ރާއްޖޭން، އިންޑިއާ މީހާ ހައްޔަރުކުރީ ބޮމެއް ގޮއްވާލާ ވާހަކަދައްކާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ޑިސެމްބަރު 29 ބަނަ ދުވަހުގެ މެންދުރު 13:30 ހާއިރު މާލެ އިން ފުރަން ގޮސް އެއާޕޯޓްގައި ހުރި އިންޑިއާގެ 28 އަހަރުގެ ފިރިހެނަކު ބޮމެކޭ ބުނެ ވާހަކަދައްކާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ރާޖް ޕްރަޝާންތް ނަމަކަށް ކިޔާ 28 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.

ކޯޓުން ކުރި އަމުރުގައި ވަނީ ތުހުމަތަށް ހައްޔަރުކުރެވުނު ފަރާތް ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ. އަދި އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ފުރައިގެން ގޮސްދާނެކަމަށް ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ތިމީހާ ދޫކޮއްލާނެ..އިންޑިޔާ ސަފީރުގެ ފޯނުކޯލަކުން ތިކަންނިމޭނެ..ކޯޓުތަކަކީ އިންޑިޔާމީހުންގެ ތަނެކޭބުނީ ﷲއަށް ފުރައް ސާރަކުރި އިންޑިޔާމީހާ..

    42
  2. ސަންގު

    ޕްރަޝާންތް ނަމަކަށް ކިޔާ 28 އަހަރުގެ ފިރިހެނެކެވެ
    މުސްލިމު ނަމެއްނަމަ މަދުވެގެން 30 ދުވަސް ޖެހީސް ހަމަވުމުން މަރުވަންދެކަ ޖަލުގައި ބޭންދިސް
    ތިމީހަކީ ހިންދޫ ހައްދުފަހަނަ އެޅި ޖަމާއަތުގެ ޓެރެރިސްޓެއް.

    36
    • އ . ޖ . އ

      އެކަމަކު ކަލޭމެން މޮޅު

      14
      3
  3. ސަލޫ

    އިންޑިޔާ މީހުން މިއީ މިގައުމަށް ފާވި އެންމެ ބޮޑު ދުއްޕާން. އިންޑިޔާގެ ރޯ މީހުން މިތާ ފިލްމުކުޅެ ޓެރަރި ސްޓު ހާއްޔަކަށް މިތަން ބަދަލުކުރާނެ. އިއްޔެ އެއަަޕޯޓުން ފުލުހުން މާ ސްކު އަޅަން ބުނުމުން ވައްތަރު ޖައް ސަމުން ދުވީވެ ސް ގެރިމޮޑީގެ އިންޑިއާގެ ހައިވާނެއް ހެން ހީވޭ ޖެއް ސި ވައްތަރުން ވެ ސް

    7
    1