2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ހެދި ދިރާސާގައިވާ އަންދާޒާއާ އެއްވަރަށް ފަތުރުވެރިން އައިސްފައިވާ ކަމަށް، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

2020 އަހަރު ނިންމާލިއިރު، ރާއްޖެއަށް 554،800 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީސް އިން އެކުލަވާލި ރިޕޯޓްގައި 2020 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ މިންވަރު ކަަމަށް ލަފާ ކޮށްފައި ވަނީ 450،000 އާއި 641،000 އާއި ދެމެދުގެ އަދަދެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2020 ވަނަ އަހަރު ނިމުނުއިރު، 555،213 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެއެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. ގާތްގަނޑަކަށް 32،000 ފަތުރުވެރިން ބޯޑަރު ހުޅުވާލި ފަހުން ރަޝިއާ އިން އައިސްފައި ވެއެވެ.

އަދި މިދިޔަ މަހު އެކަނިވެސް 96،225 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ރަޝިއާ ފިޔަވައި ދެން އެންމެ ގިނަ ފަތުރުވެރިން މިދިޔަ އަހަރު އައިސްފައިވަނީ އިންޑިއާ، އިނގިރޭސިވިލާތް، އެމެރިކާ އަދި ޖަރުމަން ވިލާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކޮވިޑް

  ދެން އަތްޖަހާ....

  7
  1
  • އ . ޖ . އ

   👏🏾👏🏾👏🏾👏🏾👏🏾👏🏾

 2. ބުހުތާން

  އެހެން ވެޖިއްޔާ ތިބުނި ބަހާ ދިމާ އިނދި ކޮޅަށް އަބަދުވެ ސް މިކަލޭގެ ބުނާކޮންމެ ބަހެއް ގެ އިނދި ކޮޅު ފެންނާނީ އެއީ މިކަލޭގެ ގައި ގަ ހުރިތެދުވެރިކަން!

  12
  1
 3. ވިސްނާލުމަށް އެދެމޭ

  މަޖުލިހަކީ ފަތުވެރިކަމުގެދާއިރާގެ ދިރާ ސާކުރާ މަރުކަޒުތޯ މަޖުލުހުން ދިރާ ސާކުރެވުނީ.. މަނިކުފާނު މމޕރ ސ އުވާލާފަ މަޖުލިހުން ފަތުވެރިކަން ކުރިއަރުވާ މަރުކަޒަކަށް މަޖިލި ސްހަދަންވީނުން.. ޗައިނާއިން ބުނަނީ އެމީހުން ލަފާކުރިވަރަށް 2020ގަ މާ ސްކް އެކް ސްޕޯޓްކުރެވިއްޖެއޭ..👋👋👋👋👋

  10
 4. މުރާސިލް

  މިދެން ބޮޑުވަރެކެވެ. މިކަމާއިވެސް ބެހެންޖެހެނީ މިކަލެގެ ހެއްޔެވެ؟

  11
  • ޜާއްޖެ

   އެހެން ވާނީ ހޮވާފަ ހުރީ ހައްޕު ކިޔައިގެން ރޯން އިންނަ ރައީސެއް.

 5. ޙ

  ފަތުރުވެރިން ބޯކޮށް އާދޭ އެކަމަކު ފައިސާއެއް ނެތް. ޟުއައްސަސާތައް ހުއްޓިފަ

 6. ރޯދަ މުބާރިކް

  ޢަނހާ! މިއޯ؟...މަޖްލީހު ރައީސޫ..!!

 7. ގލ

  ޕާޓީގެ ހިންގުން މޮޅުވީމަ ތިއަހެންތިޔަވީ. އެހާ ހުސިޔާރު
  ޕާޓީ އަ ކުން ކުރާނީ މޮޅެތި ކ ކަން ކަންތާ

 8. ސަލާމު

  ނަޞީބުތާ ކަލޭ ވިއްކައިލި އެޔަރޕޯޓު ކުރީގެ ރައީސް ޔާމީން ގަނެދީފައި އިތުރު އެޔަރޕޯޓުތައް އެޅިކަން. ފޮނި ތިޔަބޮވެނީ ޔާމީން އިންދެވި ބަގީޗާގެ މާތަކުން. ދެންވެސް ހިމޭންވޭ!

 9. އައްޑޫ މީހާ

  ދެން އެހެންވީމަ ބޯޑަރ ބަންދު ކުރަންވީނުން އަންދާޒާ ކުރިވަރަށް މީހުން އައީމަ މިހާރުގެ އިދިކޮޅުން ކަލޭ ގޮތައް ޓުއަރިޒަމް ބޮއިކޮޓްކުރަން ނުގޮވާނެ ވިއްޔާ

 10. ހަވާސާ އިބޫ

  މިގައުމުގައި ހަދާ ހުރިހާ ދިރާސާއެއް ހަދަނީ މަޖިލީހުން މުޅިއޮޑީގައި ހަސަނުގެ ދެފައި!

 11. މާމީ

  ފަތުރު ވެރިން ގިނަކުރަން މިސަރުކާރުން ކުރި އެއްވެސް ކަމެއް ނޮއޮންނާނެ..

 12. ފަޟޫ

  ހަތް މިލިޔަން ފަތުރުވެރިންނަށް އަމާޒުކޮށް ރައީސްޔާމީން މަސައްކަތްކުރެއްވިކަން ރަގަޅެއްނޫންންހެއްޔެވެ؟ 75 ރިސޯޓް އަލަށް އުފެއްދީ ފަސް އަހަރުގެ ޓާމުތެރޭގައެވެ. ދުނިޔޭގެ އެންމެ ބޮޑަތި ބޯޓުފަހަރު ޖެއްސޭވަރުގެ އައު ރަންވޭއެއް ހެއްދެވީ ފަސްއަހަރުގެ ޓާމުތެރޭގައެވެ. ދުނިޔެ ސިއްސައިގެންދާފަދަ ޓާމިނަލްއެއް އެހެރަ ނިމެނީއެވެ. ޕަވަރހައުސް އެހުރީ ނިމިފައެވެ. ތެޔޮ ރައްކާކުރާ ބޮޑަތި ތާންގިތައް އެހުރީ ނިމިފައެވެ. ދެން މިކަމުގަ ކަލޭމެންގެ ސަރުކާރުން ކުރިކަމެއް އެބަ އޮތްހެއްޔެވެ؟