ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީޑީޔާގެ ޕްލެޓް ފޯމްތަކުގައާއި ސިޔާސީ ޕްލެޓްފޯމްތަކުގައި "ލާދިނީ" ވާހަކަތައް ދައްކާކަމަށް ބުނާާ މައްސަލަ ރައްޔިތުންގެ އިއްތިހާދުން ދައުލަތުގެ މުއަސަސާތަކަށް ހުށައަޅައިފިއެެވެ.

އެ ޖަމިއްޔާއިން ހޯމް މިނިސްޓްރީއަށް ހުށައަޅާފައިވާ ސިޓީގައި ވަނީ ޣައިރު މުސްލިމުންގެ ޝިއާރުފާޅު ކުރުމާއި އަދި އެކުށަށް އަރައިގަތުމަށް އެހެން މީސްތަކުންނަށް ހިތްވަރު ލިބޭގޮތަށް ރައީސް ނަޝީދުު މީޑިޔާގެ ވަސީލަތްތަކުގައި ކްރިސްމަސް ފާހަގަ ކުރަމުންދާތީ އެމައްސަަލަ ބަލައި ދިނުމަށް އެދެފައެވެ.

އަދި ލާދީނީ ޚިޔާލު ފާޅުކޮށްފައިވާތީއާއި ޣައިރު ޤާނޫނީ ޢަމަލަށް ޢަދާލަތު ޕާޓީގެ ކުރީގެ ރައީސް ޙުސައިން ރަޝީދު އަޙްމަދު މީސް މީޑިޔާގައި ތާޢީދުކޮށް، ރައްޔިތުންގެ މެދުގައި އޮތް އިސްލާމީ ވަޙްދަތު ގެއްލި ދީނީ ބައިބައިވުން އުފެދޭނެ ގޮތަށް ވާހަކަ ދައްކާފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަވެސް ހުށައަޅާފައި ވެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އެޑްރެސްކުރައްވާ ފޮނުވި މި ސިޓީގައި ރައްޔިތުންގެ އިއްތިހާދުން ވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގެ ދަށުން "ލާދީނީ" ފިކުރުތައް ފަތުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައިދިނުމަށް ގޮވާލާފައެވެ.

"މިފަދަ ހައްސާސް ތުހުމަތުތަކެއް މި ދެންނެވި މީހުންގެ މައްޗަށް ކުރެވުނު ހިނދު، އަދި ބޭރުފުށުގެ އަމަލުތަކުން އެކަންކަން މީޑިޔާއިން ސާފުކޮށް ފެންނަން ހުރި އިރު، ރައްޔިތުންގެ އިއްތިހާދުން މިނިސްޓަރުގެ އަރިހުން މި އެދެނީ، ތިޔައީ ގާނޫނު ހިންގަވަން ހުންނެވި އެންމެ އިސް އެއް ވަޒީރު ކަމުގައި ވެފައި، އަދި އެ ޕާޓީީއެއްގެ ދުސްތޫރާއިި ގަވާއިދުތަކުގައި އިސްލާމް ދީނަށް އެންމެ ބޮޑު ހިމާޔަތެއް ދީފައިވާ އަދާލަތު ޕާޓީގެ ރައީސް ވެސް ކަމުގައި ވާތީ، (ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާއި ގަވާއިދަކީ) ތިޔަބޭފުޅުން އެންމެ ބޮޑަށް ހިމާޔަތް ކުރައްވަން ޖެހޭ އެއް އަސާސް ކަމުގައި ވެފައި، މި ދެންނެވި ފަރާތްތަކުން ކަނޑައެޅިގެން ފާޅުގައި ގާނޫނާއި ގަވާއިދާ ހިލާފު ވެފައިވާއިރު، އެއްވެސް ކަމެއް، ތަހްގީގެއް، އިޖުރާއަތެއް ހިންގަވާތަން ދިވެހި ރައްޔިތުންނަށް ފެންނަން ނެތުމަކީ، ނުހަނު ކަންބޮޑުވުން އަށަގަންނަމުންދާ ކަމެއް ކަމުގައި ހިތާމައާއެކު ދަންނަވަން،" ރައްޔިތުންގެ އިއްތިހާދުން އިމްރާންއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ޝަހުސް އޮޅުވާލައްވައި އެހެން ޓްވިޓާ އެކައުންޓެއް މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫ ޖަހަމުންދާ ކަމުގެ ތުހުމަތެއް ކުރައްވާ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީވެސް ވަނީ ކުރީ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހަށް މައްސަލައެއް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އ މ ރ ބ

