ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމުން އޭރުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝްގެ ފުރާނަ ދުއްވާލަން ރޭވި ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފިއެވެ.

ފައިރޫޝްގެ ގާބިލް ކަމުގެ ވާހަކަތަކެއް ދައްކަވައި ފޭސްބުކްގައި އުމަރު ޕޯސްޓެއް ކުރައްވާފައިމިވަނީ ފުލުހުންގެ ވަޒީފާއިން ދާދި ފަހުން އޭނާ ރިޓަޔާކޮށްފައިވަނިކޮށެވެ. އަދި ފައިރޫޝަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ފާޑުވިދާޅުވަމުން ދަނިކޮށެވެ. އަދި ފައިރޫޝަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޝުކުރު އަދާ ކުރެއްވުމުން ހަމީދަށް ވެސް މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ފާޑުވިދާޅުވެފައިވަނިކޮށެވެ.

އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ނަސީރު ވިދާޅުވީ ފައިރޫޝްއަކީ ވެރިންގެ އަރިހުގައި ގޯހަށް ގޯހޭ ބުނަން ކެރޭ ބޭފުޅެއް ކަމަށާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާ ނުވާނޭ ކަމަށް ބުނަން ކެރޭ ބޭފުޅެއް ކަމަށެވެ. މި ގޮތުން އުމަރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ވެސް އަދީބުގެ ނުބައި އަމަލުތަކަށް ފާޅުގައި ނޫނެކޭ ވިދާޅުވާން ކެރުނު މަދު އޮފިސަރުންގެ ތެރޭގައި ފައިރޫޝް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންގެ މަދު ބަޔަކު ބޭނުން ކޮށްގެން އަދީބު ހިންގަމުން ގެންދިޔަ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމުގައި އެކި ގޮތް ގޮތުން އަޅުގަނޑަށް އެހީތެރިވެ ދެއްވި. އަދި އެކަމާ ގުޅިގެން ފައިރޫޝް ގެ ޒިންމާ ކުޑަކޮށް، އެހެލަން މަސައްކަތް ކުރެވުނު. ގޭންގްއެއް ބޭނުންކޮށްގެން ފައިރޫޝްގެ ފުރާނަ ދުއްވާލަން ރޭވޭ ކަމުގެ މަޢުލޫމާތު ލިބި، ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރެވުނު." އުމަރު ލިޔުއްވާފައވެއެވެ.
އެ ދުވަހު ވެސް ފައިރޫޝަށް ދެންނެވި މެސެޖެއް އޮތް ކަމަށާއި މިއަދު ވެސް އެ މެސެޖް ފައިރޫޝަށް އަރުވަން ބޭނުންފުޅުވާ ކަމަށް އުމަރު ވިދާޅުވިއެވެ. އެއީ ރާއްޖޭގައި ތިއްބެވި "ސިޔާސީ ޖާހިލުން" ގެ އަތަށް ގައުމު ދޫނުކޮށް ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި ރާއްޖޭގައި ދެމިހުންނެވުމަށެވެ. މިއަދު ވެސް އުމަރަށް ގޮވާލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ވަޒީފާއިން ފައިރޫޝް ވަކިވެސް ކުރިއެވެ. އޮސްޓްރޭލިއާގައި ޕީއެޗްޑީއަށް ކިޔަވައިވިދާޅުވާން ހުންނަވަނިކޮށް ފައިރޫޝަށް އެ ފިޔަވަޅު އެޅީ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ. އެއީ 2017 ވަނަ އަހަރުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެށްޓެވީ ޑިސެމްބަރު 2018 ގައެވެ. ޖެނުއަރީ 2019 ގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ފައިރޫޝް އަލުން ހަމަޖެއްސެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަން

    މޑޕ ބައިގަނޑަށް ޑރ.ފައިރޫޝް ކަހަލަ ކޮލިޓީ މީހުން ހަޖަމެެއްނުވާނެ

    70
    4
  2. ވިސްނާލުމަށް އެދެމޭ

    އުމަރު ވާހަކަނުދަ އްކާ ފިލާ އޮތުން ބު އްދިވެރި...ގަ އުމު ޖާހިލުންގެ އަތަށްދޭން ބަ އިވެރިވި އެކަކަށް އުމަރުވާނެ..ކާލާމަންނަ ހިފަ އިގެންގޮސް ބިންހެލުންގެނެސް ޖާހިލުންނަ ވާގިލިބޭގޮތަށް ކަންކުރީ އުމަރު... އަދި ގަ އުމު މިހާލަށް ދިޔަ އިރު ކުޅިބަން ތިހުންނަނީ ތަބަކަކަށްލާފަ ރިޔާސީޓިކެޓް ޕޕމ އިންނުދެނީސް ބަހެ އްނުބުނަން...ގަ އުމެ އް އަޅުވެތިކަމުން މިނިވަންކުރެވޭތަ ސޯޝަލްމީޑިޔާ ޕަބްޖީގޭމުން... އެހެންކަށްވަންޏާ ފބޕޯސްޓެކޮ އްފަ ޓްވީޓެކޮ އްގެން ގަ އުމެ އް މިނިވަން ކުރެވެންޏާ އުމަރުތިކުރަނީ އެކަން...2023ގަ ޕޯޑިޔަމްތަކުގަ ދަ އްކާނެވާހަކަ އެ އްކުރަން ގޭގަ އޮވެފަ ގަ އުމީ މީހަކަށްވާންނޫޅޭ... އަހަރެމެން މިހާރު އުމަރަކަށް ސަޕޯޓެނުކުރަން..މޑޕ މީހުން ވޯޓުދެންޏާދީ ޕޕމ މީހުން މިހާރު އުމަރުދަސްކޮ އްފި... އުމަރަށް ކާލާމަންނަ... އަހަރެމެންނަ ރޔާމީން...

    37
    12
    • މަގޭ ޚިޔާލު

      ޕީޕީ ކުދިންނާ 2023 ކުރިމަތިލާނީ ޔާމީނު މިނިވަންކުރަން ގޮވަގޮވާ ތިއްބާ ޔާމީނު މިނިވަން ނުކުރެވެނީސް.. އެމްޑީޕީ ކުދިންނާ 2023 ކުރިމަތިލާނީ ލާދީނީ ބައިގަނޑަށް ސަރުކާރު ދީގެން އިސްލާމްދީން ހިމާޔަތްކުރާ ކަމަށް ބުނެ ވަކާލާތު ކޮށްކޮށްތިއްބާ ދީން ހިމާޔަތް ނުކުރެވެނީސް.. އޭރުން އޮންނާނީ ވަގުތުފާއިތުވެ ރައްޔިތުންގެ ނިންމުން ރައްޔިތުން ނިންމާފަ! އެދުވަހުން އުމަރު ހުންނާނީ ރައްޔިތުންނާއެކު މުޅިން އައު މިސްރާބަކަށް ދަތުރު ފަށަން ކަމަރު ބަނދެގެން..

      3
      21
      • ވިސްނާލުމަށް އެދެމޭ

        ދެންތިބުނަނީ ޕޕމ މީހުންގެ ވޯޓާނުލާ އުމަރުހޮވޭނެޔޭ އެވަރަށް ސަޕޯޓު އެބަ އޮތޭތަ.....ގާސިމާ އިލްޔާސް އިބުރާހިމު ފަ އިސާ އެޅިޔަސް އުމަރަށް އިންތިޙާބެ ކާމިޔާބުނުކުރެވޭނެ ޕޕމގެ ސަޕޯޓުނެތި.....ޕޕމގެ ސަޕޯޓަކީ ރޔާމީން....،ޕޕމ އިން ރޔާމީންގެ ނަމުގަ ދެވަނަ ޔާމީނެނެރޭނެ....ރޔާމީންވަނީ އަހަރެމެންނަ ޔާމީންފަދަ އެތަކެ އް ލީޑަރުން އުފަ އްދާފަ ދަ އްކަދީފަ.. ޕޕމ އަކީ އެ އްމެ މީހެ އް އެ އްމެ ލީޑަރެ އްގެ ޕާޓީ އެ އްނޫން..،..ރޔާމީންދެކެވާލޯބީގެ ބާރަކީ ރޔާމީން ދަ އްކާ ކޮ އްމެ ނަމަކަށް އަހަރެމެން އާދެ ލަ އްބަ އޭ ބުނެވޭނީ..އެހާވެސް ރޔާމީންދެކެ ޕޕމގެ ރަ އްޔިތުން ލޯބިވޭ..

