ހުޅުމާލޭގައި ހަތަރު މީހުންގެ ގުރޫޕަކުން މީހަކަށް ހަމަލާދީ އެމީހާގެ ފައި ބިންދާލައިފިއެވެ.

ހަމަލާ ދިން މީހާ މަގުމަތީގައި ވެއްޓިފައި އޮތްއިރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ފުލުހުން ވިދާޅުވީ ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ ބިދޭސީއެއް ކަމަށެވެ.

އޭނާގެ ވޮލެޓާއި ފޯނު ވެސް ފޭރިގެންފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިމައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން އަދި ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ ފުލުހުން މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނު

    ފުލުހުން ވިދާޅުވީ ފުލުހުން މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާކަމަށެވެ. ތި ނިމުނީ ފުލުހުންނަށް ވާނެވަރަކީ ތީ

    13
  2. ރޯޔަލް ކިނބޫ

    ޝުކުރިއްޔާ ރައީސް.. ޖަޒީރާ ރާއްޖެ ހަމަ އަމާންކަމުން އޮބިނޯވޭ

    10
    2
  3. އާސިދާ

    ކަންތަކާ ޖެހެން ފެށީ

    8
    2