"ތެޔޮ ބިޑި" ނުލިބެގެން ވާ މަޖުބޫރުގެ ސަބަބުން އިސްތިއުފާ ދިނުމަކީ "ބަޣާވާތެއް" ނޫންކަމަށް ވިދާޅުވެ، ދީނީ އިލްމުވެރިޔާގެ ޑރ.މުހައްމަދު އިޔާޒުގެ ބަހުގެ ހަމަލާތަކެއް ރައީސް މުހައްމަދު ނަޝީދަށް އަމާޒުވެއްޖެއެވެ.

އިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމާއި ގުޅިގެން އެމްޑީޕީ ސަޕޯޓަރުންގެ ބަހުގެ ހަމަލާތަކެއް އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ސަޕޯޓަރުން ފައިރޫޝް ދެކެ ރުޅި އަންނަނީ ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވި ދުވަހު ފުލުހުންނަށް ކޮމާންޑް ކުރެއްވުމާއި އޭނާ ވަކިހިސާބަކުން ހަވާލުވެ ލެއްވުމުންނެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރު ވެގެން ކަމަށް ބުނާތީ ޑރ.އިޔާޒް ވިދާޅުވީ އެމަޖުބޫރު ވުމަކީ "ތެޔޮ ބިޑި" ނުލިބިގެންވީ މަޖުބޫރެއް ކަމަށެވެ. "ތެޔޮ ބިޑިއެއް ނުލިބިގެން ވާމަޖުބޫރުގެ ސަބަބުން އިސްތިއުފާ ދިނުމަކުން ބަޣާވާތަކަށް ނުވާނެ." ކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

ތެޔޮ ބިޑިއަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ބޭނުން ކުރުމަށް ހަޝިޝް އޮއިލްއިން ތައްޔާރުކުރާ ބިޑިއެކެވެ.

ޑރ.އިޔާޒް ކުރެއްވި ޓްވީޓްގައި ވަނީ 7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެފައިވަނީ ބަޣާވާތަކުން ކަމަށް ވިދާޅުވެ ދައްކަވާ ވާހަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށެވެ. އެދުވަހު ކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ހާއްސަ ރިޕޯޓެއް އެކުލަވާލައި ވެރިކަން ބަދަކުވި ގޮތް ވަރަށް ސާފުކޮށް އެގެން އޮތް ކަން އޭނާ ފާހަގަކުރެއްވިއެވެ.

"7 ފެބުރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތައް ބަލައި އެކުލަވާލި ކޯނީ ރިޕޯޓްގައި ވަރަށް ސާފުކޮށް ބުނެފައިވޭ އޭރުގެ ރައީސް މުހައްްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިހްތިޔާރުގައި މަޖުބޫރުކަމެއް ނެތި ކަމަށް. ދެން އެޔަށް ބަޣާވާތޭ ކިޔޭނެ ހަމަ އަކީ ކޮބައިތޯ؟" އިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ދެކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމާއި ގުޅުގެން ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭނާއަށް ތައުރީފް ކުރައްވާ ދެއްކެވި ވާހަކަތަކަށް ޔައުގޫބު ވަނީ ރައްދުދެއްވާފައެވެ.

ޔައުގޫބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސީޕީގެ ވާހަތަކުން 7 ފެބްރުއަރީގައި ހިނގައިދިޔައީ ބަޣާވާތެއް ނޫންކަމަށް ސިފަވާކަމާށެވެ. ނަމަވެސް ސީޕީގެ ވާހަކަތަކަކީ ދިވެހިންނަށް ބަލައި ގަންނަން އުދަނގޫ ވާހަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުގޫބުގެ މި ޓްވީޓަށް ރައްދު ދެއްވަމުން އިޔާޒް ވަނީ ވެރިކަން ބަދަލު ވެފައިވަނީ ރަނގަޅަށް ކަމަށާއި، ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ފުޅަށްކަން ރިޕޯޓުން ހާމަވާން އޮތް އިރު، އެއަށް ބަޢާވާތެކޭ ކިޔޭނެ ހަމަޔަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޯނީ އިން މައްސަލަ ތަޙްޤީޤުކޮށްފައި ނިންމީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އަމިއްލަފުޅު އިހްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ރައްރިތުމީހާ

    ދިވެހީންނޭ ކިޔާފަ އަހަރުމެން ލާނެކަމެއްން. އަމިއްލައައް ބަލައި ނުގަނެވޭވާހަކަ ބުނޭ!

