ރައްޔިތުންނަށް އިތުބާރު ކުރެވޭ ފަދަ ފުލުހުންގެ ހިދުމަތެއް ނުލިބި ލަސްވަމުން ދަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ފައިރޫޝް ފަދަ ފުލުހުންގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

މެންބަރު ސިރާޖް މިހެން ވިދާޅުވެފައިވަނީ، ފުލުހުންގެ ވަޒީފާއިން ފައިރޫޝް ރިޓަޔާވުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރަސްމިއްޔާތެއް ބާއްވަވައި އޭނާއަށް ވަަރަށް ބޮޑަށް ތައުރީފް ކުރެއްވުމުން އެމްޑީޕީގެ ގިނަ ސަޕޯޓަރުން މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.

ފައިރޫޝްއާ މެދު އެމްޑީޕީގެ ގިނަ ސަޕޯޓަރުން ނުރުހުން ފާޅުކުރަނީ އެ ޕާޓީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނު ދުވަސް ކަމުގައިވާ ފެބްރުއަރީ 7، 2012 ގައި ފުލުހުންގެ ތެރެއިން ބަޔަކު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާގައި ބައިވެރިވިއިރު ފުލުހުންނަށް ފައިރޫޝް ކޮމާންޑް ދެމުން ދިޔުމާ ގުޅިގެނެވެ. ނަޝީދަށް ނުކިޔަމަންތެރިކަން ދެއްކި ފުލުހުންގެ ތެރޭގައި ފައިރޫޝް ހިމެނޭ ކަމަށް އެ މީހުން ބުނަމުންދެއެވެ.

ސިރާޖް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފައިރޫޝް އެ ދުވަހު ކުށެއް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ޓްވީޓްގައި އޭނާ ވަނީ ފެބްރުއަރީ 7، 2012 ގައި ފުލުހުންނަށް ފައިރޫޝް ކޮމާންޑް ދޭން ހުއްޓައި ފެންނަ ފޮޓޯއެއް ވެސް ހިމަނާފައެވެ. ސިރާޖް ވިދާޅުވީ ދެން އިސްތިއުފާ ދީ ނުވަތަ ރިޓަޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ ކަމަށެވެ.

"ރައްޔިތުން އެދޭ ފަދަ އިތުބާރުކުރެވޭ ފުލުހުންގެ ހިދުމަތެއް ނުލިބި ލަސްމިވަނީ ފައިރޫޝް ފަދަ ފުލުހުންގެ ސަބަބުން،" ސިރާޖް ވިދާޅުވިއެވެ.

ފެބްރުއަރީ 7، 2012 ގައި ހިނގާފައިވަނީ "ބަޣާވާތެއް" ކަމަށް ރައީށް ނަޝީދާއި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރެއެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ކޯނީ ރިޕޯޓްގައިވާ ގޮތުން އެމަނިކުފާނު އެ ދުވަހު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށެވެ. އެ ކޮމިޝަންގެ ތަހުގީގު ގެންދިޔައީ ނަޝީދު މަންދޫބެއް ވެސް ކޮމިޝަންގައި ހިމެނިގެނެވެ.

މީގެ ކުރިން ފައިރޫޝް ފީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވެސް ވެއެވެ. އެއީ 2017 ވަނަ އަހަރުގައެވެ. އެއީ އޭރުގެ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވުރެ އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެށްޓެވީ ޑިސެމްބަރު 2019 ގައެވެ. ޖެނުއަރީ 2019 ގައި ކުރިން ވެސް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ފައިރޫޝް ހަމަޖެއްސެވިއެވެ.

ފައިރޫޝް ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ އިއްޔެއެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބޮޑު އަރަތެއް

    ދެން އެމްސީމެން ފަދަ އިންޓެލް ލީކް ކުރާ މީހުން ލީމާތޯ އިތުބާރު ލިބެނީ؟

    47
    • ބޯހަލާކު

      އެމްޑީއެން ހަމީދު (ދީނައް) ފެރައްސާރަކުރާމީހުންލީމަ އަ....ހަދާން ވާނީ.

