ރާއްޖޭގެ މީޑިއާތަކާއި ސަރުކާރުގެ އިސް ބޭފުޅުން ދައްކަވަނީ އެންމެ ތިން މަރެއްގެ ވާހަކަ ކަމަށާއި އެ ނޫނަސް ވޭތުވެދިޔަ ތަނުގައި ހިނގާފައިވާ ގޮތް ނޭނގޭ އެހެން މަރުތަކަށް އިންސާފު ހޯދުމުގެ މަސައްކަތުގެ ވާހަކަ ނުދެކެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މެންބަރު ނަޝީދު ވިދާޅުވީ މިިދިޔަ ސަރުކާރާއި މި ސަރުކާރުގައި ވެސް "ސަލާމަތް ނުވެގެން" މި އުޅެނީ އެންމެ ތިން މަރުގެ މައްސަލައެއްގައި ކަމަށެވެ. ޖަމިއްޔާތަކުންނާއި މީޑިއާގައި ވެސް އިންސާފު ނުލިބިގެން ކަންބޮޑުވުން ފާޅުކުރާ މަންޒަރު ފެންނަނީ އެ ތިން މަރަށް އެކަނި ކަމަށެވެ.

އެއީ ކޮން ތިން މަރެއް ކަން މެންބަރު ނަޝީދު ވިދާޅުނުވިޔަސް އޭނާ އިޝާރާތް ކުރެއްވީ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީއާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރެވެ. މި ތިން މަރުގެ ފަހަތުގައި އަދިވެސް ސާފު ނުވާ އެތައް ކަމެއް އޮތްއިރު ތިން މަރަށް އަދިވެސް އިންސާފު ނުލިބުމަކީ މުޅި މުޖުތަމައު ވެސް ކަންބޮޑުވާ ކަމެކެވެ.

"މީޑިއާއަށް ވެސް، ޖަމިއްޔާތަކަށް ވެސް، އެ ނޫނިއްޔާ މަރެއް ނެތް ކަހަލަ. ދެން ހުރި މަރުތައް އެއްވެސް އަގެއް ނެތް ކަހަލަ ގޮތަކަށް މި ފެންނަނީ. 2012 އިން ފެށިގެން މިއަދާ ހަމައަށް، އަށް އަހަރު މި ދިޔައީ އެ ކަމުން ސަލާމަތް ނުވެގެން. ދެން މަރުވި މީހުނަކީ ވެސް ދިވެހި ރައްޔިތުން. ގެއްލިފަ ވެސް އެބަ ތިބި އެތައް ބަޔަކު. އެ މީހުންގެ ހައްގުތަކެއް ވެސް އެބަ އޮވޭ. އަބަދުވެސް ތިން މަރެއްގެ ވާހަކައިގަ ހުއްޓިފަ ތިބެނީ." މޮސްޓާ ވިދާޅުވިއެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލި ރިޔާސީ ކޮމިޝަނުން މި މައްސަލަތައް ތަހުގީގުކޮށް މިހާތަނަށް ތަހުގީގުތަކަށް ލިބުނު މައުލޫމާތުތަކުގެ މައްޗަށް އެ ކޮމިޝަނުން ބުނެފައިވަނީ އެ ތިން މަރުގެ ފަހަތުގައި ވެސް ވަނީ ހައްދުފަހަނައެޅި މީހުންތަކެކެވެ. ދީނީ ހަރުކަށި ފިކުރުގެ މީހުނެވެ.

މެންބަރު ނަޝީދު ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރޭ ވަރުގެ ވާހަކަ ދެކެވުނަސް ލާދީނީ ފިކުރު ފެތުރޭ ވަރުގެ ވާހަކަ ވެސް މީޑިއާތަކާއި ސަރުކާރުގެ އިދާރާތުން ނުދައްކާ ކަމަށެވެ. ދީނަށް ފުރައްސާރަ ކުރާކަން އެއްވެސް މީހަކަށް އޮޅިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ވެސް އެ ފިކުރު ފަތުރަން މަސައްކަތް ކުރާ މީހުން ތިބި ކަމަށެވެ. އެކަމަކު އެއީ ކޮން ބަޔެއް ކަމަށް އޭނާ ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    ތި އެއް ނޫން ސަލާމަތް ނުވެގެން އުޅޭ ކަމަކީ.. މި ޤައުމު މި އުޅެނީ މަޖިލީސްގެ ރައީސްގެ ވަބާ އާއި މުސީބަތުން ސަލާމަތް ނުވެގެން މޮސްޓާ.އޭނާ އަށް ހީވާކަހަލަ އަދި ވެސް މި ޤައުމުގެ ވެރިޔަކީ މީނާއޭ، ޔާﷲ ގ.ކެނެރީގޭ މުޙައްނަދު ނަޝީދުގެ ކިބައިން މިޤައުމާ އިސްލާމް ދީން ސަލާމަތް ކޮށްދެއްވާށި އާމީން،

    23
    1
  2. މަ ވޯޓާ-'ޒޒޒ

    މޯސްޓާ އަޑު އަހަނީ 13 އިން ފޮނުވާ ކުޅި މަޖާ ވާހަކަ ދޯ؟

    3
    28
    • ކޮވިޑް

      ނޫނޭ މަ ވޯޓާ މޯސްޓާ ބަލަނީ ރ ޓީވީ ގެ ނާޗަރަންގީ

      11
      2
  3. ޏ

    ބަލަ މަ ރުކޮމިޝަނިކީ ގިނަ މަ ރުތައް ބަލަން ހުޅުވާލި ޖާގަ
    އެއްނޫނެވެ މޑޕ އެތެ ރެ ކޮއިލް ޒީނަތްތެ ރި ކު ރަން ހުޅުވާލި
    ޖާގައެކޭ.

    19
    1
  4. ކޮރަލް

    ހައްދު ފަހަނަ އެޅުމަކީ ކުށެކެވެ. އެކަމު ދީނައް ފުރައްސާރަ ކުރުން ކުށަކަށް ނުވެ އެވެ. އަދި ފުރައްސާރަ ކުރާ މީހުންގެ މައްސަލަ ނުވެސް ބަލަ އެވެ.

    22
    1