    48
    2
  2. ދަރުބާރު

    އެންޑީޕީ ގައި އުޅޭ ލާދީނީ ކުދިންނަކަށް ހަޖަމެއް ނުކުރެވޭނެ ދޮތަ. އިސްލާމި ރިވެތި އުޞޫލު ދަސްކޮށްބަލަ

    66
    9
    • ޚާނަ

      ޢިޔާޒު ދައްކަނީ ޖަންގަލީގެ އުސޫލު. އިސްލާމީ އުސޫލެއްނޫން.

      6
      16
  3. Rahyithumeehaa

    👍👍👍👍👍👍

    26
    6
  4. މަހުލޫފުގެ ރަހްމަތްތެރިޔާ

    ތެޔޮ ބިޑި ނުލިބެގެން ވާމަޖުބޫރުން އިސްތިއުފާ ދިނުމަކީ "ބަޣާވާތެއް" ނޫން ހަ ހަ

    67
    5
  5. ޝަކޫރުބޭ

    އަންނިގެ އިސްތިޢުފާ ގުޅިފައިވަނީ ބަޣާވާތަކަށްތޯ ބަލާ ރިޕޯޓު ހެދުމަށް އެއްކުރެވުނު ލަޝްކަރަކީ އެމްޑީޕީއާއި އަންނި އެދޭގޮތަށް އެއްކުރެވުނު ލަޝްކަރެކެވެ. އެ ލަޝްކަރުގައި އެމްޑީޕީއަށް މާލީއެހީޔާ ޤާނޫނީ އެހީދޭ އެންމެ ބޮޑު ޖަމާޢަތްކަމުގައިވާ ކޮމަންވެލްތުގެ ލަޝްކަރެއް ހިމެނުނެވެ. އަދި ރާއްޖެއިން އެމްޑީޕީ އެންމެ ރުހޭ ގަހާ ސަޢީދު އެ ލަޝްކަރުގައި ހިމެނުނެވެ. ބޮޑުމުސާރަދީ އެތައްމަހެއްވަންދެން ދިރާސާ ހެދުމަށްފަހު ލަޝްކަރުގެ ރިޕޯޓު ޢާއްމުކުރިއިރު ބުނެފައިވަނީ އެއީ ބަޣާވަތެއް ނޫންކަމަކަމަށެވެ. މިހާރު ދެން ބަޣާވާތޭ ޖަނާޒާއޭ ބަލާވެރިކަމޭ ކިޔައިގެން އަގަ އެރުވުމުގެ ބޭނުމެއް އެމްޑީޕީއަށް އެބަ އޮތް ހެއްޔެވެ؟

    97
    10
    • ސާމިޔާ

      ސަޅި ކިޔާލާހިތްވާކަހަލަކޮމެންޓެ އް،

      24
      1
    • ހޮޅިވާހަކ

      ކުޑަ ކުދިންކައިރީގަ ދައްކާ ޒާތުގެ ފޭކު ހޮޅި ވާހަކަ ނުދައްކާ.. ތިޔަ ބުނާ ކޮމިޓީއެއްގަ ގަހާ ސައީދު ނޫނީ ތިބީ ހުސް ޔާމީނުގެ ޕަޕެޓުން.. ޔާނު ސަރުކާރުގަ ބޮޑެތި މަޤާމު ދިން ކޮރަޕްޓް ޑރ ފަވާޒުމެން ކަހަލަ ނަފުސު ވިއްކާ އަގެއް ނެތް މީހުން

      1
      13
  6. ރރ

    ޑޮކްޓަ އިޔާޒް އަކީ މީހުންގެ ޤަދަރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ދީނީ އިލްމި ވެރިޔެއް

    63
    32
  7. އަޚުލާގު ފޮތުން

    ބަހުގެ މުރާދަކީ ބޮނޑިބަތާއި ބައިއަތު ހިފުން

    29
    3
  8. ޖަމަލު ފޮޑި

    ކުޑަކޮށް އެބަ ރަނގަޅުވޭ...