  2. ކޮވިޑް

    މެންބަރު ސިރާޖް ތިޔަވަދާޅުވަނީ ރައްޔަތުން އިތުބާރު ކުރާނީ ލާދީނީ އަދި ނައިޓް ކުލަބް ތަކުން ފެންނަ ވެރިން ޕޮލިސް ގެ އިސް މަޤާމުގާ ހުރީމަތޯ؟އެހެން ވީމާ ރައްޔަތުންގެ އިތުބާރު ހޯއްދަވަން މާލޭގެ މަގުތަކުގެ ކަންކަން މަތީ ތިބި އިތުބާރު ލިބިފައިވާ މީހުން އަވަހަށް ޕޮލިހަށް ވައްދަންވީނޫންތޯ؟ ރައްޔިތުން މިތިބެނީ އިތުބާރު ނުލިބިފަ.

    59
    • ޙައްގުބަސް

      މެމްބަރު ސިރާޖަށް ޑރ.ފައިރޫޝް މިރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވި ކަހަލަ ޚިދުމަތެއް ނުކުރެވޭނެ! އެގާބިލްކަންވެސް ސިރާޖްގެ ކިބައިގައި ނެތް!! އެފަދަ ތަޢުލީމެއްވެސް ނެތް! ތަނަކަށް ވަދެ ލޯޔަރެއްގެ ސަނަދު ލިބުނީ ކިހިނެތްތޯ އަމިއްލަ ހިތާ ހިތާ ސުވާލުކުރޭ ސިރާޖު ކަލޭ!! އެސައިންމަންޓު ހެދީ ކިހިނެތް؟ ޖަވާބުދީބަލަ؟ ޑރ.ފައިރޫޝް ފުލުހުންގެ ވަޒީފާގައި 20 އަހަރު ދުވަހު ޚިދުމަތްކުރުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފަ އެދިޔައީ ހިނިތުންވުމާއެކު!! އެއީ ފުލުހުންގެ މުއައްސަސާއަށާ ޖުމްލަކޮށް ދިވެހި ރައްޔިތުންނަށް ރަގަނޅު ޚިދުމަތެއް ކޮށްދެވުނުކަމުގެ ފުން އިހްސާސާއެކު!! ސިރާޖަކަށް ނޭނގޭނެ ޑރ.ފައިރޫޝްއެއް! އޭނާގެ ގާބިލްކަމެއް!! އޭނާ ފުލުހުންގެ މުއައްސަސާއަށް ކޮށްދެއްވި ޚިދުމަތެއް! އޭނާ އެމުއައްސަސާގެ އެކިއެކި ކަންކަން ރަގަނޅުކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތް!! އެއީ މަގުމަތީ މީގެކިުރިން ދަމާ ކަނޑަން އުޅުނު މީހެއްނޫން!! އޭނާގެ މުޅި ޙަޔާތް އެހޭދަކުރީ ކުޑައިރުއްސުރެން ފެށިގެން ޢިލުމު އުނގެނުމަށާ އޭނާގެ ނަފްސު ތަރައްގީކުރުމަށް!! އޭގެ ފަހުން މީގެ 20 އަހަރު ކުރިން އޭނާ ފުލުހުންގެ ވަޒީފާއާ ގުޅުނީ!! ފުލުހުންގެ ޚިދުމަތުގައި ހުރެގެން އޭނާ ޕީއެޗްޑީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީއަކުން އެހާސިލްކުރީ! އޭނާއަކީ ކިޔަވަމުން ދިޔައިރުވެސް އޮސްޓްރޭލިޔާގެ ޔުނިވަސިޓީއެއްގައި އެޔުނިވަރސިޓީގައި މާސްޓާސްއަށް ކިޔަވަމުންދިޔަ ދަރިވަރުންނަށް ލެކްޗަރ ދިނުމުގެ ވަޒީފާ އަދާކުރަމުން ދިޔަމީހެއް!! ސިރާޖަކީ ކާކު؟ މީނާއަށް ފައިރޫޝް އެގޭތަ؟ މިއީ އަޅެ ކާކުތަ؟ ޑރ.ފައިރޫޝް ކައިރީ ހަމަޖެހޭނީ ފިރުކެން! ތިމާގެ އިސްކޮޅަށްވުރެން ތިމާގެ އަނގަ ފުޅާކުރަން މިއީ އަޅެ ކާކުތަ؟ ސިރާޖަކަށް އަދި ނޭނގޭނެ ޚިދުމަތަކީ ކޯޗެއްކަމެއްވެސް! އެހެންވީމަ ތިމާގެ ހަމައިސްކޮޅާ އެއްވަރުގެ ވާހަކަ ދައްކާ!!

