ފުލުހުންގެ މުއައްސަސާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ރިޓަޔާކުރެއްވުމުން އެމްޑީޕީއަށް ސަޕޯޓް ކުރާ ގިނަ ބަޔަކު މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.

ފައިރޫޝަކީ އަބަދުވެސް އެމްޑީޕީ ސަޕޯޓަރުންގެ "ހަމަލާތައް" އަމާޒުވާ ބޭފުޅެކެވެ. ސަބަބަކީ އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވި ދުވަހު ފުލުހުންނަށް ކޮމާންޑް ކުރެއްވުމާއި ވަކިހިސާބަކުން ހަވާލުވި ބޭފުޅާ ކަމަށްވާތީއެވެ. ޖުމްހޫރީ މައިދާނުގައި ފުލުހުން އިށީންނިއިރު ފައިރޫޝް ފުލުހުންނަށް ކޮމާންޑް ނުކުރެއްވި ނަމަވެސް ފެބްރުއަރީ 07 ވަނަ ދުވަހު އޭރުގެ ޕޮލިސް ކޮމިޝަނަރ އަހްމަދު ފަސީހް ފުލުހުންނަށް ކޮމާންޑް ކުރަން ދެކޮޅު ހެއްދެވުމުން ފައިރޫޝް އަމިއްލައަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާއި ހަވާލުވިއެވެ.

ފައިރޫޝް ފުލުހުންގެ މުއައްސަސާގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރަން ރަސްމިއްޔާތެއް ބާއްވައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭނާ އަށް ޝުކުރު އަދާކުރެއްވުމުން އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ރިޓަޔާ ވާން ފައިރޫޝަށް ފުރުސަތު ދިނުމުން ހިތްހަމަނުޖެހުން ފާޅުކުރި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު ވެސް ހިމެނެއެވެ. ރައީސް ނަޝީދު ވަނީ ފައިރޫޝް ބަޣާވާތް ކުރިކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވިންތޯ ސުވާލު ކުރައްވާފައެވެ.

ފައިރޫޝް ރިޓަޔާ ވުމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ކޮމިޝަނަރ މުހައްމަދު ހަމީދު ލަދުގަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ބައެއް އާއްމު މެންބަރު ވަނީ ފައިރޫޝް ފުލުހުންގެ ޚިދުމަތުން ރިޓަޔާވިއިރު ވެސް ފެބްރުއަރީ ހަތަކަށް އިންސާފު ނުލިބުނު ކަމަށް އެމްޑީޕީ މެންބަރުން މީސް މީޑިއާގައި ދަނީ ބުނަމުންނެވެ.

ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރި އެވެ. އޭރު ފައިރޫޝް ހުންނެވީ ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގަ އެވެ. އަލުން ވަޒީފާ ދިނުމަށް ދައުލަތުން އެއްބަސްވުމުން އެގޮތަށް އަމަލުކުރަން ސިވިލް ކޯޓުން ހުކުމްކޮށް، އަލުން ވަޒީފާ ދިނުމުން ކުރިން ވެސް ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް ފައިރޫޝް ހަމަޖެއްސީ 2019ގެ ޖެނުއަރީގަ އެވެ.

ފުލުހުންގެ ޚިދުމަތުން ފައިރޫޝް ވަކިވެވަޑައިގަތްއިރު ފުލުހުންގެ މުއައްސަސާ އިސްލާހުކުރަން ފާސްކުރި ގާނޫނުގެ ދަށުން މި އަހަރު ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.

ފައިރޫޝް ރިޓަޔާ ކޮށްފައި މިވަނީ އޭނާ ވެސް ހިމެނޭ ގޮތުން ފުލުހުންގެ އިސްވެރިންތަކެއް މަގާމުން ދުރުކުރަން ސީދާ އަމާޒުކޮށްގެން ފުލުހުންގެ ޤާނޫނަށް ބޮޑު ބަދަލެއް ގެނެސްފައި ވަނިކޮށެވެ.

