އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އެން އެންޑޮސްކޮޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ, އެ ހޮސްޕިޓަލްގައި މިއަދު އެންޑޮސްކޯޕީ ހިދުމަތް މިއަދު ދޭން ފަށާފައިވާ ކަމަށާއި, މިއީ މާލެ ފިޔަވާ ރާއްޖެ ތެރޭގެ ރަށަކުން މި ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރު ކަމަށެވެ.

މި ހިދުމަތް ފެށުމާއެކު އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންނާއި, ކްލިނިކަލް އެސިސްޓެންޓުންނަށް ތަމްރީން ދޭން ވަނީ ފަށާފައެވެ. އެ ތަމްރީނުތައް ދެމުން ގެންދަނީ އައިޖީއެމްއެޗްގެ ފަރާތުންނެވެ.

އައްޑޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު