13:05

ކޮވިޑް-19ގެ އާވައްތަރު ފެތުރެން ފެށުމާއި ގުޅިގެން ބަންދުކުރު ސައުދީއަރަބިއްޔާގެ ބޯޑަރުތައް އަލުން ހުޅުވާލައިފި.

11:57

ނިޔާމަ ރިސޯޓުން އިތުރު ފަސް މީހުން ފައްސިވެއްޖެ.

11:54

މަޝްހޫރު ޓީވީ ހޯސްޓު ލެރީ ކިންގް ކޮވިޑަށް ފައްސިވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި.

ކޮވިޑް-19 އަށް އިނގިރޭސިވިލާތުން ހުއްދަ ދިންތާ މަހެއްހާ ދުވަސްވާން ކައިރިވެއްޖެއެވެ. އެމެރިކާ އިން ވެކްސިން ދޭން ފެށިތާ ވެސް ދެހަފްތާ ވެއްޖެއެވެ. ނަމަވެސް ކުރިން ވެސް ލަފާކުރެވުނު ގޮތައް އަދި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ.

މިއަދު ވެސް 288,563 މީހުން ކޮވިޑް-19 އަށް ފައްސިވެ، 4,899 މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ކޮވިޑް-19 ވެކްސިން ގިނަ ގައުމުތަކެއްގައި ޖަހަމުން ގެންދިޔަ ނަމަވެސް ދުނިޔޭގެ ހާލަތު ރަނގަޅުވާ މަންޒަރު ފެންނަން އަދި ދެތިން މަސްދުވަސް ނެގުން އެކަށީގެންވެއެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު ވެސް ރާއްޖެ އިން 30 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 17 މީހުން ފައްސިވީ މާލެ އިންނެވެ. މާލޭގެ އިތުރުން މިއަދު ދެން ކޮވިޑް-19 އަށް މީހުން ފައްސިވީ ރިސޯޓްތަކުންނެވެ. މިއަދު ރިސޯޓްތަކުން 13 މީހަކު ވަނީ ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 16 މީހުންނެވެ. މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަދުވުމުން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ އިތުރު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 613 މީހުން އެބަތިއްބެވެ. މިއަދަކީ އެކްޓިވް ކޭސްތަކުގެ އަދަދު ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހަށްފަހު މިހައި މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ރާއްޖެ އިން މިއަދު 30 މީހަކު ކޮވިޑް-19 ފައްސިވީ 2105 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 13834 އަށް އަރައެވެ. އޭގެތެރެއިން 13166 މީހުން ވަނީ މިހާތަނަށް ބަލިން ރަނގަޅު ވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް ނިޔާވީ 48 މީހުންނެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލލ

    އޭ މީސްތަކުންނޭވެ ﷲ ބިރުވެތިވެ ﷲ އަޅުކަން ހާލިސްކޮށް ދުވާ ކުރައްވާ ތިޔަ ބަލި މަޑުކަން އިސާހިތަކު ﷲ ފިއްލަވާފާނެ !