އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ވުމުން އޭނާއަށް ތައުރީފް ކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓެއް ކުރެއްވުމުން އޭނާ ލަދު ގަންނަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި އިނގިރޭސި ލަފްޒުތަކުން ލިޔުއްވާފައިވަނީ "ޝޭމް އޮން ޔޫ މުހައްމަދު ހަމީދު" އެވެ.

ހަމީދު ލަދު ގަންނަން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވި ސީދާ ސަބަބެއް ނޭނގެއެވެ.

ބެލެވޭ ގޮތުގައި ހަސަން ލަތީފް އިޝާރާތް ކުރައްވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނު ފެބްރުއަރީ 7، 2012 ގައެވެ. އެ ދުވަހު މުޒާހަރާގައި ފުލުހުންގެ ތެރެއިން ބަޔަކު ބައިވެރިވިއިރު އޭގެ ތެރޭގައި ފައިރޫޝް ބައިވެރިވި ކަމަށް ވާހަކަ ދެކެވެއެވެ.

ރައީސް ނަޝީދު ބޭނުން ކުރައްވާ ކަމަށް ބެލެވޭ "އެލެކްސް އަހުމަދު" ގެ އެކައުންޓުން ވެސް ވަނީ "ފައިރޫޝް ދެއްކި ނުކިޔަމަންތެރިކަމަށް ވެސް ޝުކުރު އަދާކުރެއްވިންތޯ" ލިޔެ ޓްވީޓެއް ކޮށްފައެވެ. މި އެކައުންޓް ބޭނުން ކުރަންތޯ މީގެ ކުރިން ނޫސްވެރިން ކޮށްފައިވާ ސުވާލަށް ޖަވާބު ދެމުން ބޭނުން ކުރައްވާ ކަމަށް ނަޝީދު ވިދާޅެއް ނުވެއެވެ. އެކަމަކު އެ ކަން ދޮގެއް ވެސް ނުކުރައްވައެވެ.

ފައިރޫޝް ފުލުހުންގެ ވަޒީފާއިން މިއަދު ރިޓަޔާ ވެފައި މިވަނީ އެ މުއައްސަސާގައި 20 އަހަރު ދުވަސް ވަން ދެން ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ ރިޓަޔާވާން ނިންމެވި ސަބަބެއް ސާފެއް ނޫނެވެ.

މީގެ ކުރިން ފައިރޫޝް ފީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރިއެވެ. އެއީ އޭރުގެ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވުރެ އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެށްޓެވީ ޑިސެމްބަރު 2019 ގައެވެ.

މި ހުކުމް ތަންފީޒުކޮށް ފައިރޫޝްއަށް އަލުން ވަޒީފާއަށް ނުކުމެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކުރިން ވެސް އޭނާ ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވިއެވެ.

ފުލުހުންގެ ވަޒީފާއަށް ނުކުމެވެޑައިގަތުމަށް ފަހު، އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ފައިރޫޝް ޕީއެޗްޑީ ހާސިލް ކުރެއްވިއެވެ. އެ ޔުނިވާސިޓީއިން ގްރެޖްއޭޓްވި ފައިރޫޝް ޕީއެޗްޑީގެ ތީސީސް ލިޔުއްވާފައި ވަނީ އިންޓެލިޖެންސް ބޭނުން ކޮށްގެން ފުލުހުންގެ މަސައްކަތް ކުރުމާ ގުޅޭ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކޮވިޑް

    އަސް ލުވެސް އެމް.ސީ. ހަމީދު ލަދުގަންނަން ޖެހޭނެ. ލަދެއް ހަޔާތެއް ހުރިނަމަ ކަމިސަނާގެ މަޤާމުގާ ހުންނަން ނުކެރުނީސް.

