ރާއްޖޭގެ ފުޅާދާއިރާއެއްގައި ސުޕާމާކެޓް ވިޔަފާރި ކުރަމުންދާ ފިހާރައަކުން ވައްކަން ކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

މި ވީޑިއޯއަކީ އިއްޔެރޭ އެ ފިހާރައިން ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. މި ވީޑިއޯގައި ފުރަތަމަ ފެނިގެން ދަނީ ރަތް ކުލައިގެ ގަމީހެއް ލައިގެން ހުންނަ މީހަކު އެ ފިހާރައިގެ ހަރު ކައިރީގައި، ހަރުގައި ހުރި އެއްޗެހިތައް ބަލާ މަންޒަރެވެ. އަދި އޭނާގެ ކައިރީގައި ބައެެއް ކަސްޓަމަރުންވެސް ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.

އަދި އެތަނުން ކަސްޓަމަރުން ދިއުމުން، އޭނާ ވަނީ ހަރުން ސެންޓް ފުޅިއެއް ނަގާ ޖިންސު ތެރެއަށް ޖަހާފައެވެ.

ބައެއް ފިޔަރިވެރިން މައުލޫމާތު ދޭގޮތުގައި އާއްމުކޮށް ފިހާރަތަކުން ވައްކަން ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި ވަގު އަތުލައި، ފުލުހުންނާއި ހަވާލު ކުރިނަމަވެސް، ކުރިއެރުން ނުލިބޭ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ވައްކަން ކުރި މީހާ އަތުލައިގެންފައި

ވިޔަފާރިވެރިން ބުނާގޮތުގައި،އެ މީހުން ހައްޔަރުކޮށްފައެއްވެސް ދޫކޮށްލަނީީއެވެ. އަދި ބައެއް މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ކޯޓާއި ހަަމައަށްވެސް ނުދާ ކަމަށް ވެއެވެ.

"މިގޮތަށް ފިހާރަތަކުން ވައްކަން ކުރުމުގައި މި އުޅެނީ އެއްބަޔަކު، މިހާރު އެކަމަކު ބައެއް އާ މީހުންވެސް އެބަ އުޅޭ މިކަމުގައި".

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތެދު

    ސަދޫމް ގާނޫނު އޮތް ދިވެހި ގަ އުމު.

    • ޟޫސް

      ސަމޫދު ތަ ނޫނީ ސަދޫމު ތަ

  2. ރަދީފް

    ބޮޑު ވަގުގެ ލަދު ކޮބާ؟

    4
    1
  3. ސިއްތި

    މިދުވަސްކޮޅު ގޭގެއިން ކާށި، ގޭސްފުޅި، ފައިވާން ގެއްލޭތީ މީހުން އަވަދިވަނީ

  4. ކިއުންތެރިޔާ

    ތިޔަ މީހުންނަކީ ހިމާޔައް ކުރެވިފައިވާ ގައުމީދޫނި ތަކެއް ޑުރަގްބޯމީހުންނާއި މަގުފޭރޭމީހުންނާއި ވައްކަން ކުރާމީހުންނަކީ މިގައުމުގައި ހިމާޔައް ކުރެވިފައިވާ ގައުމީ)ދޫނިތަކެއް ޙީހީ ހަލާކް