް
  އިޔާޒު ތިވިދާޅުވާ ރަނގަޅުކަންތައްތަކަކީ
  1. ޢިސްލާމް ދީނަށް ފުރައްސާރަ ކުރުންތޯ އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  2. ސަރުކާރުގެ މުދަލުން ވައްކަން ކުރުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  3. އަދުލު އިންސާފަށް ނުފޫޒުފޯރުވުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  4. ރަޢިއްޔަތުން ބިކަކޮށް ހަނާކުރުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  5. ވެރިންގެ އިސްސަފުން ބަދުއަޚްލާގީ ޢަމަލު ގިނަކުރުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  6. ތަންދޮރު ނުދަންނަ މީހުނަށް ވަޒީފާތައް ދިނުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  7. ނިކަމެތި މަސްވެރިން ހާލުގަޖެއްސުންތޯ
  އެހެންކަމަށްވާނަމަ ކިތަންމެ ރަނގަޅަކަށްވެސް އެކަން އެބަކުރޭ
  މިފަދަ އެތައް ކަމެއްދެއްތޯ
  ސަލްމާނު މިސްކިތް ނުހުޅުވުން ފްލެޓްތައް ފޭރިގަތުން އަދިވެސް ދެއްތޯ
  30

 34. ޖަމަލު ފޮޑި

  10001% މުނާފިގެއް...

 35. ފަނީ

  އެހެންވީމަ 1 ފަހަރު ޒިނޭގަނޑެއް ކޮށްލާފައި އެއަށްވުރެން ގިނަ ނަމާދު ކޮށްލިޔަށް އޯކޭވާނެތާ ކަލޭގެބަހުން. ބޭނުން ހުރިހާ ކަމެއްކޮށްފައި ގިނަގިނައިން ތައުބާވުން ކޭލޭމެންގެ އުސޫލަކީ. ތިފާޑަށް އުޅެގެން މަ އޮންނާނަން ޖަޖްމެންޓް ޑޭގައި ބަލަން ކަލޭމެނަށް ވާ އެއްޗެއް

 36. އިސްލާމް އަލީ

  އިސްލާމީ ދައުލަތެއްގަ އިސްލާމްދީނަށް ފުރައްސާރަކުރީމަ 100% ރަގަޅުވީތޯ ؟

 37. އަވަށްޓެރިޔާ

  ދީނީ އިލްމުވެރިން ސިޔާށީ އެކްޓިވިސްޓުންނަށްވީމާ ފެންނަ ތަފާތު. މިރާއްޖޭގައި މިމިހޫންގެ އަގު މީހުން އަލިއްކަށް ވައްޓާލީ.