އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ އާއި ސިގިރެޓް ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގާފައިވާ ކަމަށް ރޭ ފަތިހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" އާއި ވާހަކަ ދައްކަވަމުން މަރަދޫ މީހަކު ބުނީ، އެމީހުން އެ ފިހާރައަށް ވަދެފައިވަނީ ޓިނު ނައްޓައިގެން ކަމަށާއި، ވަނުމުގެ ކުރިން އެތަނުގައި ހުރި އެލާމްތަކުގެ ނަރުތައް ކަނޑާފައިވާ ކަމަށެވެ.

އަދި އެމީހުން ފައިސާ އާއި ސިނގިރޭޓު ހިފައިން ދިޔަ މަގުތަކުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުރި ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.

މަރަދޫ ރޫޓް ފިހާރައިން ވައްކަން ކޮށްފައިވާއިރު، ދާދި ފަހުން މާލޭގައި ހުންނަ ރޫޓް ފިހާރައިގެ ފައިސާތަކެއް ފޭރިގަންނަ މަސައްކަތް ކޮށްފައި ވެއެވެ. އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ބޭންކް އޮފް ސިލޯން (ބީއޯސީ)އަށް ޖަމާ ކުރަންގެންދިޔަ، އެ ފިހާރައިގެ 4.2 މިލިއަން ރުފިޔާ ފޭރެން މަސައްކަތް ކުރި މައްސަލާގައި ހަތް މީހަކު ހައްޔަރު ކުރިއެވެ.

އަދި އެ މައްސަލާގައި ފަސްމީހަކަށް ދައުވާވެސް ކޮށްފައި ވެއެވެ.

އެ މީހުން ފައިސާތައް ފޭރެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ ލެއި

    ތީ މަކަުރިންވެސް ބުނިވާހަކަ ސިނގަރެޓް އަގުބޮޑު ކުރުމުގެ ނަތީޖާ ތިފެންނަނީ. ސަރުކާރު ހިންގަންވެގެން އާނމު ނިކަމެތި ރައްޔިތުމީހާފެލާލަނީ. ކަލޭމެންނަށް ކެރެންޏާ ސިނގަރެޓް އެތެރެ ކުރުން މަނާކުރީމަ ނިމުނީއެއްނޫން.

  2. ނަގުލު ފިއްތި

    މަގޭ މުސްކުޅި މަންމަޔާއި ބައްޕަ ފެލާލައިގެން އަހަރުން ގޭގަ އުޅޭ 2ޕާޓޭން ސިގިރެޓި ބޮނީ. އަގުބޮޑު ކުރަމުން ކުރަމުން ގޮސް އިންތިހާޔަށް އަގުބޮޑު. މިފަހަރު ތިލަފަތަށް ވޯޓް ދޭނީ ޝަރުތެއްގެ މަތިން. އެއީ ސިގިރެޓް އަގު ހެޔޮކުރުން ނޫނީ ސިގިރެޓް އެތެރެ ނުކޮށް ހުއްޓުވުން.