      11
      1
      • ޖާހިލެއްނޫން

        ޑރ.ފައިރޫޝް ޚިދުމަތުގައި ހުރެގެން އޭނާ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީއަކުން ޕީއެޗްޑީ ހާސިލްކޮށްފާނެ.ކިޔަވަމުން ދިޔައިރުވެސް އޮސްޓްރޭލިޔާގެ ޔުނިވަސިޓީއެއްގައި އެޔުނިވަރސިޓީގައި މާސްޓާސްއަށް ކިޔަވަމުންދިޔަ ދަރިވަރުންނަށް ލެކްޗަރުވެސް ދީފާނެ.އެއީ އާކަމެއްނޫން ކޮންމެދާއިރާއަކުން މާސްޓާސް ނުވަތަ ޕީއެޗްޑީ ހެދިއަސް އެއްމީހަކު ކިއަވާކޮލެޖްގެ ނުވަތަ ޔުނިވަރުސީޓީގެ އެއޭނާއަށްވުރެ ޖޫނިއައް ބެޗަށް ލެކްޗަރުދޭންޖެހޭ.އެއީ ފަރިތަކުރުމަށް ކުރާކަމެއް.ދިވެހިން ނަށް ހީވަނީ ޕީއެޗްޑީއޭބުނީމަ އެއީރޮކެޓް ސައިންސްހެން.ޕީއެޗްޑީއަކީ ވަކި މައުލޫއަކަށް ނުވަތަ ވަކިކަމެއް ދިރާސާ ކުރަން އެއްކުރާ މައުލޫމާތުގެ މައްޗަށް ތައްޔާރުކުރެވޭ ދިރާސާއެއް.މިސާލަކަށް ރާއްޖޭގަ ހާލަތުގަނަމަ ސައިކޮލޮޖީގެ ރޮގުން ޕީއެޗްޑީހަދާ ދަރިވަރަކަށް އެކަމަށް ލިބޭމައުލޫއަކަށް ވެދާނެ ރާއްޖޭގަ ވަރިގިނަވަނީ ގެދޮރުގެ ތަތިކަމުންތޯ ނުވަތަ ޅަފަތުގަ ކައިވެނިކުރާތީތޯ ނުވަތަ ލިބޭއާމްދަނީއަކީ އާއިލާގެ ހަރަދު ބެލެހެއްޓޭވަރުގެ އާމްދަނީއަކަށް ނުވާތީތޯ.ދެން އޭނާއެއްކުރަން ފަށާނީ ވަކި މުއްދަތެއް މިސަލަކަށް 1999 ކުން 2010 އަށް ކައިވެނިކުރެވުނުމީހުންގެ މައުލޫމާތުތަށް އެ އާއިލާތަކާ ގުޅައިގެން،ފެމިލީކޯޓާ އަދި ކަމަބެހޭއިދާރާތަކާ ގުޅައިގެން މިހެން ގޮސް އެއްކުރެވޭމައުލާމާުތަކާ ތަފާސް ހިސާބުތަށް އެއްކޮށް ސައިންޓިފިކް ހަމައަކުން އެތަފާސްހިސާބުތަށް ދިރާސާކޮށް ނިންމާނީ ރާއްޖޭގަ ކައިވެނި ރޫޅެނީ މިވެނި ސަބަބަކާހުރެއޭ.ވީމާ ޔުނިވަރުސިޓީތަކުން ހިންގާ ޕީއެޗްޑީ ޕޮރޮގްރާމްތަކަކީ ގައުމުގެ އެކިއެކިކަންކަން ހައްލުކުރުމަށް އަދި ސިޔާސަތުތަށްވެސް ކަންޑައެޅުމަށް ހިންގޭ ސައިންޓިފިކް ދިރާސާއެއް.އެއީ ޓެކްސް ފޮތުންކިޔަވާ ކިޔެވެލިތަކެއްނޫން.އަދި ދިވެހި ގިނަޒުވާނުން އޮސްޓްރޭލިއާގެ މާސްޓާސް ޕޮރޮގްރާމް ހަދަނީ ޒާތީ ފައިދާއަކަށް.އެތަނުން މާސްޓާސް ނިންމާ އެގައުމުގެ ރައްޔިތަކަށް ވުމަށް ހުށަހަޅާތާ ހަމަސްތެރޭ އެތަނުގެ ޕީއާރު ނުވަތަ ޕާމަނަޓް ރެސިޑެންސީލިބި އޭގެފަހުން ކުޑަދުވަސްކޮޅަކު އެތަނުގެ ސިޓިޒަންޝިޕް ލިބޭނެ.އޭގެފަހުން އެގައުމުގަ ދިރިއުޅެން ފަސޭހަ.ތިމާމީހާގެ ވަޒީފާނެތަސް އަބިދަރިން ކައިބޮއިހަދަން މަހަކު ހިލޭ ދަރިއެއްގެ ބޮލަށް ދެހާސް ޑޮލަރުދޭނެ.ދެންދެމަފިރިން ޓެންޝަނެއްނެތި ލޯބިކޮއްލަކޮއްލަ މުޅިުމުރު ތިބެވޭނެ.ދިވެހިންގެ އެއްބަޔަކު މިކަމަށް އެތަނަށް ހިޖުރަވާއިރު އަނެއްބަޔަކު ދަނީ މާލޭގަ އުޅޭނެ އެކަށީގެންވާ ތަނެއް ނުލިބޭތީ ނުވަތަ ބިމުގެ ދަތިކަމުން އެތަނުން ބިމާގެ ފަސޭހައިން ގަނެވޭނެތީނުވަތަ ރާއްޖޭގަ ކިޔަވާ މޮޅުވާމީހުން ނަށްމަގާމުދިނުމުގެ ބަދަލުގަ ނުކިޔަވަތިބޭ ބީތާއިންގެ ދަށުންމަސައްކަތް ކުރަންޖެހޭތީ މާޔޫސްވެގެން.ފައިރޫޝް އަކީމާސްޓާސް ނުވަތަ ޕީއެޗްޑީއޮތަސް އިލްމުހާސިލުކުރި މިހަކަށް ނުވެވޭނެ. ހާސިލް ކުރި އިލްމަކީ ފުރިހަމަ ބުއްދީގެ ބޭނުންހިފަން އެގޭނުވަތަ އީގާތެރި ހައްގުބަނސްބުނަންކެރޭ އިންސާނަކަށް ނުވެވޭނަމަ.އިލްމަކީ ޖަހާލަތުގެ އަނދިރިކަމުން އިންސާނާސަލާމަތް ކުރާއެއްޗެއް.މަށަކު މީ ޕިންކަށް ނުވަތަ ރީންދުލަށް ވެސް ތާއީދުކުރާމިހެއްނޫން.ނަމަވެސް ނަޝީދު ވެރިކަން ދޫކޮށްލިއަސް އަދި ދުރުކުރުވިއަސް ފައިރޫޝް ފުލުހުން ގެ ކޮމާންޑުގެ އިސްއޮފިސަރަކަށްވެހުރެ މާލޭގަ އޭރުމުޒާހިރާކުރި ރައްޔިތުން ނަށް ކުރިއަނިޔާއަކީ ބަލައިގަނެވޭނެކަމެއްނޫން.ދިވެހި ފުލުހުންގެތެރޭގަ އިލްމުލިބި ހައްގުބަސްބުނަންކޭރޭ މަދޫމީސްކޮޅެއް ތިބިނަމަވެސް އެފަދަ އަނިޔާވެރިކަމެއް ރައްޔިތުންގެ މައްޗަށް ނުހިންގޭނެ.ފުލުހުންލައްވާ މުސްކުޅި ކާފަ މާމަ އަދި އެމިހުންގެ މަންމަ ނުވަތަ ބައްޕަވަރުގެ ދޮށީއުމުރު މީހުން ފަހާދުވެ ސީދާލޮލަށް މޫނަށް އަމާޒުކޮށް ޕެޕާސްޕްރޭޖަހާ ހެދި ހެދުން އަދި ހަތިޔާރެއް ނެތި ހުސްއތާ ނުވަތަ ބޯޑުތަކެއް ހިފައިގެން މުޒާހަރާކޮށް ގައުމުގެ ގާނޫނުން ލިބިދީފަވާ ހައްގެއްގެ ބޭނުންހިފަމުން ދިޔަ ރައްޔިތުންގަޔަށް ލޮލަށް ބޮލަށްއަރާ ޝީލްޑުތަކުންނާ މުގުރުތަކުން އަނިޔާކުރި ކުރުންވާނީ އިންސާނިއްޔަތާހިލާފު އަދި ގާނުނާހިލާފު އަމަލަކަށް.އަހަރެން އޮސްޓްރޭލިއާގެ ސަރުކާރުގެ ސަމާލުކަމަށްވެސް މިކަންގެންނާނަން.އެގައުމަކީ އިންސާނީހައްގު ތަކަށް ވަކާލާތުކުރާ ބައެއްކަމަށް ވާއިރު މިފަދަ އަނިޔާވެރިންނަށް އެގައުމުން ޖާގަނުދިނުމަށްވެސް.ތައުލީމަކީ އިންސާނިއްޔަތަށް ދިރުންގެނެސްދެވޭކަމެއް.އެއީއަނިޔާވެރިކަން މަނާކޮށް ހައްގުބަސްބުނާ އެއްޗެއް.އިލްމު އުގެނުމަކީ ހަމައެކަނި ރީތިސެޓްފިކެޓެއްލިބި ބޮލުގަ ކެޕެއްއަޅާ ގައުންއެއްލާހުރެ ފޮޓޯނަގާ ފްރޭމްކޮށް އެފްބީއަށްލާ ގޭގެސިޓިންރޫމްގަ ކަންދައްކަން ހަރުކުރުމެއްވެސް ނޫނެވެ.ސުލްހަވެރި މުޒާހަރާއަކުން ގައުމުގެ ރައްޔިތުން ވޯޓުންހޮވާ ސަރުކާރެއްވައްޓައެއްނުލެވޭނެ.އިހުތިޖާޖުކުރުމަކީ ކަންކަން އިސްލާހުކުރނަ މަސްކަތްކޮށް އެކަންނުވީމަ ސަރުކާރުގެ ސަމާލުކަމަށް އެކަންގެންނަން ރައޔިތުން ފާޅުގަބުނާބަސް!