    76
    5
  2. ނޫކޮކާ

    ފައިރޫޝަކީ ހަމީދުގެ އެންމެ ގާތް އެކަކެވެ. އޭނާ ވަޒީފާއިން ދުރަށް ދާ ހިނދު ވެރިޔާގެ ހައިސިއްޔަތުންނާއި ގާތް އެކުވެރިޔާގެ ހައިސިއްޔަތުން އޭނާއާމެދު ބަދު ބަހެއް ހަމީދުއެއް ނުބުނާނެއެވެ. ފެބްރުއަރީ 7 ގެ ހާދިސާއިންވެސް މިކަން ސާބިތުވާނެއެވެ. މި ކަމުގައި ހަމީދު ލަދުގާނަން ޖެހޭފަދަ ކަމެއް ނެތެވެ. މާދަމާ ހަސަން ލަތީފު ރިޓަޔަރ ވާންދާއިރު ނަޝީދުވެސް ހަމަ މި ބީދައިން ހަސަން ލަތީފާމެދު ހެޔޮ ބަހެއް ބުނާނެއެވެ. އެކަމަކު ކަލޯގެ ހަގީގަތް ދިވެހި ރައްޔިތުންނަށް އެނގެއެވެ. ލަދުގަންނަންވީ ހަމީދުތޯ ނޫނީ ހަސަންތޯ؟ ވިސްނާލުން މުހިންމު.

    101
    4
    • ޝައްފަ

      އެއޮތީ ފައިރޫޒު އަކަށް ނޫން އެމް.ސީ ތަޢުރީފް ކޮށްފަކާ. ޕައިރޫސްޗް އަށް. ނުވަރަ ފޭރޯ (ފިރުއައުން) ގެ މައްލި އަށް. (މައްލި އަކީ ސިންގަޅަ ބަހުން ފިރިހެން ކޮއްކޮ). ކެކެކެ. ބޯނުބައި. ފިރުއައުނު ގޮތަށް ނަން އަޅައިގެން. މިވަރުވީމަ ސިކުނޑީ ގަ މައްސަލަ ފައިރޫޒު ގެ އެބަހުރިކަން ނޭންގޭތަ.

      13
      6
      • މާއިނގޭ

        ބޭފުޅާ، ފައިރޫޒެއް ނޫން. ފައިރޫޝް އެސޮރަށް ކިޔަނި

  3. އަލިބެ

    ހަސަނާ، ކަލޭ ލަދެއް ނުގަނޭތަ؟

    44
    • ޙައްގުބަސް

      ހަސަނަށް ފައިރޫޝް ފެނުނީ އަދި އޭނާއަކީ އުޅޭ މީހެއްކަންވެސް އެނގުނީ 2012 ވަނަ އަހަރު ފެބުރުއަރީ މަހުގައި!! އޭގެ މާކުރީއްސުރެން އެމްސީ ޙަމީދަށް ފައިރޫޝް އެނގޭ!! ފައިރޫޝްގެ ޚިދުމަތް އެނގޭ! އޭނާގެ ގާބިލްކަން އެނގޭ!! އެއީ 2012 ވަނަ އަހަރު އައުމުގެ މާކުރީންވެސް މަތީ ތަޢުލީމު ޙާސިލްކޮށްގެން ހުރެ ފުލުހުންގެ ޚިދުމަތާ ގުޅި ރައްޔިތުންނަށް ޚިދުމަތް ދެމުން ދިޔަ މީހެއްކަންވެސް ހަމީދަށް އެނގޭ!! ނަޝީދު ވިންގުގައި އުޅޭ ހަސަނާ އާއި ދެތިން މޮހުނުން ކިތަންމެ ވަރަކަށް ކެކި އެރިޔަސް ހަމަ ވަރިހަމަވާނެ އެމްސީ ޙަމީދަށް! ފައިރޫޝްއަކީ ޕީއެޗްޑީ ހޯލްޑަރެއް! ރާއްޖެއިން ބޭރުން ވަޒީފާގެ ފުރުސަތު އޭނާއަށް އޮތީ ބޮޑަށް ހުޅުވިފަ!! އެމްސީ ޙަމީދަކަސް އަދި އެހެން މީހަކަށްވިޔަސް ފައިރޫޝްގެ ގާބިލްކަމާއި ވިސްނުން ތޫނު ކަމާއި ކުރަމުންދިޔަ ޚިދުމަތާއި ކޮށްފައިވާ ޚިދުމަތް އެނެގޭ މީހުން ފަހު ވަގުތު އެކަމުގެ އަގު ވަޒަންކުރާނެ!! ކަމިޝަނަރުގެ ޙައިސއްޔަތުން އެމްސީ ޙަމީދު އެކުރީ ވަރަށް ރަގަނޅުކަމެއް!! އެއީ ޕްރޮފެޝަނަލް އަދި ތަންދޮރު ދަންނަ އަދި އެހެން މީހުނަށް އިޙްތިރާމްކުރަން އެނގޭ މީހުން ކަންކުރާގޮތް!! ނަޝީދު އާ ހަސަނާ އާއި ދެންވެސް ބައިކުޅަބައި މަދު ބަޔަކުވެގެން ފުލުހުންގެ ގާނޫނު އޮޅާލާ އާ ގާނޫނެއް އެކުލަވާލިއިރު ވަކި މީހަކަށް/ބަޔަކަށް އަމާޒުކޮށްގެން ގާނޫނު އެކުލަވާލީ ކީއްކުރަންކަން ފުލުހުންނަކަށް އޮޅިފައި ނެތް!! ކަމިޝަނަރަށް ހަމަ ސާބަސް!! ހަސަނާ ހުރޭ ތުންގަނޑު ބިމަށް ހަރައިގެން!! ކަލޭތީ ފައިރޫޝް ކައިރީ ހަމަ މަނައެއް!! ހުރިހާގޮތަކުން ބެލިޔަސް މަނައެއް! ތަޢުލީމީ ގޮތުން ބެލިޔަސް! ޚިދުމަތުގެ ގޮތުން ބެލިޔަސް!

