22:01

ރާއްޖެ އިން އިތުރު 26 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:18

އެކަޑެމިކް ކަލަންޑަރުގައިވާ ފަދައިން މި މަހުގެ 10 ވަނަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ.

14:58

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ އާ ވައްތަރެއްގެ ސަބަބުން މިހަފްތާގެ ތެރޭގައި ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޔޮޝިހީޑް ސޫގަ ވިދާޅުވެއްޖެ.

14:48

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި.

14:26

ކޮވިޑް-19 އަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިން ފުރަތަމަ ފަހަރަށް މީހަކަށް ދީފި.


ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަނީ އިތުރު ވަމުންނެވެ. ކައިވެނި ޕާޓީ އިހަލުން (ކްލަސްޓާ) އިން ފައްސިވާ މީހުންގެ އަދަދާއިއެކު މައްޗަށް ދިޔަ ނަމްބަރު ދަށަށް ނުގޮސް އަދިވެސް ދެމިގެން ދާއިރު މިހާރު މާލޭގައި އިތުރަށް އަނެއްކާ ބަލި ފެތުރެން ފެށުނީތޯ ސުވާލު އުފެދެއެވެ. ނަމަވެސް މިހާރު ފައްސިވާ މީހުންނާއި އެހެން ވޭދަނަ (ކޭސްތަކާއި) ގުޅުމެއް އޮތްކަން ނުވަތަ ނޫންކަން އެޗްޕީއޭ އިން ހާމަނުކުރާތީ މާލޭގެ ހާލަތު ސީދާ ގޯސްވަމުން ދަނީކަމަކަށް ބުނާކަށް ނޭންގެއެވެ.

މިއަދު 33 މީހުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވިއިރު އޭގެތެރެއިން 24 މީހުން ފައްސިވީ މާލެ އިންނެވެ.

މާލޭގެ އިތުރުން މިއަދު މީހުން ދިރިއުޅޭ އެހެން ރަށަކުން އެކަކު، ރިސޯޓްތަކުން ހަމީހުން، އިންޑަސްޓްރިއަލް ރަށްތަކުން އެކަކު އަދި ރާއްޖެ އިން ބޭރުން އައި އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 25 މީހުންނެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަދުވުމުން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ އިތުރު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 621 މީހުން އެބަތިއްބެވެ. މިއަދަކީ އެކްޓިވް ކޭސްތަކުގެ އަދަދު ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހަށްފަހު މިހައި މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ރާއްޖެ އިން މިއަދު 33 މީހަކު ކޮވިޑް-19 ފައްސިވީ 1734 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 13864 އަށް އަރައެވެ. އޭގެތެރެއިން 13191 މީހުން ވަނީ މިހާތަނަށް ބަލިން ރަނގަޅު ވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް ނިޔާވީ 48 މީހުންނެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    އެއްމެންގެ ގަޔަށް ވެކްސިންޖަހައި އޭގެ ފައިދާ މަކަރުވެރި ބިލްގޭޓްސް އަށް ލިބުމުން ކޮވިޑް 19 ވެސް 21 ވެސް 2050 ހުންވެސް ސަލާމަތްވަނީ!