    ރައީސް ނަސީދު އަށް ކިޔަން މަށަށްފެންނަނީ އިބިލީސް

    19
    • ބޮކަރ

      މިހާރު އިބިލީހަށް ވަސްވާސްދެނީވެސް އަންނި ކަމަށްވަނީ.

      16
  2. ހުސޭނުބޭ

    ކޯޓުތަކުގައި ތިބީ އޭނާގެ ޕަޕެޓުން! ތި ދާނީ ހަމަ ޗޮކުން މިފަހަރު!

    18
  3. ބަޣާވާްތް

    ތެޔޮ ބިޑި ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ނުލިބުމުގެ ސަބަބުން ދިވެހިޤަ އުމާ އި ރަ އްޔިތުންގެ ސަލާމަތަ އްޓަކަ އި މިވަގުތުން ފެށިގެން. އަހަރެން ދިވެހިރާ އްގެ ރަ އީސުލް ޖުމުހޫރި އްޔާކަމުން އިސް ތި އުފާ ދީފީމެވެ.

    11
  4. ސިއްތި

    މިހެން ސިޓީތަކާއެއްޗެހި ފޮނުވަ ފޮނުވާ އަޅައިނުލީމާ ދޯ ރައްޔިތުން ކުރީފަހަރުގައިވެސް ރައްމެދަށް ނުކުމެ ދީނުގެ ޙައްޤުގައި މުޒާހަރާކުރަން ނުކުތީ ބަލަ އިމްރާނަކީ އަންހެނުންގެ ޑޮކްޓަރެކޯ

    12
  5. އަބްދޫ

    ރ.ަތޮޅުމީހާ ކައިރީދެއްކިކަމަށް އެމީހާބުނާ ވާހަކަތައްހުރި ޥީޑިއޫ ވެސް ތަހުގީގު ކުރަންޖެހޭނެ.

    12
  6. ހުސެންބެ

    އއއަހަރެންމީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިޔާޒުނަމަ ރަ އީސްނަސީދު އެމްޑީޕީގަ ހު އްޓަކާ އެޕާޓީ އަކަށް ތާ އީދެ އް ނުކުރީމުސް

    17
    • ހުސެންބޭ

      އިޔާޒު އުޅެނީ އަމިއްލަ ނަފްސަށް އޮޅުވާލައިގެން އިބޫގެ ވެރިކަން ވަރަށް ރަގަޅޭ ކިޔައިގެން. އަންނި ޖަހާހާ ސަކަރާތް އެއީ އިބޫއާ ބެހޭކަމެއް ނޫންކަމަށް ހަދައި އިބޫއަކީ އެއަށްވުރެ މާ މާތް ޝަޚުސަކަށް ހަދައިގެން އިޔާޒު އުޅެނީ. އެކަމު އިބޫއާ އަންނިއަކީ އެކައްޗެއްކަން އެނގޭނެ ފަހުން އަންނި ދީފައިހުރި އިންޓަވިއުތަކުންވެސް. އަންނި ކުރާހާ ކަމެއް ކުރަން ދޫކޮށްލައިގެން ހުރުމަކީ އިބޫ ރަގަޅަށް ސޯލިހުކޮށް ވެރިކަން ކުރުންކަމަށް ހީވާނަމަ ދެން ގައުމެއްނެތް.

  7. އަވަށްޓެރިޔާ

    އަންނިގެ މައްސަލަ ބަލާ އަދަބުދޭނެ ކޯޓެއް މިވެރިކަމުގައިނޯންނާނެ.