      16
      1
  4. އަވަށުޕިކަޕު

    ލަދު ގަންނަން ޖެހޭނީ ކީއްވެ ކަންވެސް ބުނެލަދިން ނަމަ. އަނެއްކާ ގާނޫނީ ކުށެއްތޯ މިއީ؟

    29
  5. އ . ޖ . އ

    ޔާމީނުގެ ޕަޕެޓުތައް ކައި ފުރައިގެން ބަޗަނީ..
    ދެން އަނެއްކަ ވެސް ފެންނާނީ ބަގާވާތް ކޮއްފަ މެޑަލް ޖަހާތަން

    5
    46
    • ކިނބޫ

      ހަތަރުކަށިމަތި ގާތު އަހާބަލަ ބާޣީ އާއިލާއަކުން ނުކުމެ ގައުމުގެ ޝަރަފުވެރިންނަށް ލަދެއްހަޔާތެއް ނެތި ބާޣީއޭ ގޮވާތީ ކަލޭ ލަދެއްނުގަނޭހޭ!

      13
  6. ހސހ

    ސެމް އޮން ޔު ލަތީފު

    42
  7. މުޙައްމަދު

    އެހެން ބާޣީންނަށް ވެސް އިހުތިރާމުކުރައްވާ.
    އިތުރު ވާހަކައެއް އަޅުގަނޑު ދަންނަވާނެ ވާހަކައެއް ނެތް.

  8. މަރުމޯލު

    ޤާނޫނު ފާސްކުރީ ކަނޑާލާނަމޭ ހިތާ. އެކަން ނުވީމަ ކަޑަވީ. ހަސަނު ހޮވަން ވޯޓުލީމީހުންނަށް ހުރި ހުތުރެއްތީ

    11
  9. ސިއްދީގު

    އަސަރުކުރާނެ. ލަގޮނޑިއަށް ކެތެއްވެސް ނުވާނެ. ހުށިޔާރު ކަމާއި ހިޔާލު ތަނަވަސް ބޭފުޅެއް ފައިރޫސް ތިއީ. ދެފަހަރަށް ލާދީނީ އެމްޑީޕީގެ ފަލްސަފާ ބަނޑުވަތަށް ވައްޓާލުމުގެ އިސްްމޭސްތިރިޔާ. ހަސަން ލަތީފުމެން ރާފޮދު ހިއްޕަވާލަ ހިއްޕަވާލަ ތިއްބަވާ. ތިންވަނަ ރާޅުވެސް ނަގާ ދަށަށް ލީމަ ހަމަހޭވެރިކަންވާނެ. އެވެސް ކުޑަވަގުތު ކޮޅަކަށް.

