މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ނުވަތަ އިސްލާމީ މަޒުކަޒުގެ އާބާތުރަ ފިލުވައި ރަނގަޅަށް ބަލަހައްޓަމުން ނުގެންދާ ކަމަށް ވުދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒު އިމާރާތުގައި މަރާމާތު ކުރަން ޖެހިފައި ހުރި ބައެއް ތަންތަނުގެ ފޮޓޯ އާއިއެކު ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅުއްސުރެ ވަރަށް ލޯބިން ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު ރަމްޒީ ބިނާއެއް ކަމަށެވެ. މިތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމީ މަރުކަޒަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅުއްސުރެ ވަރަށް ލޯބިން ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު ރަމްޒީ ބިނާއެއް. މިތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރިކަމެއް. މިތަން ރަގަޅަށް ބަލަހައްޓައިދެއްވާ." ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ ޓްވީޓްގައި އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ޓްވިޓާ ހޭންޑަލް ޓެގް ކުރައްވާފައި ވެއެވެ. ނަމަވެސް ވައްޑެއްގެ ކަންބޮޑުވުންތަކާއި ގުޅިގެން އަދި މިހާތަނަށް އިސްލާމިކް މިނިސްޓްރީން ވެސް އަދި މިނިސްޓަރު އަހްމަދު ޒާހިރު ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އިސްލާމީ މަރުކަޒު އިމާރާތަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ބިނާކުރެއްވި އިމާރާތެވެ. އިސްލާމީ މަރުކަޒު ހުޅުވީ 1984 ވަނަ އަހަރު އެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހުންނަނީ އިސްލާމީ މަރުކަޒުގެ އިމާރާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރަދީފް

  ވައްޑެގެ ފަރާތުން މިހާތަނަށް ތެދުބަހުން ކުރެވުނު ޓްވީޓް.

  18
  1
 2. ބަދަވި

  ވައްޑެ ދާއިރާގަ ހަދާފަ ހުރި އިސްލާމީ މަރުކަޒު ނުހުޅުވާ އަހަރެއް ވެގެން ދިޔައިރު ވައްޑެ ކޮބާ މާދީންވެގެ މޮޅުވާހަކަ ނުދައްކާ.މޮޅެތި މެޑަލް ޖަހަން ވާހަކަ ދައްކާއިރު ދާއިރާގަ ހުރި މައްސަލަ ތަކުގެ ވާހަކަވެސް ދައްކާލުން ރަނގަޅުގވާނެ

 3. ސަމްސިއްޠާ

  ސިޓީ ކައުންސިލްމީހުން އުޅެނީ ޕާކްހަދަން. އިސްލާމިކް މިނިސްޓްރީ މީހުން އުޅެނީ ވާނުވާގައި.

 4. އިންނު މުހައްމަދު

  ތަންދޮރު ނުދަންނަ މީހުން މަޖިލީސް މެންބަރުނަށް ތިބީމަ ވާނީ މިހެން.. މައުލޫމާތު ނޭގި މަގުބޫލުވާން ވެގެން ދައްކާވާހަކަ.

 5. މާމި

  ގިނަ މިސްކިތް ތަކުގެ ހާލަތު ހުރީ ތިގޮތައް.. ސަރުކާރަކީ އިސްލާދީނައްވުރެ އެހެންދީންތަކައް އިހުތިރާމު ކުރާ ޖާހިލު ބަޔަކު ތިބި ސަރުކާރެއް ވީމަ ވާނެ އެތިވަނީ.. ދެން ކަރުނަ ބޭލީމަ ނިމުނީ

 6. ސޯލިހު 3 ޖެނުއަރީ 2021

  އިސްލާމު ކަންނެމީހުންވީމާވާނީ އެހެންނު ދީނީއެވެސްކަމެނެ ނާޤާބިލްމީހުންތިބޭ ސަރުކާ އިސްތިއުފާ