ބައެއް ބާވަތްތަކުގެ ކުށްތައް ސާބިތުވުމުން ޤާނޫނީ ވަކީލުންގެ ވަކާލާތުކުރުމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑުކުރެވޭ ގޮތަށް ވަކީލުކަމުގެ ހުއްދަ ދިނުމާ ބެހޭ ގަވާއިިދަށް އިސްލާހު ގެނެސްފިއެވެ.

އިސްލާހުގައިވާގޮތުން, ގާނޫނީ ވަކީލެއްގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ މައްޗަށް، ވަކި ކަހަލަ ކުށްތަކެއް ސާބިތުވެއްޖެކަން، ބާ ކައުންސިލަށް އެނގިއްޖެނަމަ އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެ އެވެ.

އޭގެ ތެރޭގައި ގާނޫނުލްއުގޫބާތުގައި ބުނާ ވައްކަމުގެ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށް އަދި ގާނޫނުލްއުގޫބާތުގައިވާ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުމުގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށްތައް ހިމެނެއެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ދޭނީ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމި ފަސް އަހަރު ފަހުންނެވެ. އަދި އެނޫން ކުށްތަކުގައި ލައިސަންސް ހިފަހައްޓަނީ ކުށުގެ ހުކުމް ތަންފީޒުކޮށް ނިމެންދެން ނުވަތަ ދަށު ކޯޓުގެ ހުކުމް މަތީ ކޯޓަކުން ބާތިލުކުރަންދެނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެގިއްޖެނަމަ، ސާބިތުވެއްޖެނަމަ

    އެގިއްޖެނަމަ، ސާބިތުވެއްޖެނަމަ މިއީ މުޅިން ތަފާތު ދެކަމެކެވެ. ބާ ކައުންސިލަށް އެނގިއްޖެނަމަ، ޝަރީޢަތަށް ސާބިތުވެއްޖެނަމަ، މިއީ މުޅިން ތަފާތު ދެޝަރުޠެކެވެ. އޭގެ މާނައަކީ، ޝަރީޢަތަށް ސާބިތުވިޔަސް ބާ ކައުންސިލަށް ނޭނގެއްޏާ އޯކޭ ހެއްޔެވެ.