މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 30 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 17 މީހުން ފައްސިވީ މާލެ އިންނެވެ.

މާލޭގެ އިތުރުން މިއަދު ދެން ކޮވިޑް-19 އަށް މީހުން ފައްސިވީ ރިސޯޓްތަކުންނެވެ. މިއަދު ރިސޯޓްތަކުން 13 މީހަކު ވަނީ ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 16 މީހުންނެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަދުވުމުން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ އިތުރު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 613 މީހުން އެބަތިއްބެވެ. މިއަދަކީ އެކްޓިވް ކޭސްތަކުގެ އަދަދު ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހަށްފަހު މިހައި މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ރާއްޖެ އިން މިއަދު 30 މީހަކު ކޮވިޑް-19 ފައްސިވީ 2105 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 13834 އަށް އަރައެވެ. އޭގެތެރެއިން 13166 މީހުން ވަނީ މިހާތަނަށް ބަލިން ރަނގަޅު ވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް ނިޔާވީ 48 މީހުންނެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު