ރާއްޖޭން ބޭރުކުރަން އުޅުނު މިޔަރު އުރަހަ ތަކުގެ ބަރުދަނުގައި 429 ކިލޯ ހުންނާނެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

‏ ރާއްޖޭން ބޭރަށް ފޮނުވަން އުޅުނު އެ ތަކެތި އަތުލައިގަނެފައި ވަނީ ވެލާނާ އެއާޕޯޓުންނެވެ. މި ތަކެތި އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އާ ގުޅިގެންނެވެ.

https://twitter.com/CustomsMv/status/1345692965298049025?s=19

ސްޓަމްސް އިން ބުނީ 21 ފޮށީގައި ބަންދުކޮށްފައި ހުެި މިޔަރު އުރަހަ ހުރީ ލޮނު މަސް ޝިޕްމެންޓެއްގެ ގޮތުގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަހުގީގު ކުރިއަށް ގެންދާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުން ދެއެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޙްމަދު

    salt fish lalalaa

    • ބޯގޯސް

      ފެންވަރުދޯ؟

  2. ލާދީނީ އަންނި

    ތިޔައީ ހުއްދަ ވިޔަފާރިޔަކައް ހަދާނަން.

    15
    2
  3. އަލީ

    މިޔަރު ހިމާޔަތް ކޮއް މިޔަރު ބޭނުން މަނާކުރެވިގެން ދިޔައީ ރާއްޖެތެރޭ ފަހުރުވެރި މަސްވެރިންނައް ބޮޑެތި އާމްދަނީލިބި އަބުރުވެރި ތަނަވަސް ދިރިއުޅުމެއް އުޅޭތަން ފެނި އެކަމުގެ ބިރުންނެވެ. ކަނޑުން މިޔަރު ހުސްވާތީކީ ނޫނެވެ.

    27
    4
  4. ޙަސަނު

    ހުރިހާ މިޔަރެ އް ހިފާ އުރަހަ ކަޑަންވީ، މަހެ އް ބޭނެނީކީނޫން، މިޔަރުގެ އުނދަގުލާހެދި

    25
    3
  5. ހުޅުލެ ބޮޑުމީހާ

    މިކަހަލަ ހުރިހާ ކަމެއްގެ ކްރެޑިޓް ކަސްޓަމްސް އިން ނަގާނެ..ކަމެއްނުކޮށް ކްރެޑިޓް ނަގާ ބަޔަކު މި ނޫނީ ނޫޅޭނެ.. ގޯލްޑް ބާ އައްވެސް ހެދީ މިހެން ހަމަ

    16
    1
  6. އަޙްމަދު

    ރޯޔަލްކޭސްއެއްތޯ؟ މިވައްކަންކުރަންއުޅުނުބަޔަކުހާމަނުކުރެވުނީ!

  7. މިޔަރުމީހާ

    މިޔަރު އުރަހަޔަކީ ދުނިޔޭގެ ގައުމުތަކުގައި ވިއްކާ އަގުބޮޑު ސޫޕެއް އުފައްދާ އެއްޗެއް މިގައުމުގައި މަނާ ކޮއްގެން މިއުޅެނީ ރައްޔިތުން ތަނަވަސްކަންމަތީ އުޅެފާނެތީ ގެސްޓުން އަންނަނީ މިޔަރުގެ އަނގަބަލާށޭ ކިޔައިގެން ރައްޔިތަކައް ރުފިޔާ އެއް ލިބޭ ކޮންމެ ކަމެއް މަނާ މިކުރަނީ ރައްޔިތުން އަޅުވެތިކުރަން ތިޔަ އެޗްޑީސީއޭކިޔާތަނެއް ހަދފައިގެން ރައްޔިތުން އަޅުވެތިކުރަން ބިންތައް ހިސޯރުކޮއްގެން ދަތިކޮއްފައި ފުލެޓް ގެ ނަމުގައި ރިޔަލްސުޓޭޓަސް ބިޒްނަސް އެޗްޑީސީން ރިސޯޓް ތަރއްގީ ކުރިއްޔާ މާގިނަ ރުފިޔާއެއް ލިބޭނެ ނޫންތޯ އެކަމަކު ރައްޔިތުމީހާ ބުރަމަސައްކަތުން ހޯދާ ރުފިޔާ ކޮޅުކުލީގެގޮތުގައި އަތުލަން ވިޔަފާރި މިކުރަނީ

  8. މުހައްމަދު

    ރގަޅު މިޔަރު މިހާރު މާގިނަވެއްޖެ ބައެއް މަދުކުރަން އެބަޖެޙޭ މިޔަރާހެދި ލިބެނީ ބާނާ މަހުން ޓެކްސް ދައްކާފަ މަހުގެ އެއްބުރި