ނިޔާމަ ރިސޯޓުން އިތުރު ފަސް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ އޮފިޝަލަކު "ވަގުތު" އަށް އެކަން ކަށަވަރުކޮށްދެއްވާ ވިދާޅުވީ، ނިޔާމައިން އިތުރު ބަޔަކު ފައްސިވެފައިވާކަން އެނގުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. މި ފަސް މީހުންނަކީ ފުރަތަމަ ނިޔާމައިން ފައްސިވި މީހުންނާއި އެއްތާވި (ކޮންޓެކްޓުވިި) މީހުންގެ ތެރެއިން ނެގި ސުންކުން ފައްސިވި މީހުންނެވެ. އެ ރިސޯޓުން ފައްސިވި މި 5 މީހުންްނާއި އެކު ނިޔާމަ އިހާ (ކްލަސްޓާ) އިން ކޮވިޑަށް ފައްސިވި މީހުން އަދަދު ވަނީ 12 އަށް އަރާފައެވެ.

ނިޔާމަ ރިސޯޓުން ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށް، ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެރަށް މޮނިޓަރިންގެ ހާލަތައް ގެނދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ދެ ފަތުރުވެރިންނާއި ފަސް މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ.

އޭގެ ތެރެއިން ދެފަތުރުވެރިންނާއި ތިން ސްޓާފުން ޓެސްޓް ކުރީ އެ ދެ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން ކަމަށާއި، ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ އިތުރު ދެސްޓާފުން މިއީ ކޮންޓެކްޓުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ޓެސްޓް ކުރި މީހުން ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

ނިޔާމައިގައި މިހާރު ތަރުތީބެއް ނެތި ސުންކު ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމުން ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލި ފަހުން ރިސޯޓްތަކުން ވަނީ 200 އަށްވުރެ ގިނަ ފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް ރިސޯޓްތަކުގައި ވަރަށް މަދުން ނޫނީ ކޮވިޑް-19 ފެތުރި ރިސޯޓް މޮނިޓަރިންގެ ހާލަތައް ގެންދާކަށް ނުޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢާލީ

    އަރާ ފޭބުން މަނާ އެކަމު ގެސްޓުން މިހާރުވެސް އައިސް ގޮސް ހަދާ. ދާލު އެއާޕޯޓުންވެސް އައިސް ފުރި އިއްޔަވެސް

  2. އަލިފުޅު

    ވާނެ، ތިހުރިހާ ކަމެއްވެސްވާނެ. ދިވެހި ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒިފުންނަކީ ފިރުއައުނުގެ އަޅުމަސައްކަތުމީހުންކަހަލަ ބައެއް. ދިވެހިސަރުކާރު ހިންގުމަށް، ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން، މަޖިލިސް ދެން މިހެންގޮސް ސަރުކާރުގެ ބޮޑު ކުޑަ ބޭކަލުން ނާއި އެބޭކަލުންގެ އާއިލާތަކަށް އުފަލާއި ހިތްހަމަޖެހުން ހޯދުމަށް އަދި ރިސޯޓްއޯނަރުންގެ ޖީބަށް ބޮޑުކުރުމަށް ފައިސާހޯދުމަށް ރިސޯޓްތަށް ހުޅުވައިގެން މުވައްޒިފުން އެތިބީ ގުރުބާންކޮށްލައިގެން.
    ގާނޫނާއި ގަވާއިދު އޮންނަނީ އޮޅާލާފައި، ރިސޯޓްތަކުގައި ކޮވިޑްގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންބުނި ކަންކަމުގެ ފަންސާސް ޕަސެންޓްވެސް ނެތް ހަމަޖެހިފައި. މުވައްޒިފުންގެ ސަލާމަތަށް ދޭންޖެހޭ ސާމާނުގަތުމުން ރިސޯޓްގެ އޮޕަރޭޓިން އެކްސްޕެންސް ބަޖެޓަށްވުރެން ހައިވަނީ، ދެން ބަޖެޓް ދެކޮޅުޖައްސަން މިޖެހެނީ މުވައްޒިފުމީހާ ގުރުބާންކުރަން.
    އަދި މިހިސާބަކުން ނިމުނީއަކީއެއްވެސްނޫން، މުވައްޒިފުމީހާ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީނަށް ދާންޖެހުނީމައި މުސާރަވެސް ކަނޑަނީ، އެހެނޫނީ އެފަނަރަދުވަސް އަހަރީ ޗުއްޓީން ކަނޑާލަނީ.
    މިކަހަލަ ކިތަންމެކަމެއް ރިސޯޓްތަކުގައި އެބަހިނގާ.
    ޓުއަރިޒަމްގައި 100 އަހަރު އުޅެފައި މަތިމައްޗަށް ޑިގްރީ ނަގައިގެން ހުރި މިނިސްޓަރަކު ހުއްޓަކަސް، ރާއްޖެ ވެއްޖިއްޔާމު ހުންނާނީ ބަތާހަރާމަކަށް ބަދަލުވެފައި.
    ސަނީސައިޑްގެ އަނެއްފަރާތުގައި އޮތީ އަޅުމަސައްކަތް.

    2
    1
    • ޢަލީ

      އަދި ނިމުނީކީނޫން. ދިވެހި މަސައްކަތުމީހާ ވަޒީފާއިން ވަކިކޮށްފަ ދެން އެ މަގާމަށް ގެންނަންފެށީ އަނެއްކާވެސް ބޭރުމީހުން. މަގާމު އުވާލާފަ ދެން ގެނައީ އެއަށްވުރެން ދަށް ވަޒީފާއަކަށް. އަދި އެވެސް މުސާރަ ކަނޑާފަ. އުވާލި މަގާމުގެ މަސައްކަތް ވެސް ކުރުވަމުން އަލަށް ދިން ވަޒީފާގެވެސް މަސައްކަތް ކުރުވަމުން މިދަނީ މިހާރު. ދިވެހިން އަދާކުރަންޖެހޭ ތިން ހަތަރު ވަޒީފާ. އެކަމަކު މުސާރަ އުނިކުރީ ދިވެހީންގެ

  3. ޖަނާހް

    ނިޔާމާގެ ޕޮސިޓިވް ކޭސްގެ ނަންބަރު ހަމަ ތަނގަޅުތަ؟ އަޅެ ގުޅާފަ ބުނެބަލަ ދޮގު ނުހަދާ ތެދައް ބުނެބަލާށޭ. އަހާބަލަ ކަރަންޓިނުގަ ހުރި މީހަކު އާ އަހަރު ރޭ ޑިއުޓީއަށްދާން އެންގިންތޯ