ސާފް ތާހިރުކަން ކުޑަވުމުގެ ސަބަބުން އައިޖީއެމްއެޗްގެ ކެންޓީން ބަންދުކޮށްފިއެވެ.

އެތަން ބަންދު ކުރުމަށްފަހު ނޯޓިސް ވަނީ ޖަހާފައެވެ.

އެ ނޯޓިސްގައި ލިޔެފައި ވަނީ ކޯބޯތަކެތީގެ ޒަރިއްޔާއިން ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލަކުން ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރި ކުުރުމަށް އަމަލު ކުރަމުންދާ "ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ހުންނަން ޖެހެ ސާފްތާހިރުކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވާއިދު"އާއި ހިލާފު ވުމުން އެތަން ބަންދުކޮށްފައިވާ ކަމަށެވެ.

އެތަން ބަންދުކޮށްފައި ވަނީ މިއަދު އެވެ.

އެ ނޯޓިސްގައި ބުނެފައި ވަނީ، އެ ނޯޓިސް ހަރުކުރެވިފައިވާ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން "ވަގުތު" އަށް ވިދާޅުވީ އެތަން ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަަމަށެވެ. އަދި އެއީ ސާފުތާހުރުކަމުގެ މިންގަނޑުތަކަށް ނުފެތޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. ތަސްލީމާ ވިިދާޅުވީ ބަންދުކުރީ ސާފުތާރުކަމުގެ ކޮން މިންގަނޑުތަކަކަށް އެެތަން ނުފެތޭތީ ކަމެއް ސީދާ ދަންނަވަން ނޭނގޭ ކަމަށެވެ.

"އަޅުގަނޑުވެސް ތިކަން ބަލާލިން. މިއަދުގެެ ވަގުތެއްގަ އައިޖީއެމްއެޗް ކެންޓިން ވަނީ ބަންދުކޮށްފައި. ނަމަވެސް ސީދާ ކޮން ކަމަކާ ގުޅިގެންކަން ދަންވަން ދަތި" ތަސްލީމާ ވިދާޅުވިއެެވެެ.

މިކަމާއި ގުޅުގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ އެތަން ބަންދުކުރި ކަމެެއް ނޭނގޭ ކަމަށެވެެ. އަދި މިވަގުތުވެސް އެތަނުން ހިދުމަތް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. علي وحيد

    އައިޖީއެމްއެޗްގަވެސް ތިއޮތީ ގޮތްނޭންގޭ ކަމެއް ހިނގާފައި އެކުބުނަނީ އެތަނުން ޚިދުމަތްދެއޭ އަނެކަކުބުނީ އެތަން ހުރީ ބަންދުކޮށްފައޭ ބަންދުކުރި ގޮތެއްނޭންގެއޭ އެހެންކަމުން ފުލުހުންނައް ގޮވާލަން ގެއްލިފައިވާ ޓުރާންސްޕޭރެންޓީ މޯލްޑިވުސް ހޯދުމަށް އިޢުލާން ކުރުމަށް

  2. ރާނީ

    سبحان الله. ދެން ކީކޭ ބުނާނީ. މީ ހޮސްޕިޓަލުތަކުގެ ހާލަތު. ސާފު ތާހިރު ކަމެއް ނެތް. އެތަނުން ކައިގެން ބަލި މީހުން އިތުރަށް ވާނީ ބަލިތާ.