        1
        1
    • ބަހުލޫލު

      މިކަހަލަ ދެއުޅިއެއް ނުވާ ތަނެއް ދޮރެއް ނުދަންނަ ޖާހިލު ބަހުލޫލުން ގިނަ ކަމުން ރައްޔިތުންގެ އިތުބާރު ގެއްލެމުން މިދަނީ.

      5
      1
  3. ައއ

    ސިރާޖު ކޯޗެކޭ ތަ ތިކިޔަނީ، ދެން ރޯން ފަށަން ވީނުން،
    ގައުމަށް 20 އަހަރު ޚިދުމަތް ކޮށްފަ ހުރި ބޭކަލެއް، ފައިރޫޝު ބަޣާވާތް ކުރިނަ ކީއްވެ އެމައްސަލަ ނުބެލީ، ސަލާމަތީ ޚިދުމަތްތައް ސިޔާސީކޮށް ކިލަނބު ކުރަން ނޫޅޭ. ދެން ރޯންވީ އހަހަހަހަހަ އަހާާ އަހާ

    60
    1
    • އަލިބެއްޔާ

      ސިރާޖުމެން ލަދު ޙަޔާތެއް ނެތް..

      31
  4. މޮޑަން

    މީކާކުތަ ކަރަޕްޓަޑު ޅއެއް ފޮނަދޫ ކުރިގަމް މިސްކިތް އަޅަންހަވާލު ކުރީމީނަގެ ނުފޫޒުން މީނަގެ އާއިލީމީހަކާ ކޮބާ އޭސީސީ އަދި ފޮނިވެސް ބލެކޭ މީ