        12
  3. ގަޓު ބުރޯ ގެ އައްލާ

    އެއިރު ކަލެ އަށް ޕޯސްޓު ކުރަން ނުކެރުނީ ޔާމިނު ދެކެ ބިރުން ދޯ؟

    17
    29
    • ބޯބުޅި

      އުމަރު އޭރު މަސައްކަތްކުރީ ސަރުކާރުގެ ތެރެއިން ކަންކަން ހައްލު ކުރަން. އެމްޑީޕީ ވެރިކަން ކުރާހެން ކަމެއް ހައްލު ކުރަންވީމަ "ކުރީ ސަރުކާރު ކުރީ ސަރުކާރެކޭ" އުމަރު ނުގޮވާ.. ނުވެސް ގޮވާނެ..

      18
      7
      • ދޮގެއްތޯ

        ތި އީ އުމަރުގެ ކެންޕޭނު މެނޭޖަރުތަ..ދިފާ އުގަ ހާދަވަރެ ތިކުރަނީ.. އުމަރަކީ ކަރުވެފަ އޮތް ކުރޮޅި އެ އް...ނާށިގަޑު ފަޅާނުލާ އިރު ތަޅުވާލީމަ އަޑު އިވޭނެ..ކުރޮޅިގަޑުގެ ބޭނުމެނުހިފޭނެ...

        3
        5
  4. ތިރޭ

    ޙުރިހާ ޖާހިލުން ގޮވައިގެން ކޯލިޝަން ހަމަ އޯކޭ. ބާގީންނަން 50 އިންސައްތަ ސަރުކާރުދީގެން ބޮޑުތަނުން އޯކޭ

    13
    3
  5. ާިަައައިސާ

    ކަމެއްވާ އިރައް ރައީސް ޔާމީންއާ ނުބެހިބަލަ

    30
  6. ޛ

    ރައްޔިތުންނަށް ބަލަނީ ކާކު. ލާރިކޮޅެއްދޭއުރައް ވޯޓްދޭނެ. ރައްޔިތުންނަކީ ވިއްކަން ހުންބަ އެއްޗެއް. ނުވަތަށް ބުރުއެޅިވަރަކަށްވޯޓްލިބޭނެ. ކޮންކަމެއްވީ ހުރިހާބާރެއް ލިބުނީމަ. ރައްޔިތުންބުނާނެ މިވަރެއްނެތޭ

  7. ފާއީ

    ފައިރޫޝްއާއި އެކު ބިރު ކަޑާލާފަ މަސައްކަތް ކުރީ ދައް ރޭންކުގެ މަދު ކުދިންކޮޅެއް. އުމަރު މިނިސްޓަރ ކަމުގަ އެކުދިން ކޮޅުވެސް ވަނީ ބުރުވަލަފަ. އަދިވެސް ބޮޑުނަން ވައި ޖަހަނީ

  8. މުހައްމަދު

    ކަމެއްވާ އިރައް ރައީސް ޔާމީންއާ ނުބެހިބަލަ . އެއީ މިހާރު މި ދެކޭ ތަރައްޤީގެ ބާނީ.

    17REPLY

  9. ސައިޚް

    ޢުމަރު ދައްކާ ވާހަކަ ގަބޫލުކުރާނީވެސް ކަނޑުކޮހެއް، އުމަރު ހަނދާން އެބަހުރިތަ ފުލުހުން ބޭނުންކޮއްގެން 2012 ގަ ބަޣާވާތް ކުރެވުނުކަން.؟