ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ހެދިދާނެ ކަމަށާއި އެއީ އެންމެ ބޮޑު އުއްމީދު ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމްގެ ބްލޮގުގައި އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކުރައްވައި ޝާއިރުކުރެއްވި ލިއުމެއްގައި ވިދާޅުވީ ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތަކަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތަށް ހެދިދާނެ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ދައުލަތަކަށް ރާއްޖެ ހެދިދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީވެސް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށްވުމެވެ. މުޅި ދައުލަތަކީވެސް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ދައުލަތަކަށްވުމެވެ. މިއީ ނުކުރެވޭ ވަރު ކަމެއް ނޫނެވެ. އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު މިވާހަކަ ދެއްކީމާ މީހުން ގާތަށް އަންނާނީ ލާނެއް ހިންޏެކެވެ. ނަމަވެސް، ވިސްނާވަޑައިގަންނަވާށެވެ." އަމިއްލަ ބްލޮގްގައި ޝާއިއުކޮށްފައިވާ ލިިޔުމެއްގައި ލިޔެފައިވެއެވެ.
ދިވެހިންނަށް ވުރެ ވަކި ތޫނުފިލި ބައެއްކަން ނެތްކަން ފާހަގަކުރައްވާ ޝަމީމް ވަނީ ދިވެހިންނަކީ ކުޅަދާނަ ބައެއްކަން ސާބިތުކޮށްދީފައެވެ. އެގޮތުން ތަފާތު އެކި ދާއިރާތަކުން ދިވެހިންނަކީ ބައިނަލްއަގްވާމީ ރަންވަނަތައް ހޯދާފައިވާ ބައެއްކަން އޭނާ ފާހަގަކުރައްވިއެވެ. އަދި ފަނޑިޔާރުކަމާއި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމާއި، ފުލުސް އޮފީހުގެ މަތިފަޑީގަ އާއި، އައިޖީއެމް ހޮސްޕިޓަލުގެ އިސް މަޤާމުތަކުގެ އިތުރުން ދައުލަތުގެ ހުރިހާ ދިމާލެއްގައިވެސް ތިބީ ބައިނަލްއަގްވާމީ ބޮޑެތި ޔުނިވަރސިޓީތަކުން ދުނިޔޭގެ ފެންވަރުގެ ފާސްތައް ހޯއްދަވައިގެން ތިއްބެވި ބޭބޭފުޅުން ކަމަށް ޝަމީމް ވިދާޅުވިއެވެ.
ދުނިޔޭގެ ފެންވަރުގެ ނަތީޖާ ނެރުއްވާފައިވާ ބޭބޭފުޅުން، ދުނިޔޭގެ ފެންވަރުގެ މަސައްކަތެއް ނުކުރާންވީ، ނުވަތަ ނުކުރެވޭންވީ ކީއްވެގެންތޯ ޝަމީމް ސުވާލު އުފައްދަވާފައިވެއެވެ. އަދި އެފަދަ ބޭފުޅުންނާ އެކުގައި ކިޔަވާ ވިދާޅުވި އެހެން ގައުމުތަކުގެ ބޭފުޅުން މިހާރު ތިއްބަވާނީ، އެބޭފުޅުން ނިސްބަތްވާ ގައުމުތަކުގެ މަތީ މަގާމުތަކުގައި ކަމަށާއި، އެބޭފުޅުން ކުރައްވާނީ ދުނިޔޭގެ ފެންވަރުގެ މަސައްކަތް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޕީޖީ އޮފީހުގެ އިތުރުން ދައުލަތުގެ ހުރިހާ މުއަސަސާތަކުން ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ޝަމީމްގެ ހުވަފެނެއް ކަމަށާއި ދިވެހިންނަކީ ހުނަރުވެރި ގާބިލް ބައެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފޮނި އަނގަތެޅުމާއި ބައިސާ ކެނޑުން ކަލޭމެންގެ ކަމަކީ. ކޮބާ ޝިފާގެ މައްސަލަ. ކޮބާ ކަނޑިންމަ ރިސޯޓް މައްސަލަ. ކޮބާ ކުރެއްދޫ ރިސޯޓްގެ މައްސަލަ. މިހެން ގޮސް އެތައް މައްސަލައެއް ވަޅުޖެހިފައި އެބަހުރި. ވަރަށް ބާރަށް ތަޙުޤީޤު ކުރާ ވާހަކަ ދައްކާނެ. ދަނީ ޗޮކުން. އޭރެކޭ މިހާރަކޭ ތަފާތެއް ނެތް ބޭނުންވާ މައްސަލަ ކޮންމެ ސަރުކާރެއްގައިވެސް ކުރިއަށް ގެންދޭ.
މިހާރުގެ ރައީސް ގެ ބަހުން ނަމަ ދުނިޔެއިން ބޭރުގެ ފެންވަރަށް ކަންކަން ކުރެވިދާނެ މައްސަލައަކީ ނުކުރުން ދޯ؟ވަރަށް ވުރެ ބޮޑަށް ފައިސާ އާ މަންޖޯޅި ޖެހުނީމަ ވާނެ ހައެތި ވަމުން މިދަނީ މި ޤައުމަށް.
ކަލެޔަށް ކުރެވޭނެ ކަމަކީ ބައިނަލްއަޤްވާމީ ވަގުންނާއެކު ޑީލްހެދުން!
މީނޫނީ ދުނިޔޭގައި އެބައޮތްތަ ސަރުކާރެއް ވަގުންނާއެކު ޑީލްހަދާ!
ޕީޖީއޮފީހައްޔަހޫދީންގެ ފެންވަރުގެ ޙިޒުމަތްފޯރު ކޮށްދެވިދާނެ ކަމާއިމެދު އެއްވެސް ޝައްކެއްނެއް
ކަލެޔަށް ތިކަން ވާނީ. އާޚުރަތް އެބަ އޮތްކަން ދަންނާތި!
ކަލޭގެ ލަދު ހަޔާތްކުޑަކަން ހިތަށް އައަރާފަ މަށަށް ހެވެނީ ހަމަ...
އިހަށް މީސްތަކުންނާ އިންސާފުން ދައުވާ ކުރަން ކަލޭ ދަސްކޮށްބަލަ. ނޫނީ މަހަށް ނޫނީ ފަތަން ދޭ. އެކަންވެސް ކަލެއަށް ކުރެވޭނެތީކީ ނޫން.. ކެމެރާއއަށް ކަލޭގެ ހަށިގަޑު ދައްކަން އެގޭނެތީ