    19
  5. މާމި

    ހުސް ތެޔޮބިޑި

    18
    1
  6. ޖައްލާދު

    މެންބަރު ސިރާޖް ތިޔަވަދާޅުވަނީ ރައްޔަތުން އިތުބާރު ކުރާނީ ލާދީނީ އަދި ނައިޓް ކުލަބް ތަކުން ފެންނަ ވެރިން ޕޮލިސް ގެ އިސް މަޤާމުގާ ހުރީމަތޯ؟އެހެން ވީމާ ރައްޔަތުންގެ އިތުބާރު ހޯއްދަވަން މާލޭގެ މަގުތަކުގެ ކަންކަން މަތީ ތިބި އިތުބާރު ލިބިފައިވާ މީހުން އަވަހަށް ޕޮލިހަށް ވައްދަންވީނޫންތޯ؟ ރައްޔިތުން މިތިބެނީ އިތުބާރު ނުލިބިފަ.
    ސިރާޖު ކޯޗެކޭ ތަ ތިކިޔަނީ، ދެން ރޯން ފަށަން ވީނުން،
    ގައުމަށް 20 އަހަރު ޚިދުމަތް ކޮށްފަ ހުރި ބޭކަލެއް، ފައިރޫޝު ބަޣާވާތް ކުރިނަ ކީއްވެ އެމައްސަލަ ނުބެލީ، ސަލާމަތީ ޚިދުމަތްތައް ސިޔާސީކޮށް ކިލަނބު ކުރަން ނޫޅޭ. ދެން ރޯންވީ އހަހަހަހަހަ އަހާާ އަހާ

    16
    1
  7. ޕީޖޭ

    މިލާދީނީ ޕާޓީ ވެރިކަމުގައި ވެސް ކޮޕުންނާއި ދިމާލަށް އެއްޗެހި ކިޔުން ކަމަކީ...އަޅެފަހެ މި ސިރާޖު މީ ކާކު؟؟ ތިގޮތަށް ރައްޔިތުންގެ ލޯބި ނުލިބޭނެ... ވެދިޔަތަން ދިޔައީ ސާބިތުކުރަން ވަކާލާތު ކުރޭ ބޭނުމިއާ..ހޮޅި އެކިޔުޒޭޝަންސް..ބަދަލު ނުހިފާނަމޭ އަންނި ބުނީ ރަގަޅު ނިޔަތެއްގައި ގެނައި ފުލުހުންގެ ޤާނޫނެކޭ.. ޕަޕެޓުން ވަކިއެއްޗެއް

    17
  8. ޕޮލިސް ކޮންސްޓަބަލް

    މި ކާކުތަ ފައިރޫޝަށް ބަސްބުނަން.. މިކަހަލަ ކަނޑު ކޮހުން ތަންތަނަށް އެރުވީމަ މީހުން ރުއްސަން ވާހަކަ ދެއްކުން ފިޔަވާ އިތުރު ކަމެއް ނުވާނެ..

    20
  9. ހުވަދޫ

    ނަމަ ނަމަ ފައިރޫޝް އާ ކުޅެން ނަހަދާތި.. ވަރަށް ސަލާން..

    18
  10. ަްއަހުމަދު

    މިވެސް ރޯކާޅެއްތަ

    23
  11. ައޮފްބެ

    ރައްޔިތުން އިތުބާރުހުރި ތަނަކަށް ހެދޭނީ.. ތިކަހަލަ ސިޔާސީމީހުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްގެން

    9
    13
  12. ފުލުހެއް

    ސިޔާސީ ފަރާތްތަކަކީ ރާއްޖޭގަ ތިބި އެންމެ ކޮރަޕްޓް މީހުން. ސިރާޖު އަކީ ރާއްޖޭގެ މާފިޔާ ލީޑަރު އަދީބުގެ ހިމާޔަތުގަ ސިޔާސީގޮތުން ވަކާލާތުކޮށް އަދީބު މިނިވަނެއް ގޮތަށް ބެހެއްޓުމުގެ މަސައްކަތް ކުރި އެކަކު. ސިރާޖު އަކީ އަމާބުނީތީ ފަރަށްދާ އުސޫލުން ރާއްޖެއިން ޑިގްރީގަނޑެއް ހަދައިގެން ހުރި ސިޔާސީ ވާންޗޯއެެއް. ފައިރޫޝް އަކީ އޮސްޓްރޭލިއާއިން ޕީއެޗްޑީ ހާސިލްކޮށްގެން ހުރި އިލްމުން ފުރިފަހުރި މީހެއް. ސިރާޖުއަކީ ނަޝީދު ޖަހާ ކޮންމެ ބެރަކަށް ނަށަމުންދާ އަމިއްލަ ނަފްސުގެ މިނިވަންކަމެއް ނެތް ސިޔާސީ އަޅެއް. ފައިރޫޝް އަކީ ކޮންމެ ވެރިކަމެއްގަވެސް ޣައިރުޤާނޫނީ އަމުރުތަކަށް ތަބާނުވެ ޙައްޤު ގޮތުގަ މަސައްކަތް ކުރި މީހެއް. ފައިރޫޝް އަށް ދިމާވެގެން އުޅޭ މައްސަލައަކީ އެކި ސަރުކާރުތަކުން ކުރި ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަން ނުވުމުން ދިމާވި މައްސަލައެއް. ސިރާޖުމެން ފަދަ ކޮރަޕްޓް މީހުން އުޅޭ ގައުމެއްގަ މި ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގަ އިޚްލާސްތެރިކަމާއެކު އެއްވެސް މީހަކަށް މަސައްކަތެއް ނުކުރެވޭނެ. އެމްޑީޕީގެ ފިކުރަކީ މި ރާއްޖޭގެ ރައްޔިތުންނަށް ނޭނގިތިބެ ފާވެވުނު ބަލާވެރިކަމެއް. ސިރާޖު އަކީ ފައިރޫޝް ހިނގި މަގަކުންވެސް ހިނގޭނެ ވަރުގެ ގާބިލްކަމެއް ހުރި މީހެއް ނޫން. އަދި ކިއެއް. ފައިރޫޝް މި ޤައުމަށް ކޮށްދިންފަދަ އިޚްލާސްތެރި ޚިދުމަތެއްވެސް ސިރާޖުއަށް ނުކޮށްދެވޭނެ.

    13
  13. މަބޭ

    އިއްޒަތްތެރި ރައްޔިތުންގެ އިތުބާރުގެއްލިގަވާ މެންބަރުން

  14. ހދހދ

    ކީއްވެހޭ ރިޓަޔަށް ވީ؟ ކިހިނެއްހޭ ރިޓަޔަށް ވެވުނީ؟ އިންސާފެއް ނޫން!!!!!!!!! ސިވިލް ސަރވިސް ގައި އަމިއްލަޔަށްވެސް ރިޓަޔަރ ވެވެނީ އުމުރުން 55 ވީމަ. އެހެންނޫނީ ޖެހެނީ އިސްތިއުފާ ދީފަ ގެޔަށް ދާން. ޕެކެޖެއް ނުލިބޭ. މިކަން ވެފަ އޮތް ގޮތެއް ތި ނޫހުން ބަލަން ކެރިދާނެބާ؟

    2
    2
  15. ޙ

    ރައްޔިތުނަށް ހިދިމަތްދޭނެ ސަރުކާރެއް ނެތް. ޖީއެސްޓީ ޓެކްސް ޖޫރިމަނާ . ޢިތުރުކޮންކަމެއް ކޮއްދެނީ

  16. ތ

    މޫސާ ސިރާޖަކީ އަމިއްލަ ޕާރޓީ މީހުން ނަށް ވެސް ޖެއްސުން ކުރާ މީހެއް ދެން ދައުރެއްގައި ޖެހޭނީ މަހަށް ދާން... މިއީ ކަލޭމެންގެ ފަހު ފަަހަރު... ކަލޭމެން ބޭނުންވީމާ މީހުންގެ ގައިން ހަމެއް ނުދެމޭނެ ފެބްރުއަރީ 7 ގައި އެއޮތީ ސަރުކާޜު ވެއްޓިފައި އެކަން ބަލަން އުޅުމަށް ވުރެ އަމިއްލަ ޕާރޓީ އަސް އިންތިހާބު ކާމިޔާބު ކުރެވޭތޯ ބަލާބަލަ މިހާރު ތިޔޮއްގެން އޮޑި ފެތެނީ މުޅިއުމުރަށް އެމް ޑީ ޕީގެ ވަސް މިގައުމުން ފިލާނެ އިރާދަ ކުރެއްވިއްޔާ އެކަން ވާނެ ދީނަށް ފުރައްސާރަ ކުރާ މީހުންގެ ނިމުން ވަރަށް ހިތިވާނެ

  17. ޞިރާޠު

    މިކަހަލަ ރޯނުފިލައިތިބޭ ކައުޅުން މަޖުލިސަށް ވައްދައިގެން މުޅި ޤަވްމު މި ހަނާވަނީ

  18. އަބްދޫ

    ފައިރޫޒް ފަދަ ފުލުހުންގެ ސަބަބުން ދިވެހިގައުމު މިއަދު އިސްލާމީ ގައުމެއްގެ ގޮތުގަ ދެމިއޮތީ.