މިހާރު ރައީސް ތަސްދީގުކުރައްވާފައިވާ ފުލުހުންގެ ޤާނޫނު ބުނާ ގޮތުން ލާއިންސާނީ އަނިޔާވެރި އަމަލުތަކާއި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނުވަތަ އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާތަކާއި ކޮމިޝަންތަކަށް ހުށަހަޅާފައިވާ ފުލުހުންނާ މެދު ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ޖެހޭނެ އެވެ. މި ފިޔަވަޅު އަޅަން ޕޮލިސް ކޮމިޝަނަރަށް ލަފާ ދޭނީ، މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ ހަފުތާ ތެރޭގައި އެކުލަވާލަން ޖެހޭ ފުލުހުންގެ ބޯޑުންނެވެ.

ފައިރޫޝް ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރުމުން އޭނާ އަށް މުސާރައިގެ %50 ކޮންމެ މަހަކު ވެސް ރިޓަޔާމެންޓް ޕޭގެ ގޮތުގައި ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބާސް

    ބަލަ ބަލަ ހަސަން ކޮއްޔާ މިކެހެނަކައްތަ މިވީ؟؟ ކޮބައި ހަމިއްޓޭ؟ ލަދަގަނޭތަ ؟؟

    25
    1
  2. ޖަމަލު ފޮޑި

    ޑރ ފައިރޫޒަކީ ވިސްނުންތެރި ބޭފުޅެއް... ފެތުނު އޮޑީގެ ރިޔާ ދަށުގައި ވިޔަސް ބުރާންތި އެއްގެ އަތްދަށުގައި ނުވެ ވޭތޯ ބަލާތި... ބުރާންތި ޕާޓީ..

    58
    1
    • އަބްދުއްލަޠީފު

      ހައްހައްހައް. މަރުހަބާ ފައިރޫޝް. ބުއްޅަބޭ ކަރުގަ ހިތިރަހަ ލައްވާލާފަ ބެޗީ. ތީފިސާރި އައްޑޫދަރިއެއް.

  3. ނަޝީދު

    ކޮބާ ދެން ބާރައް ފެލިފަ އަތްޖަހާ އެއިތީ ރިޓަޔަރ ވެފަ ކަލޭމެން ތީ މިޤައުމުގެ ހަލާކު ޖަންޖާ މަނިކްފާނަކީ މިޤައުމައް ޖެހިފަ އޮތް ބަލާ މުސީބާތެއް....

  4. ޕޮލިސް ކޮންސްޓަބަލް

    ޑރ.ޢަބްދުﷲ ފައިރޫޝް ސަރ އަކީ ވަރަށް ހިނގުންތެރި، ޤާބިލް ފަރާތެއް.. ދަށުން މަސައްކަތް ކުރާ ފުލުހުންނަށް އިޙްތިރާމް ކުރާ ފަރާތެއް.. އެންމެ ދަށް ރޭންކްގެ ފުލުހަކީވެސް ފުލުހެއްކަން ދަންނަ ފަރާތެއް.. ސަރ އަށް ހެޔޮ ޞިއްޙަތަކާއި ކާމިޔާބީ ދެއްވާށިއެވެ. އާމީން..

    13
    1
  5. ހަގީގަތް

    މައުލޫމާތު ލިބިފައިވާގޮތުން މީނާ އާއި ހަމީދަކީ މިއީ 2004 ގައި ޕޮލިސްގެ ހަރަދުގައި އިންޑިޔާގައި އެކުގައި ކިޔަވަން އުޅުނު ދެމީހުން. ފަހުން އޮސްޓުރޭލިޔާގައި ވެސް އުޅުން ކަމަށްވަނީ. މާފަހުން މި ބަގާވާތުގައި ކަންކަމުގައި ހިޔާލު ތަފާތުވި ނަމަވެސް ފައިރޫޝް ފުލުހުން ވަކިކުރި ފަހުން އަނެއްކާވެސް އެއީ ރަހުމަތްތެރިންކަމާއި ހަމީދަށް ބާރު ލިބުނު ދުވަަހު އެންމެ ފުރަތަމަވެސް. އެލެކް އަހަންމަދުގެ ނުގަބޫލުގައި ވަޒީފާ ހޯދައިދިން ކަން ވަރަށް ސާފް. ފައިރޫޝް ބުރުވާލަން އަންނި ހެދި ބިލްގެ ހަމަތަކުން ކަނޑާލުމުގެ ކުރިން ރީތި ގޮތުގައި އޭނާ ރިޓަޔާރ ކޮށް ދިނީމައި އެމްޑީޕީ ކުދިން އަށް ހަމަ ނިދި ނުނިދޭނެތާ.

