މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 33 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 24 މީހުން ފައްސިވީ މާލެ އިންނެވެ.

މާލޭގެ އިތުރުން މިއަދު މީހުން ދިރިއުޅޭ އެހެން ރަށަކުން އެކަކު، ރިސޯޓްތަކުން ހަމީހުން، އިންޑަސްޓްރިއަލް ރަށްތަކުން އެކަކު އަދި ރާއްޖެ އިން ބޭރުން އައި އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 25 މީހުންނެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަދުވުމުން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ އިތުރު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 621 މީހުން އެބަތިއްބެވެ. މިއަދަކީ އެކްޓިވް ކޭސްތަކުގެ އަދަދު ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހަށްފަހު މިހައި މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ރާއްޖެ އިން މިއަދު 33 މީހަކު ކޮވިޑް-19 ފައްސިވީ 1734 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 13864 އަށް އަރައެވެ. އޭގެތެރެއިން 13191 މީހުން ވަނީ މިހާތަނަށް ބަލިން ރަނގަޅު ވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް ނިޔާވީ 48 މީހުންނެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނގަގަދަ މިތުރު

    މަލެއިން ފައްސިވާ މީހުން ދާނީ އިތުރުވަމުން އެެއީ ސަރުކާރާ ސިޓީ ކައުންސިލް ގުޅިގެން މާލޭ މަގުތައްމައްޗަށް މީހުން ނެރެގެން އެ ޖަރީމާ އެ ހިންގީ ފައްސިވާ މިންވަރު މަތިކުރަންވެގެން