    44
    7
  9. ރރ

    ހަޤީގަތް ބަދަލެއް ނުކުރެވޭނެ ދެއްތޯ ޑޮކަޓަ އިޔާޒް ވެރިކަން ކުރަން ނޭންގުނީމާ އިސްތިއުފާވެސްދޭނެ . މީހަްީގަތަކީ

    60
    4
    • ސަރާ

      ސުރުޚީ ގޯސް އިޔާޒު ތެޔޮ ބިޑި އެ އް ނުހި އްޕަވާނެ ޝޫލާ ޝިރާބް ހި އްޕަވާނީ އެ އެ އްޗެ އް ހި އްޕަވަ އިގެން ހުރެ ހެ އްދެވުނު ގޯހަކުން އިސްތި އުފާ ދިނީ

      14
  10. ގަން ފޭދޫ ނިހާ ދު

    މީނަ ފަތުރާ މަކަރުވެރި ވާހަކަތަކާއި މެދު ހިތާމަ ކުރަން

    2
    8
  11. ގަން ފޭދޫ ނިހާ ދު

    މީނަ ފަތުރާ މަކަރުވެރި ހިޔަޅު ވާހަކަތަކާއި މެދު ހިތާމަ ކުރަން

    4
    4
  12. ބާބޫ

    ކެރަފާ އަބޫޖަލު އިސްތިޢްފާ ދިނީ އަމިއްލައަށް ތެލުގެ އަވާގައި، އަނެއް ދުވަހު ހޭވަރިކަން ވުން ޖަހުލު ބުނީ ގަން ޕޮއިންޓޭ..............މިވަރު ބީތާ އިން ގެ ވާހަކަ ކާކު ޤަބޫލުކުރާނީ

    27
    1
  13. މަނީމަނީ

    ބޮނޑިބަތް ގިނައިން ކައްކާ އެއާއި ހޭކޭމީހުން އަނގަދިޔާވާނެ އެއީ އެބަތްގަނޑު ފޮނިބީމަ

    8
    1
  14. ރަންރީނދޫލަޝްކަރު

    އިޔާޒޫ މިހާރު ކަލޭގެ ކަންތައް މާ މައްޗަށް ތިދަނީ.. ސިޔާސީ ވާހަކަ ދައްކަން ވަޒީފާއިން ޔުނިވާސިޓީއިން ވަކިވެގެން ހުރޭ.. ކަލޭ ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް މިހާރު މިފެއްޓީ..

    3
    20
  15. ރަންރީނދޫލަޝްކަރު

    އިޔާޒަކީ ވެސް ބާޢީއެއް.. 7 ފެބްރުއަރީ 2012 ގެ ބަޢާވަތް ބަލަން ފެއްޓީމަ ޙަޖަމް ނުވަނީ..

    2
    14
  16. ކުންނު

    7 ފެބުރުއަރީ ކީއްކުރަން މިހާރުވެސް މި ލާދީނީ ބައިގަނޑު ރައްޔިތުންނަށް ސަރުކާރު ހަވާލުކޮށްފައިދާންވެއްޖެ މި މުޅިމާލެ ވަގުންގެ ހާއްޔަކަށްވެއްޖެ. ތެޔޮބިޑި ގިންވެއްޖެ

    21
    1
  17. އަބްދޫ

    ފެބްރުއަރީ 7 2012 އަކީ ނަސީދު ގެނެސްގެން އުޅުނު ބަގާވާތަކުން ގައުމު ސަލާމަތް ކުރެވުނު ދުވަސް. އޭރު ނަސީދު ވަނީ ދުސަތުރީ ބަގަވާތެއް ގެނެސްފަ، އެކަންއެހެނީ މުލީއާގޭގަ ނަސީދު ލިއުއްވާފަ އޮތް ލިއުމެއްގަވޭ. ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގިކަމަށް ހަވީރު ނޫހުންނަގާފަ އެލިއުމުގެ ކޮޕީއެއް މިހާރުވެސް އެބައޮތް. ދެން އިއުލާންކުރީ ގާނޫނުއަސާސީ ވަނީ ހުއްޓިފާކަމަށް މާނަޔަކީ ގާނޫނުއަސަސީއަށް އަމލުކުރުން ހުއްޓާލި ކަމަށް. ވީމާ އެގެނެވުނީ ދުސްތޫރީ ބަގަވާތެއް. އެއީ ތަހުގީގު ހިންގާ އަދަބުދޭންޖެހޭކަމެއް.

    16
    2
  18. ރިފާއު

    މީކޮން މާ ސިޔާސީ ވެގެން އުޅޭ ބޯ ބުރާންތި ތުބުޅި ސޭކެއް! އޭ ދީންވެރިން ނަކީ ސިޔާސީ ވެގެން އުޅޭ ބައެއް ނުން! އނގަ މަޑުން ލާގެން އިދޭ އައްޑޫ ރޯނު އެދުރު ސޭކު ޝޭޚު!

    3
    17
  19. Anonymous

    ކަލޯ ތިޔަ ބަޤާވާތުގެ ތުހުމަތު އެމްޑީޕީން އެންމެ ބޮޑަށް ކުރި މީހުން ތިބީ ސަރުކާރު ފަޅީގަ ކޯލިޝަން ހަދައިގެން. ތިޔާ ތިބީ ވެރިކަމުގަ.. ތަހުގީގު ކުރަންވީނު އެކަން ވެސް؟

    10
    1
  20. ޖަމަލުފޮޑި

    އެ އެއްޗެއްގެ ލެވެއްލަށް ރައްދުދިނީމަ ނޫނީ، ގެޓެއް ނުވާނެ. ސާބަސް ޑރ. އިޔާޒު

    17
    2
  21. ތަޚާނުގެ ޢަލިދީދީ

    ޑރ. އިޔާޒް ހަބޭސް.

    15
    1
  22. ރޯނު އެދުރު

    ބަލަގަ ކެބިނެޓް ވެސް އިސް ތި އުފާދެ އްވި ނޫން ތޯ އެލެކުސް ބަ އާވާތް ކޯ އްގެން

    16
    2
  23. ކާފަބޭ2020

    ޑރ އިޔާޒު ތިޔަ އުޅުއްވަނީ ދަގަނޑުރުފިޔާ އެ އްއގެ ދެފަރާތް އެއީ ދެރުފިޔާކަމަށް ދަ އްކަވަންތޯ؟ ބުނެވޭހަރުބަހެ އްގަވޭ ސަންފާއޮނަކަށްލާފަ ކިތަންމެދުވަހަކުނުނަގާބޭ އްވިޔަސް ހަމަނަގާއިރަށް އަސްލުގޮތަށް ގުދުވާނެ އޭ ވީމާ 1 ރުފިޔާދެރުފިޔާ އަކަށްނުވާނެ ވާނީހަމަ 1 ރުފިޔާ އަށް، އެރުފިޔާގެ ފައިބުޑުގަ ބޯބާ އްވަ އިގެން ތިޔަކިޔަނީސަނާ! ކީ އްވެ ދީނަށް މަލާމާތްކޮށްރިޕޯޓުތައްނެރޭ އިރު ހަނުހުންނަނީ މަދުވެދާނެތީތޯ؟

    2
    1
  24. ޢަފީފްދީދީ

    އަންނި އެދުވަހު އިސްތިއުފާ ދިނީ ހަމަފިނޑިކަމުން، އޭނާހުރި ހާލަތުންހީވީ ބަޔަކު އޭނަގަޔަށް ބަޑިޖަހާފާނޭ ، އެހެންނަމަވެސް ހޭބުއްދި ހުރިމީހަކަށް ނަމައެނގޭނެ ރައީސްގެ ބޮޑިގާޑުން ވަށައިގެން ތިއްބާ ބަޑިނުޖަހާނެކަން.
    ޢެއީ ހުރިހާ ރައްޔިތުން ކުރިމަތީ ހިސާންގެ ލަފާގެމަތިން ލައިވްކޮށް ދެއްވި އިސްތިއުފާއެއް !މިއަދުވެސް އެހިތާމައިގާ އެއުޅުއްވަނީ!