  6. ޝައްފަ

    ދުނިޔޭ ގެ އެއްވެސް ޤައުމެއްގައި ޔުނިފޯމް އަަޅައިގެން ބަޤާވާތް ކުރިމީހަކަށް ޢަދަބު ނުދީނުހުންނާނެ. ވީމާ މިއީ އެއްވެސް ވާހަކަ އެއް ދައްކަންވެސްވީ ކަމެއް ނޫން.

    2
    7
  7. ޝައުނާ

    ދުނިޔޭގެ އެއްވެސް ޤައުމަކުން މިގޮތަށް ތަޙްނިޔާ ނުކިޔާނެ. ރާއްޖޭގައި މިފަދަ ޤާނޫނެއް ހެދުނީ އިހަކަށް ދުވަހު ކަމަށްވާތީ މީނާގެ ކުށް ސާބިތު އަދި ނުވިޔަސް މީނާ އަކީ ބަޤާވާތް ކޮށްފައިހުރި މީހެއްކަމާއި މީނާ އަކީ ކުށްވެރިއެއްކަން ޙަމީދު އަށް ރަނގަޅަށް އިގޭނެ. އޮސްޓްރޭލިއާ ސަރުކާރަށާއި މީނާ ކިޔެވި ޔުނިވަރސިޓީ އަށް އަހަރެން އިއްޔެ އަންގައިފިން މީނާ އަކީ ކޮންފަދަ ނުބައި ކުށްކުށް ކޮށްފައި ހުރި މީހެއްކަން. ބަޤާވާތް ކުރި މީހެއްކަން.

    1
    11
  8. ޙ

    ސީޕީ ކަމަކީ ސިޔާސީ މަގާމެއް ނޫން... މީގެން ވެސް އެންގި ހާމަ ވަނީ ސީޕީ، އެމްޑީޕީގެ ބަރުގެ ދަށަށް ގެންދަން ބޭނުންވާކަން.... އެމްޑީޕީގެ ނޫފުޒު ދަށުގަ ސީޕީ ބަހައްޓަން އުޅޭކަށް.... ފުލުހުން ވެސް އެމްޑީޕީގެ ބޮޑުންގެ ބަރުގެ ދަށުގަ.... ހުރިހާ ބާރެއް އެމްޑީޕީގެ އަތުގަ.... އެމްޑީޕީން ކުރިންކީ ރ. މައުމޫން ހުރުހާ ބާރެއް ގެންގުޅުއްވަނީއްޔޭ ޑިކްޓޭޓަރ އެކޭ.. .އެމްޑީޕީގެ ވެރިންގެ ޑިކްޓޭޓަރ ކަން މާ ބޮޑު... އަންނި އަކީ ފައްކާ Dictator އެއް

  9. އައްޑޫ މީހާ

    ޙަޖަމެއް ނުވާނެ ކެނެރީގޭ މޮޔަސޮރާއި މޮއްކުރު ހަސަނު ފޭހި އިލޮށި އަމިއްލަ ލޮލަށް ހެރުނީމަ އެމީހުން އުޅުނީ ފައިރޫޝް ގުއިރޮދީގައި ޖައްސަން އެކަމެއް ޙާސިލެއްނުވި ދެން ބަލާނެ އެހެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފައިރޫޝަށް ދުއްޕާން ކުރަން ޕާސްޕޯޓް ހިފެހެއްޓުން ކަމުގައި ވިޔަސް އޑޕގެ ނުބައިކަން އޭނައަށް ދައްކާނެ ޖާހިލު އޑޕ

  10. ލުލޫ

    ކިހިނެއްހޭ ރިޓަޔަރ ވެވުނީ؟؟؟؟؟؟؟؟އިންސާފެއް ނޫން!!!!!!!!! ސިވިލް ސަރވިސް ގައި އަމިއްލަޔަށްވެސް ރިޓަޔަރ ވެވެނީ އުމުރުން 55 ވީމަ. އެހެންނޫނީ ޖެހެނީ އިސްތިއުފާ ދީފަ ގެޔަށް ދާން. ޕެކެޖެއް ނުލިބޭ. މިކަން ވެފަ އޮތް ގޮތެއް އަވަސް ނޫހުން ބަލަން ކެރިދާނެބާ؟