ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް، އޭވިއޭޝަން ސެކިއުރިޓީގެ ކާރގޯ ސްކްރީނިންގ ޔުނިޓުން ވަނީ ހިފަހައްޓައިފިއެވެ.

އޭވިއޭޝަން ސެކިއުރިޓީން ބުނީ، އެ ތަކެތި ބޭރު ކުރަން އުޅުނީ ‏ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ކަމަށެވެ.

އަދި މިއަދު ބޭރު ކުރަން އުޅުނު ތަކެތި މިހާރު ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް އޭވިއޭޝަން ސެކިއުރިޓީން ބުނެފައި ވެއެވެ.

ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުން ދެއެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަނީމަނީ

    ތީކީކުރަން ހިފަހައްޓާ އެއްޗެއް މިޔުޅެނީ މިޔަރު ތަކާހެދި ނޭވާނުލެވިގެން

  2. ޙިނި

    ދެންވެސް ހުއްދަ ކުރަން ވެއްޖެ އެންނު..........

  3. ބަކުރުބާބީ

    މިޔަރާހެދި މުޅިދިވެހި މަސްވެރިކަން ހަލާކުވެއްޖެ މިޔަރުބާނާ އޭގެން ނަފާހޯދަން އެންމެރަނގަޅު ވަގުތަކީ މިވަގުތު ކޮވިޑުގެ ހާލަތުގައި ކުރަންރަނގަޅު ކަމެއްމީ..