  10. ޗާބީ

    ޙަސަދައާއި ފިތުނައާއި ކިބުރުވެކަމާ ބޮޑާކަން ހުރި ބައެއް މި އެމްޑީޕީ ގެ އިސް ކަމުގައި މިތިބީ. ދުނިޔެ މިމީހުމްނަށް މިދައްކަވާ ގޮތެއްތާދޯ. މަަދަމާ އަކީ މި ތނނަށް ފިކުރުވެސް ކުރާ ބައެއްނޫން

  11. އައްޑޫ މީހާ

    ފުލުހުންގެ މުއައްސަސާ ސިޔާސީ ނުވޭ ދެއްތޯ؟ ބަލަ ފުލުހުން ރިޓަޔަރ ވުމާއި ކަނޑާލުމަކީ.އަބަދުވެސް ކުރާކަމެއް ދެން ސިޔާސީ މީހުން ނުޖެހޭ އެކަންތަކަށް ބޭނޭކަށް މިހާރު ރައްޔިތުންނަށް ވަރަށް ސާފު ތިޔަ މުއައްސަސާ ސިޔާސީ ވެފައިވާކަން ސިޔާސީ ކުރަން އުޅޭތަން އެބަފެނޭ

  12. ކިނބޫ

    ބާޣީ އާއިލާއަކާ ގުޅުމަކީ އަސްލުވެސް ލަދުގަންނަންޖެހޭނެ ކަމެއް. ހަތަރުކަށިމަތި ބުންޏަސް ތެދެއް ވާނީ ތެދަކަށް.

  13. ލަދުގަނޭ

    ތިމީހާދދކެ ލަދުގަނޭ އަހުރެމެންވެސް

  14. ކުރަންޕިޓް

    މިހެންބުުނުން ހައްގުކަން މާބޮޑު ތިޔަ ކިޔާ މީހާޔަކީ މާބޮޑެތި ބިއްލޫރިތަކެއްގެ ވާހަކަ ދަްއްކާ މާ ނުލަފާ އާއިލާޔަކުން އައި މާނުލަފާ މީހެއް ކަމައް ދައުވާ ކުރިމީހެއް ތީޔަ ކިޔާ ހަސަނަކީ Shame on you... HassanLatheef

  15. ސޯޓު

    އެމްޑީޕީގެ ކުރީސަފުގަ އެބަ ތިބިތަ ލަދުގަންނަން ނުޖެހޭ އެކަކުވެސް؟ ޖެނުއަރީ 1ވަނަ ދުވަހު ސްޓާސިނަމަ ކުރިމަތިން ދިޔަ މޯލްޑިވްސް ގޭސް ގެ ކުޑަ ޕިކަޕެއްގެ ކުރިމައްޗަށް މާލޭ މޭޔަރު އަރާ އެޕިކަޕު ހުއްޓުވީ އޭނާ ކޮންހައިސިއްޔަތަކުން ކަން އެގެން ވެސް ބޭނުން...މޭޔަރަކަސް ކަތީބަކަސް ދިވެހިރާއްޖޭގަ ދުއްވާ އުޅަނދުފަހަރު ހުއްޓުވާ ޑްރައިވާ ސުވާލުކޮށް ހެދޭނީ ހަމައެކަނި ގާނޫނީގޮތުން އެކަން ހަވާލުކޮއްފަ އޮންނަ ފުލުހުންގެ އިދާރާއަށް ... ދެން ސިފާ ކޮން ވައްތަރެއް އެޖެއްސީ؟

  16. އާމުރައްޔިތު މީހާ

    ފައިރޫޒަކީ ވަރަށްގާބިލު ބޭފުޅެއް.. ފުލުހުން މުވައްސަސާއިން އެދިޔައީ ވަރަށްބޭނުންތެރި ބޭފުޅެއް... ވަރަށް ދުވަސްނަގާނެ އެފަދަ ގާބިލު ކޮލެޓީހުރި މީހަކު އުފެދިގެން އަންނަން...

    14